2014 ވަބަ އަހަރު ހިތާދޫ އަށް ސަރުކާރުން ގެނައި ޖަނަރޭޓަރ އީންޖީނުގެއަށް ވައްދަނީ ފައިލްފޮޓޯ- ހިތާދޫ އަޮންލައިން

ހިތާދޫގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫއު ހިންގީ ޕީޕީއެމް ސަރުކާރުން!

އާމިރު ޢަބްދުއްލަތީފު | 11 ފެބުރުއަރީ 2018





ބ. ހިތާދޫ އަކީ ދިވެހިރާޢްޖޭގެ ޗާޓުގައި ނެތް ރަށެއްކަމަށް ހިތާދޫގެ ރައްޔިތުން އަންނަނީ ބުނަމުންެނެވެ. ސަބަބަކީ ސަރުކާރުގެ ވެރިންނަށް ހިތާދޫ ނުފެންނާތީއެވެ. ހިތާދޫގެ ވަށައިގެންވާ ރަށްރަށަށް ވަޑައިގަންނަވާއިރު ހިތާދޫއަށް ވަޑައި ނުގަންނަވާތީއެވެ. ރަށުގެ ތަރައްގީއަށް ކަންކަން ކޮށް ނުދެއްވަތީއެވެ.

މައުމޫން އަބްދުލް ޤައްޔޫމުގެ ތިރީސް އަހަރާއި އެމްޑީޕީ ސަރުކާރުގެ ތިން އަހަރާއި ޑރ ވަހީދުގެ 2 އަހަރާޢި ޕީޕީއެމް ސަރުކާރުގެ ފަސްވަނަ އަހަރު ނިމެންދާއިރު ހިތާދޫ އަށް މި ސަރުކާރުންތަކުން ކޮށްދިނީ ކޮންކަމެއްތޯ ބަލާލުން މުހިންމެވެ.

ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ތެރޭގައި ބ. ހިތާދޫގައި އޮފީހަކާއި ކުރިން އުއްމުލު ގަރާ ސެކަންޑަރީ ސްކޫލު ހިންގި ހިމާރާތުގައި ސިއްހީމަރުކުގެ ނަންބޯޑު ހަރު ކޮށްދެއްވިއެވެ. ފާޚާނާއެއް ބަލިމީޙުން ބާއްވާނެ އެނދެއްވެސް ނެތި ހަމައެކަނި ނަންބޯޑު ހަރުކުރި ކަމަވެ.

ހިތާދޫގައި ބަނދަރެއް ހައްދައިވައި ދެއްވުމުގެ ގޮތުން ރައްޔިތުންގެ ގުދު ބިންދުވައި މަސައްކަތް ކުރުވައި އާދައިގެ ގޮތަކަށް ބަނދަރައް ހައްދަވައި ދެއްވީ ރައީސް މައުމޫނުގެ ވެރިކަމަުގައެވެ. މިއަދުވެސް މި ބަނދަރަކީ އެކަށީގެންވާ ހިމާޔަތް ލިބެމުންދާ ބަނދަރެކޭ ނުދެއްނެވޭނެއެވެ. އަދި ރައްޔިތުން ހިންގަމުން ގެންދިޔަ ހިތާދޫ މަދަރުސާގެ ޢިމާރާތް ބައުވެ ބޭނުން ނުކުރެވޭ ވަރު ވުމުން ސަރުކާރުން ސްކޫލެއް އަޅުއްވައި ދެއްވީވެސް ރައީސް މައުމޫނުގެ ވެރިކަމުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކުއްލީއްޔާގެ ގޮތްޕެއް ހިތާދޫގައި ގާއިމުކޮށް ޤާރީންނާއި މުދިމުންތަކެއް ވަނީ ތަމްރީނު ކޮށްފައެވެ.

ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ބ. ހިތާދޫގައި އުމްރާނީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާއިރު ރައީސް ޢަބްދުއްﷲ ޔާމީނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމަކީ ބ. ހިތާދޫގައި އުމްރާނީ ގޮތުން އެންމެ ގިނަ މަޝްރޫއު ހިންގި ސަރުކާރެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ހިތާދޫގެ ދެޖިންސުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުފަހި ކޮށްދިނެވެ. އެގޮތުން ބަށި ކޯޓަކާއި ފުޓުސެލް ދަނޑެއް ވަނީ ހަދައިދީފައެވެ. އާސަންދަ ލީބޭ ބޭސް ފިހާރައަކާއި ހިތާދޫ ސްކޫލަށް ހަކްލާހުގެ ޒަމާނީ ފެންވަރުގެ ޢިމާރާތެއް ހައްދަވައި ދެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

ކުނި މެނޭޖު ކުރުމަށް އެހީތެރި ވުމުގެ ގޮތުން ދަޅު ފިއްތާ މެޝިނަކާއި ފުޅި މުގުރާ މެޝިނެއްގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޖަނަރޭޓަރެއް ވަނީ ޕީޕީއެމްގެ ސަރުކަރުން ހިތާދުއަށް ގެނެސްފައެވެ.

ވޭތުވެތިޔަ ސަރުކާރުތަކަށް ބަލާއިރު އެންމެ ގިނަ ތަރައްޤީގެ މަޝްރޫއު ބ. ހިތާދޫގައި ހިންގާފައި ވަނީ ރައީސް އަބްދުއްﷲ ޔާމީނުގެ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Ibrahim

ކަލޭމެންތީ ހާދަ ދެފުއްކެހެރި ބަޔެކޭ. ފޭސްބުކްގަ އަނެއްދިވެހިރާއްޖެ ލޯގޯ ޖަހާފަ މިކަހަލަ ލިޔުންތައް ލިޔުނީމަ ހަޖަމްކުރަންދަތީހަމަ.

jileybee

ޢާމިރު؟ ޢާާާާމިރޫޫޫޫޫ؟؟؟ ކޮބާހޭ މަގޭ ޢާމިރު؟ އޭނާޔަށް ކިހިނެއް ހެދީ؟ ކޮބާހޭ އޭނަ؟
ޖިނާާާ! މަގޭ ޢާމިރު ގެނަސްދީ! އޭނާ ކޮބާ؟

kowi

މީ ހަމަ އާމިރުގެ ލިޔުމެއްތަ؟ ގަބޫލެއް ނުކުރެވޭ . އިރު އެރީ ދެކުނުން ބާ؟ ނޫނީ އުތުރުން ބާ ؟

24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދެއްވި ދެއްތޯ

Hi

ޢެކަމަކު ސްކޫލެއްވެސް ނެތޯ

ޜަގަޅު ހެޔޮ ވެރިކަމެއް