ބަޣާވާތައް ހަ އަހަރު: ބަޣާވާތް ކުރީ ރާޢްޖެތެރޭ މީހުންގެ ލޭބޯން!!

ޢާމިރު ޢަބްދުއްލަތީފު | 07 ފެބުރުއަރީ 2018





މިއަދު މީ 2012 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ބަޣާވާތުން އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލީތާ ހަ އަހަރު ފުރުނު ދުވަހެއެވެ. މިއަދު މިވަނީ ހަމަަ އެބަޣާވާތައް ބޮޅެއް އިތުރުކޮށް ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފައެވެ. ފަނޑިޔާރުގެއާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ޚުދުމުޚްތާރު އަސްކަރީ އަނިޔާވެރި ވެރިކަމެއް ގާއިމުކޮށްފައެވެ.

ބަޣާވާތް ކުރީ ކީއްވެ؟ އެދުވަހު ބަޣާވާތް ކުރަން ދެއްކީ ކޮން ބަހަނާއެއް؟ ބަޣާވާތުން ވެރިިކަން ހޯދައި ވެރިކަން ލިބުނީމާ ބަޣާވާތް ހުއްޓުވީތަ؟ އެއްވެސް ކަމެއް އިޞްލާހުވެގެން ދިޔަތަ؟ ދިވެހި ރައްޔިތުން ވިސްނާލުން ބުއްދިވެރިއެވެ.

ބަޣާވާތް ކުރީ ކީއްވެތޯ އަހައިފިނަމަ މިސަކާރަށް ތާޢީދުކުރާ ފަރާތްތަކުން ބުނާނީ އޭރުގެ އެމްޑީޕީ ސަރުކާރުގެ ލާދީނީ ކަމުންނެވެ. ރައީސް ނަޝިދު ދީނަށް ހަޖޫ ޖަހާތީއެވެ. ދިވެހިންގެ ރަށްތަށް ވިއްކަމުންދާތީއެވެ. ހަގީގަތުގައި ބަޣާވާތް ކުރީ މިހެންވީމަތޯއެވެ؟

ކުރީގެ ރައީސާއި އެމްޑީޕީ ސަރުކާރު ލާދީނީ ކަމަުން އެކާވީސްރޭ މުޒާހަރާކޮށް ބަޣާވާތުން ވެރިކަން ވައްޓާލައި ވެރިކަމަށް އެރި މީހުްނގެ ހާލަކީ ކޮބައިތޯއެވެ. ބެންކޮކަށް ގޮސް ފައިސާ ދީފައި ބޭނުންކުރާ އަންހެނުންނަކީ ހިލޭ އަންހެނުން ނޫންކަމަށް ވިދާޅުވުމަކީ ދީނަށް ހަޖޫޖަހާ ފުރައްސާރަ ކުރިކަމަކަށް ނުވިއެވެ. އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރީންނެއް ނޫނޭ ޚުދު ރައީސްގެ ދޫފުޅުން ވިދާޅުވަމަކީ ލާދީނީ ވުމަކަށްވެސް ނުވިއެވެ. ދިވެހިންގެ ކޮންޓްރޯލެއް ނޯންނަ ގޮތަް ރަށްތައް ސަތޭކަ އަހަރަށް ކުއްޔަށް ދޭން ނިންމުމަކީ ދިވެހިރާއްޖޭގެ ރަށްތައް ވިއްކުމަކަށްވެސް ނުވިއެވެ.

ބަޣާވާތް ކޮށް އޭރުގެ އެމްޑީޕީގެ ސަރުކާރު ވައްޓާލަން ދެއްކި ހުރިހާ ބަހަނާތަކެއް މިސަރުކާރުން ދަނީ އިހުނަށް ވުރެ ބޮޑަށް ފުޅާކޮށް ކުރަމުންނެވެ. ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ދަނީ ސަރުކާރާއި އިސްވެރިންގެ މައްޗަށް ކުރަމުންނެވެ. މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަަލައިގެ ފޫލުވެސް މިސަރުކާރުގެ އިސްވެރިންގެ ބޮލަށް ދަނީ ކަނޑަމުންނެވެ.

ކަމެއް ގޯސްވެން ވެރިކަމެއް ވައްޓާލައި ވެރިކަމަށް އަރައިފި ބަޔަކު ނަމަ ފުރަމަވެސް ފަހުން ނަމަވެސް އިޞްލާހު ކުރާނީ އެ ގޯސްވި ކަންތައްތަކެވެ. އެކަމެއް ތަކުރާރެއް ނުކުރާނެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ. ލޮޖިކެވެ. ބަޣާވާތައް ފަހު ކަންވީ ޠަބީޢަތު ނުވަތަަ ލޮޖިކް އާއި އެއްގޮތަށްތޯއެވެ. ސަރުކާރުން އިސްލާހު ކުރީ ކޮންކަމެއް ތޯއެވެ؟ ގެންނެވީ ކޮން ބަދަލެއްތޯއެވެ؟ މިއީ ދިވެހި ޤައުމާއި ތިމާގެ އަމިއްލަ ނަފުސު ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު ވިސްނާ ފިކުރު ކުރަންޖެހޭ ކަމެކެވެ. ގޮތް ނިންމަންޖެހޭ ކަމެކެވެ.

މީގެ ހައަހަރުކުރިން މިއަދު ކުރި ބަޣާވާތައް ފަހު ސަރުކާރުން ގެނައި ބަދަލުތަކާއި މެދު ވިސްނާލަމާތޯއެވެ. އެންމެ ފުރަތަމަވެސް ސަރުކާރުން އެޅުއްވި ފިޔަވަޅަކީ މިނިވަން މީޑިއާގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމެވެ. ޚާޢްޞަކޮށް ސަރުކާރުން ހިންގާ ޖަރީމާތައް ނިކަމެތި ރައްޔިތުންނަށް ފޯރުކޮށްދޭ މީޑިއާތަކެވެ. ރަށެއްގައި ނެރޭ އޮންލައިން ނޫހަކަށް ވިޔަސް ވެބުސައިޓަކަށް ވިޔަސްމެވެ. ސަބަބަކީ ރައްޔިތުން ޚާޢްޞަކޮށް އަތޮޅުތެރޭގެ ރައްޔިިތުން ހޭލުންތެވިޔަ ނުދިނުމެވެ. އެމީހުންނަށް މަޢްލޫމާތު ފޮރުވައި ވާނުވާގައި ބެހެއްޓުމެވެ.

ދެން ފެނުނީ އެމްޑީޕީ ސަރުކާރުން ބާރުތައް ދޫކުރަމުން ގެންދިޔަ ލާމަރުކަޒީ ގާނޫނު ފުނޑާލި ތަނެއެވެ. ރައްޔިތުން އައްޔަން ކުރި ވެރިންނަކީ ވަރަ ބިނދިފައިވާ ބާޒުތަކަކަށް ހެދިއެވެ. ވިހާމަރުވާ ބަލަންތިބޭ ބޭކެނބިންނަށް ކައުންސިލަރުން ބަދަލު ކުރިއެވެ. ކުރީގެ ކަތީބުންނެކޭ އެއްފަދައިން ރަންނަމާރި އަރާދުވަހަށް ޒުވާން އަންހެން ކުރިން ހޯދަން ތިބެންޖެހޭ ބަޔަކަށް ހެދިއެވެ.

ދިވެހި ތާރީޚުގެ ފަތްފުއްތަށް ބަލާލުމުން ފެންނަން އޮތް އެއް ޙަޤީޤަތަކީ ރާއްޖެތެރޭގެ ރަށްރަށް ހިންގަމަން އައި ލާމަރުކަޒީ އުޞޫލުންކަމަށެވެ. ފުރިހަމަ ޓެކްސް ނިޒާމެއްގެ ދަށުން މިނިވަންކަމަާއި އަމަންއަމާން ކަމައި ތަނަވަސް ކަމާއި އެކުގައެވެ. އޭރުގެ ކައުންސިލަރުންނަކީ މައި ސްރުކާރުގެ އިސްވަރިންވެސް ޖެހިލުންވާ ވަރުގެ މުއްސަނދި ބަޔަކަށް ވަނީ ވެފައެވެ. މި ތަނަވަސްކަން ފެނި ފުރަމާލޭގެ ބޭފުޅުންނަށް މި މަންޒަރު ބަލަންތިބޭކަށް ކެތެއް ނުވިއެވެ. ރާޢްޖެތެރޭ މީހުންނަކީ ގަބުޅި ކަތީބުންނޭ ފަސް ކުޅަނދު މަދުވާނޭ ކިޔައި އަޑުފަތަރުވައި އޭރުގައި އޮތް ލާމަރުކަޒީ ނިޒާމު ފުނޑާލައި ކަތީބުންނަކީ ސަރުކާރުން ކަނޑައަޅާ ކުޑަ މުސާރަ ދޭ ބަޔަކަށް ހެދިއެވެ. ރަށައި ރަށް ވަށައިގެންވާ ތަންތަނާއި އުފެދޭ ތަކެއްޗަކީ ފުރަމާލޭގެ ބޭފުޅުންގެ މިލުކު ތަކެއްޗަށް ހެދިއެވެ.

ލާދީނީއޭ ގައުމު ވިއްކަނީއޭ ކިޔައިގެން ދީން ވިއްކައިގެެން ކައިބޮއި އުޅުނު ޝައިޚުންތަެކެއް ބޭނުން ކޮށްގެން ބަޣާވާތް ކުރީ ދިވެހި ތާރީޚުގައި ރާއްޖެތެރޭ މީހުން ހޯދި މުއްސަނދި ކަން އަލުން ހޯދޭނެ ފުރުޞަތު އެމްޑީޕީ ސަރުކާރުން ދޭން އުޅުނީމައެވެ. ރާއްޖެތެރޭގެ މީހުންގެ ލޭބޮއިގެން ކައިބޯހަދާ އުޅުނު ފުރަމާލޭގެ މީހުންނަށް އެލޭފޮދު ބުއިމުގެ ފުރުޞަތު ގެއްލިދާނެތީއެވެ. ތިމާމެންގެ ގޭގައި ހުންނަ ޖިފުޓި ކޮޅުވެސް ދިހަބާރަ ހާހަށް ކުއްޔަށް ހިފާނެ ރާއްޖެތެރޭ މީހަކު ނުވާނެތީއެވެ. މީއީ ޙަޤީގަތުގައި 2012 ވަނަ އަހަރު ބަޣާވާތް ކުރަން ޖެހުނު ސަބަބެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ބަޣާވާތުން އަރައިގަންނަން އެތައް އަހަރެެއް ނަގާނެ............ މިހާރުވެސް ދެކެމުން މިދަނީ އެކަންތައްތައް.....

ބޮޑު މުހައްމަދު

އަންނި ކަހަލަ ގައްދާރު ފިޑިއެއް ނޫން މިހާރު ހުރީއެސައިތާނު ކަޑުފައްތަން ވީ

ބޮޑު މުހައްމަދު

އެމްޑީޕީ ސަރުކާރުން ހަޑާނީ ގޮރު

ބަލާބޮޑު

ބަގަވައް ކުރިއެންމެން އެތިބީ ޖަލުހުކުމުގާ