ހިތާދޫ ކައުންސިލުގެ 7 ވަނަ ޤްރުއަން މުބާރާތުގެ ތެރެއިން

ހިތާދޫ ކައުންސިލު ޤުރުއާން މުބާރާތުގެ އެއްވަނަ ނުހާ އިސްހަޤަށް

ޢާމިރު ޢަބްދުއްލަތީފު | 19 މާރޗު 2018

ކީރިތި ޤްރުއަން ކިޔެވުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް އަތޮޅު މުބާރާތުގައި ވާދަކުރާނެ ދަރިވަރުން ހޮވުމަށް މިއަހަރު ބޭއްވި ހިތާދޫ ކައުންސިލުގެ 7 ވަނަ ޤްރުއާން މުބާރާތުގެ އެއްވަނައަށް ބ. ހިތާދޫ އެރޯމާ ނުހާ އިސްހާގު ހޮވިއްޖެވެ.

ހިތާދޫ ސްކޫލު ހޯލުގައި 15 މާރޗު 2018 އިން 16 މާރޗު 2018 ކުރިއަށްދިޔަ މި މުބާރާތުގެ ދެވަނައަށް ގޮސްފައި ވަނީ ޢާއިޝަތު ނަޖްލާއެވެ. ތިންވަނައަށް ދިޔައީ ޝަމްޙާ ޢަހްމަދެވެ.

ޖުމްލަ 28 ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އިބްރާހިމް ޔޫސުފާއި އަލްއުސްތާޛު މިޝްޢާލް ޝާމިން އާއި މަރިޔަމް ނަޖުވާއެވެ.

އަތޮޅު މުބާރާތުގައި ވާދަކުރަން ހޮވިފައިވަނީ ނުހާ އީސްހާގާއި ޢާއިޝަތު ނަޖުލާއާއި ޝަމްހާ އަޙްމަދާއި މާއިޝް މުޙައްމަދާއި ޝައިހާން ޢަބްދުއްﷲ އަދި އަޖުނާދު ޢަބްދުއްސައްތާރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :