ވޯޓުލަ މަރުކަޒުތައް ސާވޭ ކުރަން ފަށައިފި

ހިތާދޫ އޮންލައިން | 18 ޖޫން 2018

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލާނެ މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އިންތިހާބުގެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުން ބުނީ ވޯޓް މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށައި ގިނަ ވޯޓް މަރުކަޒުތައް ހިމެނެނީ ސްކޫލްތަކުގައި ކަމަށެވެ.

ވޯޓް މަރުކަޒުތަކުގެ ސާވޭ ފެށި އިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި، ބައެއް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކުގެ އިތުރުން ބައެއް އުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.

އިންތިހާބަށް ތައްޔާރުވުުގެ މަސައްކަތްތަކުގެ ބޮޑު ބައި މިހާރު ނިންމާފައިވާއިރު މޮނިޓާ ކުރަން ބޭނުންވާ ރާއްޖެއާއި ބޭރުގެ ނޫސްވެރިންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 15 ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ސުޖާއު ހުސައިނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :