ހިތާދޫ ކައުންސިލަރުން ނުކުމެ ހިތާދޫ ހުކުރު މިސްކިތް ސާފުކުރަނީ ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ ކައުންސިލަރުން ނުކުމެ ހުކުރު މިސްކިތް ސާފު ކުރަނީ!

ޢާމިރު ޢަބްދުއްލަޠީފު | 09 ޖުލައި 2018





ހިތާދޫ ކައުންސިލުގެ ތިން މެންބަރުން ނުކުމެ މިއަދު ހިތާދޫ ހުކުރު މިސްކިތް ފޮޅާ ސާފު ކޮށްފައިވެ.

ހިތާދޫ ކައުންސިލުން ބުނީ މިސްކިތް ފޮޅާ ސާފު ކުރުމަށް މިހާރަު ތިބީ އެންމެ ދެ މުވައްޒަފުން ކަމަށާއި އެ ދެމީހުން ބަލި އިއްޔެއިން ފެށިގެން މަސައްކަތަށް ހާޟިރު ނުވާކަމަށެވެ. އެހެންވެ މިއަދު މިސްކިތް ފޮޅާ ސާފު ކުރުމަށް ތިން ކައުންސިލުން ނުކުތީކަމަށްވެސް ހިތާދޫ ކައުންސިލުން ބުނެއެވެ.

އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ ހިތާދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރު އައިސް މިސްކިތްތަށް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އޭގެފަހުން މިސްކިތްތަކަށް ތަކެތި ހޯދުމާއި މުވައްޒަފުން ގެ އެއްވެސް ދައުރެއް ކައުންސިލުގައި ނޯންނަކަމަށެވެ. އަދި މިސްކިތްތަކައި އަޅާނުލަ ވަނީ ދޫކޮށްލާފަކަމަށް ކައުންސިލުގެ ރައިސް ވިދާޅުވިއެވެ.

" މީ ﷲ މިބިންމަތީ ލެއްވި އެކަނލާންގެ ގެ. އިސްލާމިކް މިނިސްޓްރީން އަޅާނުލިޔަސް މިގެ އަހަރެމެން ބަލަހައްޓައި ސާކުރަން ޖެހޭ. އެހެންވެ މިއަދު ތިން ކައުންސިލަރުން ނުކުމެ މި މަސައްކަތް ފެށީ "

ކުރީގެ ސަރުކާރުގައި މިސްކިތްތަށް ބެލެހެއްޓުން ވަނީ ކައުންސިލު ތަކާއި ހަވާލު ކޮށްފައެވެ. ނަމަވެސް ގާތުން ޚިދުމަތް ދިނުމުގެ ބޭނުމުގައި ބުނެ މި ސަރުކާރު ވެރިމާއި ޙަވަލުވި ފަހުން ކައުންސިލުތަކަށް ދީފައިވާ ބަޖެޓާއި އެކު މިސްކިތްތަް ބެލެހެއްޓުމާއި މުވައްޒަފުން ވަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާއި ގުޅުގެން ކައުންސިލުން ބުނީ މީގެ ސަބަބުން މިސްކިތްތަކަށް ބޭނުންވާ ތަކެތި ހޯމުމަށް ވަރަށް ބޮޑަށް ދަތިވާކަމަށެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ ގޮތުން މިސްކިތް ސާފު ކުރުމަށް ބޭނޫން ކުރާ ބައެއްތަކެތި ލިބުން ލަސްވާތީ މިސްކިތު މަސައްކަތު މީހުން އަމިއްލައަށް ތަކެތި ގަނެގެން ވަނި ބޭނުން ކޮށްފެވެ. ކުޑަ މުސާރައެއް ލިބުނަސް މިސްކިތް ވީމާ ދޫކޮށްލަން ނުކެރި އަމިއްލަ ޖީބުން ތަކެތި ގަނެގެން މިސްކިތް ސާފުކުރަނީ ކަމަށް މަސައްކަތު މީހުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :