މުހައްމަދު ޢަލީ ފޮޓޯ- މީސްމީޑިއާ

ރޭ ބ. ހިތާދޫ އާޒާދު މުޙައްމަދު ޢަލީ ހައްޔަރު ކޮށްފި!

ޢާމިރު ޢަބްދުއްލަތީފު | 17 މާރޗު 2018

އިދިކޮލު ފާރާތްތަކުން ސިލްސިލަކޮށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ރޭ އެއްވި އެއްވުމުގެ ތެރެއިން ބ. ހިތާދޫ އާޒާދު މުހައްމަދު ޢަލީ ހައްޔަރު ކޮށްފިއެވެ.

މުހައްމަދު ޢަލީ ހައްޔަރު ކުރީ ރޭ އޭނާގެ އާއިލާ މީހެއްގެ ގެއަށް ދަނިކޮށެވެ. އަދި އޭނާ އަކީ ރޭގެ މުޒާހަރާގައި ބައިވެރިިވި މީހެއް ނޫން ކަމަށާއި އެއްވެސް ދުވަސްވަރެއްގައި އޭނާ މިފަދަ ސިޔާސީ އެއްވުމެއްގައި ބައިވެރި ނުވަކަމަށް އޭނާގެ ކޮށްކޮއަކު ވަނީ ބުނެފައެވެ.

މުހައްމަދު ޢަލީގެ އާއިލާގެ މީހަކު ބުނީ އަދިވެސް އޭނާ ދޫކޮށްލަފައި ނުވާކަމަށެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ ގޮތުން އޭނާ އަކީ ޕީޕީއެމް އަށް ތާއީދު ކުރާ މީހެއް ނަމަވެސް ވޯޓުހޯދަން ހިނގާލުން ފިޔަވާ ކެމްޕޭނުގައިވެސް އޭނާ އަކީ މާބޮޑަށް ހަރަކާތްތެރިވާ މީހެއްނޫނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


didi

ދެކޮޅުން ވެސް ކާނީ؟