ތުޅާދޫގައި 16 މާރޗު 2018 ވަނަދުވަހު ކުރި މުޒާހަރާ ފޮޓޯ- ފޭސްބުކް

މިއަދު ހަވީރުވެސް ބ. ތުޅާދޫގައި މުޒާހަރާ ކޮށްފި

ޢާމިރު ޢަބްދުއްލަތީފު | 16 މާރޗު 2018

ސިޔާސީ ގޮތުން ހައްޔަރު ކޮށްފައި ތިބި ފަރަތްތަކެއް ދޫކޮށްލުމަށް ފެބުރުއަރީ 1 ގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަް ގޮވާލާއި ބ. ތުޅާދޫގައި މިއަދު ހަވީރުވެސް މުޒާހަަރާ ކޮށްފިއެވެ

ސިލްސިލާކޮށް ކުރިއަށް ގެންދާ މި މިޒުހާރާގައި ބ. ތުޅާދޫގެ އިޞްލާޙައް ލޯބި ކުރާ މީހުން ވަނީ ބައިވެރި ވެފައެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ އެރަށުގެ އެކި މަގުގުތަކުގައި ހިނގާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ތަފާތު އެކި ޝުޢޫރުތައް ފާޅު ކޮށްފައެވެ. މައިގަނޑު ގޮތެއްގައި އެމީހުން ގޮވަން ދިޔައީ މިއަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކޮށްދެއްވުަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :