• ވާހަކަ
  • ބަދިގެ
  • ދީން
  • ކުޅިވަރު
  • ތާރީޚާޡަގާފަތް
  • ކޮލަމް
  • ވިޔަފާރި
  • ރިޕޯޓު
  • ޚަބަރު

އޮލިންޕިކް ކޮމެޓީގެ އަހަރީ ބައްދަލުވުން ބ. ގޮއިދޫގައި ބާއްވަން ނިންމައިފި

ހިތާދޫ އޮންލައިން | 20 މާރޗު 2018




Tweet

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ މި އަހަރު ބ. ގޮއިދޫގައި ބާއްވަން ނިންމައިފިއެވެ.

ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވި ގޮތުގައި އެޒްކެޓިވް ކޮމިޓީން އެގޮތަށް ނިންމީ އޮލިމްޕިކް ކޮމިޓީގެ ހަރަކާތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުމުގައެވެ.

“އޮލިމްޕިކް ކޮމިޓީ އަތޮޅުތެރެއަށް ނުކުންނަން ބޭނުންވީ. މާލޭގައި އަބަދު ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވީ. އެގޮތުން މި ފަހަރު ނިންމީ ބ. ގޮއިދޫގައި ބާއްވަން. ސަބަބަކީ އެ ރަށަކީ މިހާރު ރާއްޖޭގައި ކުޅިވަރުގެ ހަމަ ނަމޫނާ ރަށަކަށްވާތީ،” މަރުޒޫގު ވިދާޅުވި އެވެ.

އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހިމަނަން ނިންމާފައިވާ ކައިޓް ސާފިންގެ ހަރަކާތްތައް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރިއަށް ގެންދަނީ ގޮއިދޫގަ އެވެ. އެ ރަށުގެ ކުދިން އަންނަނީ އެ ކުޅިވަރުގައި ތަފާތު ދައްކަމުންނެވެ.

އަންނަމަހުގެ 21 ވަނަ ދުވަހު ގޮއިދޫގައި ބާއްވާ މި ބައްދަލުވުމަކީ މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ބައިވެރިވާނެ އެވެ.

އަހަރީ އާއްމު ޖަލްސާއަކީ އޮލިމްޕިކް ކޮމިޓީގެ ބަޖެޓާއި ހަރަދު ރިޕޯޓާއި ހަރަކާތްތައް ފާސްކުރާ މުހިއްމު ބައްދަލުވުމެކެވެ. މީގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމުގެ ބާރު ވެސް އެ ބައްދަލުވުމުގައި ލިބޭނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :



ފަހުގެ ލިޔުންތައް..

އޭދަފުށީ ފެނުގެ ނިޒާމު ހިންގަން ފެނަކަ އާއި ހަވާލު ކޮށްފި

20 ފެބުރުއަރީ 2019

ފޮރިންގ މިނިސްޓަރ ޝާހިދު އެމެރިކާ އަށް ވަޑައިގެންފި

19 ފެބުރުއަރީ 2019

ތިމާވެއްޓާއި ބެހޭ ވޯކުޝޮޕެއް ދިގުފަރު ރިިޒޯޓުގައި ބާއްވައިފި

19 ފެބުރުއަރީ 2019

ބ. ހިތާދޫގެ މަހުޖަނުންވެސް އެސްއޯއެފް މަޅީގައި ޖެހިފައި!

18 ފެބުރުއަރީ 2019

ބ. ކަމަދޫ ކައުންސިލުގެ ރައީސް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2019

ފޮރިންގ މިނިސްޓަރ ޝާހިދު އެނބުރި މާލެ ވަޑައިގެންފި

15 ފެބުރުއަރީ 2019

ބ. އަތޮޅުގެ އެތައް ރަށެއްގެ ފައިސާ ދައުލަތަށް ނުވަދެ އެސްއޯއެފަށް!

15 ފެބުރުއަރީ 2019

ދަރަވަންދޫ ކައުންސިލުން ރައީސް ސޯލިހާއި ބައްދަލު ކޮށްފި

14 ފެބުރުއަރީ 2019

ފޮތާއި ޓީޗަރުން ހަމަ ނުވާތީ ތުޅާދޫ ރައްޔިތުން ކައުންސިލަށް!

14 ފެބުރުއަރީ 2019

ޕްލާސްޓިކް ކުނީގެ ގެއްލުންތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ދަތުރެއް

13 ފެބުރުއަރީ 2019

(c)ހިތާދޫ އޮންލައިން އަކީ މިނިސްޓްރީ އޮފް ހޯމްއެފެެއާޒުގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ. : admin@hithaadhoo.com