04 މާރޗު 2018 ގައި ހިތަދޫ / ފިނޮލު ކުޅުނު ފުޓުބޯޅަ މެޗުގެ ތެރެއިން ފޮޓޯ- ހިތާދޫ އޮންލައިން

ފިނޮޅާއި ހިތާދޫ އެކުވެރި ކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފި

ޢާމިރު ޢަބްދުއްލަތީފު | 05 މާރޗު 2018

އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބ. ކަނިފުށީގައި ހިންގާ ފިނޮޅު ރިސޯޓާއި ބ. ހިތާދޫ ޒުވާނުންނާއި ދެމެދު އެކުވެރިކަމަުގެ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.

ހިތާދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ އެއްލަނޑު އެއްލަނޑުން މެޗު އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާފައި ވަނީ ފޮނޮޅު ޓީމެވެ. ފަހު ހާފުގައި ފަހަތުން އަރާ ހިތަދޫ ޒުވާނުންގެ ޓީމު ވަނީ ގޯލު ޖަހާ އެއްވަރު ކޮށްފައެވެ.

ކައިރި ރިޒޯޓުތަކާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ހިތާދޫ ޒުވާނުން އަންނަނީ އެކި ކުޅިވަރު މެޗުތައް ކުޅެމުންނެވެ. ބ. ހިތާދޫއާއި އެންމެ ކައިރީގައި އޮންނަނީ ކޮކޯޕާމް ދުނިކޮޅާއި ފިނޮޅު ރިޒޯޓެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :