ބ. ހިތާދޫގައި ގެއެއްގެ ފާހާނަ ތެރަށް ކުއްޖަކު ވިހައިފި!

ޢާމިރު ޢަބްދުއްލަތީފު | 28 އޭޕްރީލް 2018





ބ. ހިތާދޫގެ ގެއެއްގެ ފާޚާނާ ތެރޭގައި މިއަދު ހެނދުނު ކުއްޖަކު ވިހައިފިއެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ ގޮތުން މިއަދު ހެނދު ފާހާނާ ތެރަށް ވިހާފައިވާ އަންހެން މީހާ ވިހާފައިވަނީ ކައިވެރިން ބޭރުން ބަލިވެ އިދެގެންނެވެ. 30 ވަރަކަށް އަހަރުގެ މި އަންހެން މީހާ އަކީ މީގެ ކުރިންވެސް ކައިވެނިން ބޭރުން ކުއްޖަކު ހޯދާފައިވާ މީހެކެވެ.

ހިތާދޫ އޮންލައިން އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނަ ބަނޑު ބޮޑުކަން އެގޭ މީހުންނަށްވެސް ނޭނގޭ ކަމަށާއި މިއަދު ހެނދުނު އެގޭ މީހެއްގެ ކައިރީގައި ބަނޑަށް ތަދުވާ ކަމަށް ބުނެ ގެއަށް ދިޔަފަހުން ބާރަށް ހަޅޭލަވާ އަޑު އިވުމުން ގޮސް ބެލި އިރު ފާހާނާ ތެރޭގައި ވިހާފައިވާ ކަމަށެވެ.

މިހާރު މިމައްސްލަ ފުލުހުން ބަލަމުންދާ ކަމަށް ވަނީ ޚަބަރު ލިބިފައެވެ. އަދި މިއަދު މިވިހާ ކުއްޖާއައި މައިމީހާގެ ހާލު ރަނގަޅު ކަމަށް ވަނީ ޚަބަރު ލިބިފައެވެ.

މި މައްސަލައިގެ ފަފްޞީލު އަންނަނީ...


ކިޔުންތެރިންގެ ޚިޔާލު...


ނަން :