ހތާދޫ ކައުންސިލު މެންބަރުން އޮފީހަށް ވަޑައިގަންންވަނީ

ބެރު ދުންމާރި ތާޅަފިލީގައި ކައުންސިލަރުން އޮފީހަށް ވަޑައިގެންފި!

ޢާމިރު ޢަބްދުއްލަތީފު | 22 އޭޕްރީލް 2018

މިއަހަރުގެ ފެބުރުއަރީ 1 ގައި ސްޕްރީލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ނޫސްބަޔާން ނެރުމުން އެއްމަސް ދުވަހަށް ސަސްޕެންޑު ކުރުމާއި ގުޅިގެން އޮފީހަށް ވަޑައިގެން ނުގެން ހުރުމަށްފަހު ހިތާދޫ ކައުންސިލުގެ މެމްބަރުން ރަސްމީ އިޢްޒަތުގައި ބެރުދުންމާރި ތާޅަފިލީގައި މިއަދު އޮފީހަށް ވަޑައިގެންފިއެވެ.

ސަސްޕެންޝަން މުއްދަތު ހަމަވެގެން މިއަދު އެބޭފުޅުން އޮފީހަށް ވަޑައިގަތުމުގެ ކުރިން ވަނީ ހިތާޑޫ އެމްޑީޕީ ހަރުގެއަށް ވަޑައިގެންފައެވެ. ހަރުގެއަށް ވާޑައިގަތުމުން އިޞްލާހަށް ލޯބިކުރާ މީހުން ވަނީ އެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި މާފަތި އުޅުވާފައެވެ.

ހިތާދޫ ކައުންސިލުގެ މެންބަރުން މިއަދު ހެނދުނު އޮފީހަށް ވަޑައިގެންނެވީ ހަރުގޭގައި މަޑު ކުރެއްވުމަށް ފަހުއެވެ. ހަރުގެއިން ފެށިގެން އެބޭފުޅުން އޮފީހަް ވަޑައިގެންނެވީ ދިވެހި ޘަޤާފީ ބެރުުދުންމާރި ތާޅަފިލީގެ އިއްޒަތުގައެވެ.

ހިތާދޫ ކައުންސިލުގެ މެންބަރުން ވިދާޅުވީ ކިތައްމެވަރަކަށް ސަސްޕެންޑު ކޮށް ކައުންސިލު އުވާލިޔަށް ރައްޔިތުންގެ ހައްޤުގައި ބަސްބުނުމަށް ކުޑަކޮށްވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

ހިތާދޫ ކައުންސިލުގެ ހުރިހާ މެންބަރުން އެއްމަސް ދުވަހަށް ސަސްޕެންޑު ކުރީ 19 މާރޗު 2018 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :