ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު:

ކަމަދޫ ކައުންސިލުގެ ނާއިބުރައީސް ސަސްޕެންޑު ކޮށްފި!

ހިތާދޫ އޮންލައިން | 01 ޖޫން 2018





ކަމަދޫ ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ ރައީސްކަމުގެ ގޮޑިއަށް މެންބަރަކު އިންތިޚާބުކޮށްފައިނުވާ މައްސަލާގައި ބ. ކަމަދޫ ކައުންސިލްގެ ނައިބް އަހްމަދު ސާޖިދު ތިން މަހަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން މިއަދު ނިންމައިފި އެވެ.

އެލްޖީއޭ އިން ކަމަދޫ ކައުންސިލަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކޮށްފައިނުވާތީއާއި، އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށްފަހު، އެކަން އެލްޖީއޭއަށް އެންގުމަށް ދެ ފަހަރެއްގެ މަތިން ސާޖިދުއަށް އެންގި އެންގުންތަކަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން، ކައުންސިލުން ކުރާ ގާނޫނާ ޚިލާފު އަމަލުތަކާ އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލްގެ ދަށުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސާޖިދުގެ މުސާރަ އާއި އިނާޔަތް ނުހިނގާ ގޮތަށް ތިން މަސް ދުވަސް ވަންދެން ސަސްޕެންޑް ކުރުމަށް ނިންމީ ކަމަށް އެލްޖީއޭއިން ފޮނުވި ލިޔުމުގައިވެ އެވެ.

އަދި ސާޖިދުގެ ސަސްޕެންޝަނުގެ މުއްދަތުގައި، ކަމަދޫ ކައުންސިލުގެ ހުސްވެފައިވާ ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން އެލްޖީއޭ އާދި އަތޮޅު ކައުންސިލަށް ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލު ހިންގުމާއި ހަވާލުވެ ހުންނާނީ ކަމަދޫ ކައުންސިލުގެ މެންބަރު އަހްމަދު ސަމީރު ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :