އިންޓަރ އޮފީސް 3 އޮން 3 ތިންވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރުމުގެ ތެރެއިން ފޮޓޯ- ހިތާދޫ އޮންލައިން

އިންޓަރ އޮފީސް ފުޓުބޯޅަ މުބާޜާތުގެ ޗެމްޕިއަން ތަށި މިފަހަރު ކައުންސިލަށް

ޢާމިރު ޢަބްދުއްލަޠީފު | 27 ޖުލައި 2018

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ހިތާދޫގެ މުއައްސަސާ ތަކުގެ މެދުގައި ކުޅެވުނީ އެއްދުވަހުގެ 3 އޮން 3 ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ތަށި ހިތާދޫ ކައުންސިލުން ނަގައިފިއެވެ.

ހިތާދޫ ކައުންސިލުން ޗެމްޕިއަން ތަށި ނެގީ އިއްޔެ ހަވީޜު ފެނަކަ ކޯޕަަރޭޝަން ބ. ހިތާދޫ ބްރާންޗާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ކައުންސިލުން ކާމިޔާބު ކުރި ތިން ގޯލުގެ ތެރެއިން ދެގޯލު ޖަހައި ދީފައިވަނީ މުޙައްމަދު އަޖުވަދެވެ. އެނެއް ގޯލު ޖެހީ އަބްދުލް ޢަޒީޒު މުހައްމަދެވެ.

ހިތާދޫ ކައުންސިލުން އިންތިޒާމު ކުރީ މި މުބާޜާތުގެ ވަނަތަކަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާނު މުޙައްމަދު ޤާސިމެވެ. މުބާރާތުގެ ފައިލްމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތރެިޔާގެ މަގާމު ލިބިފައިވަނީ ހިތާދޫ ކައުންސިލު ޓީމުގެ މުހައްމަދު އަޖުވަދަށެވެ.

މި މުބާރާތުގެ މޮލު ތިން ކުޅުންތެރިންނަް ހޮވިފައިވަނީ ކައުންސިލު އިދާރާ ޓީމުގެ މުހައްމަދު އަޖުވަދާއި ޢަބްދުލް ޢަޒީޒު މުހައްމަދުގެ އިތުރުން ފެނަކަ ކޯޕަރޭޝަން ބ. ހިތާދޫ ބުްރާންޗުގެ ޢަބްދުއްﷲ ޢަބްދުއްރައްޒާގެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހިތާދޫ ސިއްޙީ މަރުކަޒުގެ ޓީމެވެ.

މިއީ ހިތާދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބޭޢްވި ތިންވަނަ މުބާރާތެވެ. ހުސްވި 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ތަށި ނަގާފައިވަނީ ހިތާދޫ ސްކޫލު ޓީމެވެ.

މި އަހަރުގެ މުބާރާތުގެ ޖަޖުކަން ކޮށްދެއްވީ ހިތާދޫ ޔޫތުވިންގ ޖަމްޢިއްޔާއިންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :