ދަރިފުޅު ވިހެއުމާއެކު ފުރަތަމަ ދޭންޖެހޭ ފަރުވާއާ ބެހޭ ވޯކްޝޮޕެއް

ހިތާދޫ އޮންލައިން | 19 އޭޕްރީލް 2018





ފެސިލިޓީ ބޭސްޑް ނިއުބޯން ކެއާ އެންޑް ކްއާލިޓީ އިމްޕްރޫވްމަންޓް ޓެރޭނިން”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް އޭދަފުށީގައި ބާއްވައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގަ އާއި ހެލްތު ސެންޓަރުތަކުގައި މަސއްކަތްކުރާ ނަރުހުންނަށާއި ޑޮކްޓަރުންނަށް އަމާޒްކޮށްގެން ބ. އަތޮޅު ހޮސްޕިޓަލުގެ ސެމިނާރޫމުގައި ފެށި މި ބައްދަލުވުމަކީ ޔުނިސެފްގެ އެހީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއީ) އިން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ބ. އަތޮޅުން 35 ބައިވެރިން ބައިވެރިވެފައިވެއެވެ.

އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި ދަރިފުޅު ވިހެއުމާއެކު ފުރަތަމަ ދޭންޖެހޭ ފަރުވާޔާބެހޭ ގޮތުންނާއި ދިމާވާ މައްސަލަ ތަކަކީ ކޮބައިކަން އޮޅުން ފިލުވައި އެކަންކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


didi

ސަމާލު މިހާރަކައް އައިސް އުފަންވާ ކުދިންނައް ދިމާވާ ތަފާތު ބަލި ތަކާމެދު ވިސް ނާނީ ކޮން އިރަކުންބާ. ފެންވަރު ދައް ބޭހާއި އިޖެކްޝަން ސަމާލުވޭ