ގޮއިދޫ ސްކޫލަށް ޖެހިޖެހިގެން 4 ވަނަ ތަށި

ހިތާދޫ އޮންލައިން | 12 މާރޗު 2018





މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ތަށި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ގޮއިދޫ ސްކޫލުން ރޭ ހޯދައިފި އެވެ.

ޖެހިޖެހިގެން ހަތަރުވަނަ އަހަރު ގޮއިދޫ ސްކޫލުގެ 16 އަހަރުންދަށުގެ އަންހެން ޓީމު ތަށި ހޯދީ ފައިނަލުގައި ރޭ ވ. ކެޔޮދޫ ސްކޫލުގެ މައްޗަށް ފަސޭހަކާމާއެކު ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގައި މިއަހަރު ވެސް ގޮއިދޫގެ ތިން ޓީމު ވާދަކުރެ އެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން ޓީމުގެ އިތުރުން 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމެކެވެ. ހުރިހާ ޓީމެއްވެސް މާލޭ ސްކޫލުތައް ބަލިކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއަދު މެންދުރުފަހު 2:00 ގައި ކުޅޭ ފައިނަލްގައި 14 އަހަރުންދަށުގެ ޓީމު ބައްދަލުކުރާނީ މުހިއްޔުއްދީން ސްކޫލާއެވެ. އަދި ހަވީރު ކުޅޭ މި ގްރޫޕުގެ ފިރިހެން ބައިގެ ފައިނަލުގައި ގޮއިދޫ ޓީމާ ދެކޮޅަށް ނުކުންނާނީ ތާޖުއްދީން ސްކޫލެވެ.
މީގެ އިތުރުން މިއަހަރު ބެލެނިވެރިންގެ ޓީމެއްވެސް މި މުބާރާތުގައި ވާދަކުރެ އެވެ.

ކުޅިވަރު މުބާރާތްތަކުން ރަން ވަނަތަކެއް ހޯދަމުން އަންނަ ގޮއިދޫ ސްކޫލުގެ ދަރިވަރުން އަންނަ ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތައްވެސް ހޯދަމުންނެވެ. އެގޮތުން ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑްސް” އެ ސްކޫލުގެ ދަރިވަރުން އަންނަނީ ހޯދަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :