ންބޮޑުވެފައިވާ ސަރަހައްދަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ- ފޮޓޯ: ކައުންސިލް

ބޯކޮށް ވާރޭވެހި އޭދަފުށީގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެއްޖެ

ހިތާދޫ އޮންލައިން | 18 މެއި 2018

މިހާރު ކުރަމުންދާ ވިއްސާރައިގައި އޭދަފުއްޓަށް ބޯކޮށް ވާރޭ ވެހި، އެކި ހިސާބުތަކުގައި ފެންބޮޑު ވެއްޖެއެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، ބުދަ ދުވަހުގެ ރޭ ދަންވަރު އާއި މިއަދު ހެނދުނު ކުރި ވިއްސާރައިގައި މިރަށުގެ ބައެއް މަގުތަކުގައި ހިނގާ މީހުންނާއި ވެހިކަލްތައް ދުއްވަން ދަތިވާ ވަރަށް ފެންބޮޑުވެފައި ވެ އެވެ.

އަދި ތިން ގެއަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ބައެއް އަޑި ހިސާބުތަކުގައި ދޮޅު ފޫޓެއްހާ ވަރަށް ފެން ބޮޑުވި، އެ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތުގައި މިއަދު ހެނދުނު 9:30 އިން ފެށިގެން އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުން، އަދި ފުލުހުންގެ އެހީތެރިކަން ވެސް އަންނަނީ ލިބެމުން،”

މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި މި ވިއްސާރައިގައި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :