ހިތާދޫ ސްކޫލު ދަރިވަރުން..

ހިތާދޫ ސްކޫލު ޓީމް 1-0 އިން މޮލުވެއްޖެ

ހިތާދޫ އޮންލައިން | 06 ޖުލައި 2018

ބ. ހިތާދޫ ސްކޫލާއި ގޮއިދޫ ސްކޫލާއި ދެމެދު އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ކީސްޓޭޖު 1 ދަރިވަރުންގެ މެދުގައި ކުޅެވުނު ފުޓުބޯޅަ މެޗުން 1-0 އިން ހިތާދޫ ސްކޫލު ޓީމު މޮޅުވެއްޖެވެ.

ބުދަދުވަހު ގޮއިދޫގައި ކުޅިއަށް ދިޔަ މި މެޗު ކުޅުނީ ގްރޭޑް 4 އަކުން ދަށުގެ ޓީމެވެ. މި މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ހިތާދޫ ސްކޫލު ޓީމުގެ މުހައްމަދު މާހިލެވެ.

ދެ ސްކޫލުގެ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންތިޒާ ކުރި މިއިވެންޓުގައި ފުޓުބޯޅައިގެ އިތުރުން އަންހެން ދަރިވަރުންގެ ހޭންޑު ބޯޅަ މެޗެއްވެސް ވަނީ ކުޅެފައެވެ. މި މެޗުން ދެޓީމު ވަނީ އެއްވަރު ވެފައެވެ.

މި އިވެންޓުގެ މެޗުތަކަށް ސްޕޯޓު ކުރުމުގެ ގޮތުން ހިތާދޫގެ ގިނަ ބަޔަކު ވަނީ ގޮއިދޫއަށް ގޮސްފައެވެ.

ޓީމު އެނބުރި ހިތާދޫ އަށް އައުމުން ދެޓީމުގެ ދަރިވަރުންނާއި އޮފިޝަލުންގެ ކަރުގައި މާފަތި އަޅުވައި ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.

ހިތާދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުޙާތަބު ކޮށް ހިތާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދުވަނީ ދަރިވަރުން ހޯދީ ކާމިޔާބީއާއި ދެއްކި ރީތި އަޚްލާގަށް މަރުހަބާ ދަންނަވައި ޝުކުރު ދަންނަވާފައެވެ.

އަދި ޕީޓީއޭއާއި މުދައްރިސުންނާއި ރަށުގެ ރައްޔިތުން ކިއި ހޫނު މަރުޙަބާއަށާއި ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެހުރިހާ ފަރާތްތަކަށްވެސް މަރުޙަބާ އާއި ޝުކުރު ދަންނަވާއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :