އަތޮޅު ބުރުގައި ހޯމަދުވަހު ވާދަކުރި އޭދަފުށީ ޓީމާއި ފެހެންދޫ ވާދަ ކުރި މެޗުގެ ތެރެއިން ފޮޓޯ- އީޓީ

މިނިވަން ޗެމްޕިއަން ޝިޕް: އޭދަފުށި ކަޓުވާލައި ފެހެންދޫ ޒޯން ބުރަށް!

ހިތާދޫ އޮންލައިން | 14 މާރޗު 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން އޭދަފުށި ކަޓުވާލައި ޒޯން މުބާރާތަށް ފެހެންދޫ ކޮލިފައި ވެއްޖެވެ.

ހޯމަ ދުވަހު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މި ދެޓީމު ބައްދަލުކޮށް 2-0 އިން އޭދަފުށި ކާމިޔާބު ކުރިނަމަވެސް ފެހެންދޫ ޓީމަށް ބ. އަތޮޅުގެ ޗެމްޕިއަންކަން ލިބުނީ 3-3ގެ އެގްރެގޭޓް ނަތީޖާއާއެކު އަވޭ ގޯލުގެ ތަފާތަށް ބަލައިގެން ނެވެ. ޒޯން މުބާރާތަށް ކޮލިފައިވާން މި މެޗުގައި އޭދަފުށިން 3 ގޯލުގެ ތަފާތަކުން ފެހެންދޫ ބަލިކުރަން ޖެހެއެވެ.

އަތޮޅު މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ ހަމައެކަނި އެދަފުއްޓާއި ފެހެންދޫއެވެ. ފެހެންދޫ އާ އެކު ޒޯން މުބާރާތުގައި ވާދަކުރާނީ ރ. އަތޮޅު ޗެމްޕިއަނުންނެވެ.

މިއީ މިދިޔަ ތިން އަހަރަށް ބަލާއިރު އަތޮޅު މުބާރާތާއި ޒޯން މުބާރާތުގެ ޗެމްޕިއަން އޭދަފުށި ، ޒޯން މުބާރާތަށް ކޮލިފައިނުވެ މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :