ބ. އޭދަފުށި

އޭދަފުށީގައި 100 ގެ އަޅާނެ ފަރާތެއް ހޯދަން އިޢްލާން ކޮށްފި

ހިތާދޫ އޮންލައިން | 20 މާރޗު 2018

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ބ. އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް މިއަދު އިއުލާނު ކޮށްފިއެވެ.

އޭދަަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާނު ކޮށްފައިވަނީ 9 ރަށެއްގައި ޖުމްލަ 800 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގައި ހިމަނައިގެންނެވެ.

އެ މިނިސްޓްރީން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިމާރާތްކުރާ އުސޫލުން 800 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ރާއްޖޭގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ހިންގާ އެ މަސައްކަތަކަށް ބީލަން ހުށަހަޅާ އިރު ވަކިވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށަކަށް ވެސް އަގު ހުށަހެޅިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.

މިމަޝްރޫއުގެ ދަށުން ހަދާ ގެތަކުގައި ހިމެނެން ޖެހޭނެ ކޮޓަރީގެ އަދަދެއް އިއުލާނު ގައި ބުނެފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :