ފަރުކޮއި ޕްރޮގްރާމާއި ބެހޭގޮތުން ބެލެނިވަރިންނަށް މަޢްލޫމާތު ދެނީ ފޮޓޯ- ހިތާދޫ ސްކޫލް

ބެލެނިވެރިންނަށް "ފަރުކޮއި" ޕްރޮގްރާމުގެ މަޢްލޫމާތު ދީފި!

ޢާމިރު ޢަބްދުއްލަތީފު | 17 މާރޗު 2018





އެޑިކޭޝަން މިނިސްޓްރީން އިސްނަގައިގެން ފެށި "ފަރުކޮއި" ޕްރޮގްރާމާއި ބެހޭ ގޮތުން ބެލެނިވެރިން ހޭލުންތެރި ކުރުވުމުގެ ގޮތުން ހިތާދޫ ސްލޫލުގެ ދަރިވަރުންގެ ބެލެނިވެރިންނަށް މަޢްލޫމާތު ދީފިައެވެ.

ބުރާސްފަތި ދުވަހު ހަވީޜު ހިތާދޫ ސްކޫލް ހޯލުގައި ބޭއްވި މި ބައްދަލު ވުމުގައި މި ޕްރޮގްރާމާއި ބެހޭ ގޮތުން މަޢްލޫމާތު ދެއްވީ ޕްރިންސިޕަލް އަބްދުލް ޙަފީޒު ޚާލިދެވެ.

ހިތާދޫ ސްކޫލުން ބުނީ މި ޕްރޮގްރާމުގެ ދަށުން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން މުޖަތަމަޢުގެ އަފްރާދުން ހޭލުންތެރި ކުރުމާއި ދަަރިވަރުންނަށް ފަރުތައް ދައްކާލުމާއި މޫދާއި ފަރު ސާފުކުރުމުގެ ޕްރޮގްރާމު ހިންގުމާއި ޕްލާސްޓިކް ކޮތަޅާއި ފުޅި ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުން ހިމެނޭކަމަށެވެ.

"ފަރުކޮއި" ޕްރޮގްރާމުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ފަރާއި މޫދަށް ލޯބި ޖެއސުމާއި ނައްތާލަން ދަތި ތަކެތި (ޕްލާސްޓިކާއި ދަގަނޑު ފަދަ ތަކެތިން ) ފަރުތަކަށް ކުރާ އަސަރު ދެނެގަތުމާއި ފަރުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ތަކެތި ސްކޫލުގައި އެއްކޮށް ބޭނުން ކުރުން ހުއްޓާލުން ކަމަށް ހިތާދޫ ސްކޫލުން ބުނެއެވެ.

ހިތާދޫ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުލް ޙަފީޒު ވިދާޅުވީ ކުރިއަށް އޮތް ހަފަތާތަކުގެ ތެރޭގައި ޖަމިއްޔާތަކާއި ކައުންސިލާއި ރައްޔިންނާއި އަދި ކައިރި ރިޒޯޓުތަކާއި އެކު ބައްދަލު ކުރަން ރާވާފައިވާ ކަމަށާއި މިމަޝްރޫޢު ކާމިޔާބު ކުރުމަށް މި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިއީ ތިމާވެށި، ހާއްސަކޮށް އަޅުގަނޑުމެންނަށް ލިބިފައިވާ ނާޒުކު ރީތި ފަރުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އެންމެ ކުޑަކުދިންނަށް ވެސް ވިސްނައިދިނުމުގެ ގޮތުން އެ މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :