ހިތާދޫ ކައުންސިލު މެންބަރުން ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑު ކޮށްފި!

ޢާމިރު ޢަބްދުއްލަތީފު | 19 މާރޗު 2018

ބ އަތޮޅު ހިތާދޫ ކައުންސިލްގެ ހުރިހާ މެމްބަރު މިއަދު ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަމެންޑް އޮތޯރިޓީ، އެލްޖީއޭއިން އެކައުންސިލްގެ ޒިންމާދާރު ވެރިޔޢަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނު އެކައުންސިލަށް ލިބިދީފައިވާ ބާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމުގައެވެ.

ހިތާދޫ ކައުންސިލުގެ ރައީސް ޢަބްދުލް ޢަޒީޒު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ސަސްޕެންޑު ކުރި ކަމުގެ ސިޓީއެއް ލިބިފައިވާ ކަމަށާއި މީއީ ގާނޫނީ އެއްވެސް ހަމައެއްގެ މަތިން ކުރެވޭނެ ކަމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއީ ގާނުނި ގޮތުން ޞައްޙަ ސަސްޕެންޝަނެއް ކަމަކަށް . ރައްޔިތުންނަށް ބިރު ދައްކަން ބާރު ބޭނުން ކުރަނީ.. ކިތައްމެ ވަރަކަށް ބިރު ދެއްކިޔަށް އަޅުގަނޑުމެން މިތިބީ ފަހަތައް ޖެހޭކަށް ނޫން. އަޅުގަނޑު އެލްޖީއޭ އަށް ގޮވާލަން ޣައިރު ގާނޫނީ ސަސްޕެންޝާން މިހާރުން މިހާރަށް އުވާލަން" ރައީސް ވިދާޅުވިއެވެ.

ހިތާދޫ ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑް ކޮށްފައިވަނީ އެއްމަސް ދުވަހަށެވެ.މިމުއްދަތުގައި އެބޭފުޅުންނަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެކަމަށްވެސް އެލްޖީއޭގެ ސީޓީގައި ވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


.fahari

.ކޮބައިތޯ ސަސްބެންސަން ކުރި މަައްސަލައަކީ މިލިއުމުން ތި ނެރުނު ބަޔާނެއް ވެސް ނޭގުން އެބަޔާނެއްގާ ސަސްބެންސަން ކުރަން ޖެހުނީ ކޮން ފަދަ އެއްޗެއް ބަޔާން ކޮށްގެން ކަމެއް ވެސް ނޭގުނު.