ފިނޮޅު

ލޯންޗެއްގެ ބުރަފަތީގައި ޖެހި ފިނޮޅު ރިޒޯޓުގެ ފަތުރުވެރިއަކު މަރުވެއްޖެ!

ޢާމިރު ޢަބްދުއްލަތީފު | 01 ޖުލައި 2018





ބ. އަތޮޅު ކަނިފުށީގައި ހިންގާ ފިނޮޅު ރިސޯޓްގެ ފަޅުތެރޭގައި ފީނަން އުޅުނު ޗައިނާގެ ދެ ފަތުރުވެރިއެއްގެ ގައިގައި އެ ރިސޯޓް ލޯންޗެއްގެ ބުރަފަތިން ޖެހި އެކަކު މަރުވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު 11:15 ހާއިރު ލޯންޗުގެ ބުރަފަތިން ޖެހިގެން ދެ ފަތުރުވެރިއެއް އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި އެ ދެ މީހުން ގެނައި އިރު ވެސް އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ އެއްވެސް މަޢްލޫމާތެއް ދިނުމަށް ފިނޮޅު ރިޒޯޓުން ވަނީ އިންކާރު ކޮށްފައެވެ. ފިނޮޅުން ބުނީ ތަޙްޤިގު ކުރަމުން ދާތީ އެއްވެސް މަޢްލޫމާތެއް ދެވެން ނެތްކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވީ ޗައިނާގެ 27 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއާ އެކު ފީނަން އުޅުނީ އޭނާގެ އަނބިމީހާއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރު ވިދާޅުވި ގޮތުގައި، 24 އަހަރުގެ އެ އަންހެން މީހާގެ މޫނުމަތީގެ ބައެއް ތަންތަން ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އިތުރު ފަރުވާއަށް އަންހެން މީހާ އެއާ ޓެކްސީގައި މިހާރު މާލެ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :