ގޮއިދޫގައި ކުރިޔަށްދިޔަ ބާސްކެޓް ކޭމްޕުގެ ތެރެއިން-- ވީ ފޮޓޯ: އިސްމާއީލް ޝާހު

ބ. ގޮއިދޫއަށް ބާސްކެޓު ބޯޅަ ތަޢާރަފު ކޮށްފި

ހިތާދޫ އޮންލައިން | 01 މާރޗު 2018





ރާއްޖޭގެ މަގްބޫލު ބާސްކެޓްބޯޅަ އެކަޑަމީ ޑީ ބާސްކެޓްބޯޅަ ކުލަބުން ބ. ގޮއިދޫއަށް ފުރަތަމަ ފަހަރަށް ބާސްކެޓްބޯޅަ ތައާރަފި ކޮށްފިއެވެ.

ގޮއިދޫއަށް ބާސްކެޓް ތައާރަފްކޮށްދިނުމުގެ މޭސްތިރިއަކީ މަޝްހޫރު ބާސްކެޓް ކޯޗު އަދި ޑީ ބާސްކެޓްބޯޅަ އެކަޑަމީގެ މޭސްތިރި މުހައްމަދު ހާޝިމް ނުވަތަ ޑޭވިޑް ކޯޗެވެ.

މިއީ އަތޮޅުތެރޭގައި ބާސްކެޓް ތައާރަފު ކުރެވުނު ފުރަތަމަ ރަށެވެ. ބާސްކެޓު ބޯޅަ ތަޢާރަފު ކުރުމަށް ބ. ގޮއިދޫގެ ރައްޔިތުން ވަނީ ބޮޑު އެއްބާރުލުމެއް ދީފައެވެ.

ކުޅިވަރުގެ ރޮގުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގޮއިދޫއިން މިހާރުވެސް އަންނަނީ ވޮލީއާއި ފުޓުބޯޅައާއި ސްވިމިން އާއި ޓޭބަލްޓެނިހާއި ހޭންޑްބޯޅައިގެ އިތުރުން މާލޭގައި ކުޅޭ ބޮޑެތި ހުރިހާ ކުޅިވަރެއް ކުޅެމުންނެވެ. އަދި މާލޭގައި ބާއްވާ ގައުމީ ފެންވަރުގެ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ގޮއިދޫ ދަނީ ތަފާތު ދައްކަމުންނެވެ

ޑީބީސީން ގޮއިދޫއަށް ބާސްކެޓް ތައާރަފްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ބާއްވާފައިވަނީ ތިއަރީ ކުލާސްތަކެކެވެ. މި ކުލާސްތަކުގައި ބާސްކެޓްބޯޅަ ފަށައިގެން އައި ގޮތާއި މިއަދާއި ހަމައަށް ބާސްކެޓަށް އައި ބަދަލުތައް ޑޭވިޑް ކޯޗު ވަނީ ބައިވެރިންނަށް ކިޔައިދީފައެވެ.

ގޮއިދޫ ސްކޫލުގެ ގްރޭޑް 5 އިން ދަށުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މި ކުލާހުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ. އެންމެ ހާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވުނު އެއް ކަމަކީ ބ.ގޮއިދޫ ސްކޫލަށް ކޮންމެ ދުވަހަކު ޑިންގީން ދަތުރުކުރުމަށްފަހު ކިޔަވަން އަންނަ ބ.ފެހެންދޫގެ ކުދިން ބައިވެރިވުމެވެ. މިއީ ކުޅިވަރަށް އެ ކުދިންނާއި ބެލެނިވެރިން އޮތް ޝައުގު ހާމަވެގެންދިޔަ ކަމެކެވެ.

މި ޕްރޮގްރާމް އެ ރަށުގައި ކުރިޔަށްދިޔައީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ. ވަކިން ހާއްސަކޮށް އެ ރަށުގެ ކުޅިވަރު ކަންކަން ހިންގުމުގެ މައި ހުންގާނު ކަމަށްވާ އެރަށު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް އާއި ބާސްކެޓް ޕްރޮމޯޓްކޮށްދިނުމުގައި ޑީބީސީއާއެކު ހަރަކާތްތެރިވާ ބީއެޗްއެމް ޓްރޭޑާސްގެ އިތުރުން ރަށުގެ ރައްޔިތުން ފާހަގަކޮށްލެވެއެވެ.

ޑޭވިޑް ކޯޗު ބުނީ މި ފުރުސަތު ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ބާސްކެޓްބޯޅައިގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :