ކުލަ އަލި، ސަމައްތަރު ހެޔޮ، ބަނިޔާދަން މަލެއް ބޭނުމެވެ.

| 16 އޭޕްރީލް 2013

އުމުރުން ސާޅީހަށްވުރެ މައްޗަށް ގޮސްފައިވާ ހަރުދަނާ ފިރިހެނަކީމެވެ.
ވަޒީފާ އަދާކުރަނީ ސަރުކާރުގަ އެވެ.
މީގެ ކުރިން ހަނދުވަރުގެ އަލީގައި މާފޮޅުވައިލާނެ އެންމެ ފުރުޞަތެއް ލިބުނެވެ!
ނަމަވެސް އެ ފުރުޞަތު އަތުން ބީވެގެންދިޔައީ، ޒަވާޖީ މަންޒިލަށް ނުދެވެނީހެވެ!
އުނު އޮރިޔާން ނިވާކޮށް އުޅެނީ، ހުދު މުންޑާއި ހުދު ގަންޖުފަރާހުންނެވެ!
ބޮލުގައި މިހާރުވެސް ހުދު ރުމާ އަޅަމެވެ!
އުމުރުން ދެބައިވެފައި ވިއަސް، މިއީ، އަދިވެސް ޒުވާން ހިތެއްގެ ވެރިއެކެވެ!
އެހެންކަމުން، އަދިވެސް މިހޯދަނީ 18 އަހަރާއި 21 އަހަރާ ދެމެދުގެ ނުފޮޅޭ މަލެކެވެ!
ކުލަ އަލި، ސަމައްތަރު ހެޔޮ، ބަނިޔާދަން މަލެކެވެ!
ބިމަށް މޫލާފައިވާ ގަހެއްގެ، ހިޔާވަހިކަން ލިއްބައިދޭނެ ގޮތްޕެއްގައި ވާ މަލެކެވެ!
މާގިނައިން ފިޔަތައް ބަދަލުކުރާނެ މަލެއް ކަމުގައި ވެގެން ނުވާނެ އެވެ!
ހަފުތާއަކު ބަދަލުކުރެވޭނީ ވައްތަރަކުން ފިޔައެކެވެ!
އެހެން އެއްޗެހިން ސިފަރީތިކުރަން ނުޖެހޭވަރަށްވުރެ ބުރުސޫރަ ރީތި މަލެއް ކަމުގައި ވާންޖެހޭނެ އެވެ!
އެއްވެސް ބާވަތެއްގެ ސެންޓަކުން ވަސްމީރުކުރަންޖެހޭ ވަރަށްވުރެ ވަސްމީރު މަލެއް ކަމުގައި ވާންޖެހޭނެ އެވެ!
މަލާއެކު ދޮން ފަތެއް ލިބިގެން ނުވާނެ އެވެ!
ސަގާފީ ތަކެއްޗަށް ލޯބިކުރަންޖެހޭނެ އެވެ!
ދަރު އުނދުނަށާއި، ދުމަށްޓަށެވެ!
ފަރުހިލުމަށާއި، ރޯނުވެށުމަށެވެ!
ފަރަންޖީންގެ ގޮތްތަކާ ދުރު، މިފަދަ މައްދިވެހި އާދަކާދަތައް ލޮލުން ބޮލުން ގަބޫލުކުރަންޖެހޭނެ އެވެ!
މި ގިއުގަނޑަށް ފެތޭ ޖިންސްލަޠީފަކު ރައްބީގެ އުޑުދަށުގައި ވާނަމަ ލަސްނުކޮށް އަވަހަށް އަންގާށެވެ!


ބައެއް ބަސްބަހުގެ މާނަ

މާފޮޅުވުން: ރައްޓެހިވުން.
ޒަވާޖީ މަންޒިލް: ކާވެނިކުރުން.
ގަންޖުފަރާސް: ޓީޝާޓު.
ނުފޮޅޭ މަލެއް: ބިކުރުވެރި އަންހެން ކުއްޖެއް.
ކުލަ އަލި: ދޮން.
ސަމައްތަރު ހެޔޮ: ވަނާތައް ބިޔަ.
ބިމަށް މޫލާފައިވާ: ހަތަރު މަތިފުށް ގަދަރުވެރި ޚާންދާނަށް ނިސްބަތްވާ.
ހިޔާވަހިކަން ލިއްބައިދޭނެ ގޮތްޕެއް: އަމިއްލަ ގެދޮރު.
ފިޔަ: ހެދުން، ފޭރާން.
ދޮން ފަތެއް: ދޮން ދަރިއެއް.


ނޯޓް
މިއީ، ބަޙުރުގެ "ޙަޔާތުގެ ބައިވެރިޔާ" ޞަފުޙާގައިވާ ހަތަރުވަނަ އިޝްތިހާރެވެ. އަދަބީ ލިއުމެއްގެ ގޮތުގައި މި އިޝްތިހާރު ގެނެސްދީފައި މިވަނީ، މީގައިވާ އަދަބީ އުސްލޫބުގެ ރަހަމީރު ކަމަށްޓަކަ އެވެ!


ކިޔުންތެރިންގެ ޚިޔާލު...


ނަން :


amjad

މިއައްވުރެ މާރީތި ޅެމެއް މަދުށިން. އެއީ މީހަކު އޭނަ އެވަގުތު ހުރި ރަށުން މީހަކާއިންނަންވެގެން ހެދި ޅެމެކޯ!!

ބޭނުންވެއްޖެ!

ރާގު؛ ދިޔަވަތް ރަނގަޅު އޮޑި

އަބޫބަކުރު ލުތުފީ – ރ . އުނގޫފާރު

.

ކައްކާފަ ކާންދޭނެ އަންހެނަކު މިރަށުން އަސްތާ ކަތުންނޭ ،ބޭނުންމަވެއްޖޭ

މަސްކައްކަމުން،ރޯނު ،ފަރު،ދަރު، ވަލަށްދާނެ އަންހެނަކު މިރަށުން، ބޭނުންމަވެއްޖޭ

.

ކެއްކުމުން ބަތް ،ކާލަންކެރޭވަރު ކައްކަން އުދާތެލި އަންދާ ނުލާވަރު

އެއްކޮށް ހަދަންލޮނު، ފެން، ރަހަ، އެނގޭވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ފަނަރަޔާ ފަންސަވީހާއި އުމުރުން އަމަރޫފަމާނުން،ބޮނޑިމަސް އެހާނޫން

ތަނަކަށް ނުގޮސްދުރު ، ގޭތެރެ ބެލޭވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ރަނގަޅު ޞިއްހަތު ހުރިއްޔާއި ރަނގަޅޭ އަނގަމަޑުވުމީ ދެން ޒަރޫރީ ކަމެއްމޭ

ހަގަކަސް މަށަށްވުރެ ދޮށިނޫން،ފުރާވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ބުނިކަމެއް ހަމަކޮށްލަން އެނގޭވަރު ދުނިޔޭތެރޭން ރީތި ހޯދާލެވޭވަރު

ތުނި، ދޮން،އޮމާންކަން،އެކަށޭނަ މިންވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ފިރިހެނުން ކުރިކަނޑަމުން ނުދާވަރު ފިރިޔާ އިތުރުކްން އިހުސާސް ކުރާވަރު

ހިރިލާނެ ހަރަކާތް ހަށިގަނޑުގެ ހުރިވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

އަންނައުނު ސާފުކޮށްލަން އެނގޭވަރު އަންނަން ބުނީމާ ، ވަންނަން އެނގޭވަރު

ދަންނަންވި ފަރުޞާ ސުންނަތް އެނގޭވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ލާހެދުންގަނޑު އަތުންދޮވެލެވޭ ވަރު ލާއްސާއި ބައިލާހި ވަކިކޮށްލެވޭވަރު

ފާލަށް މިގޮސް ރޯނުކޮޅުވެސް ވެށޭވަރު އަނަހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ރާގުތައް ރީތިއަޑަކުން ކިޔޭވަރު ނާޒުކު ހިތުން، ހިތްބުނެދޭން އެނގޭވަރު

ފައިހަމަ މިކޮށްލާ ނަށާލަށް އެނގޭވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ގޭތެރޭ ކަންތައް ކޮށްލެވޭވަރު ގޭގައި މިރެޑިއޯ ޖަހާލަން އެނގޭވަރު

ރޭދަންގަޑި މަސްކައްކާލެވޭވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ބިޑިއަތުން ދެން އަނބުރަން އެނގޭވަރު ބިޑިއަށް ނުޖެހިއިނދެ ދުންފަތް ކޮށޭވަރު

ބިޑިރޯކުރަން ލައިޓަރަށް ހިލަލެވޭވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ބޮލުއުކުނު ސާފުކޮށްގެން އުޅޭވަރު ބޮލުގާ ދެދަލައަށް ފުނާވެސް އެޅޭވަރު

ކޮލުގައި ވިދުންހުރި އޮފުކޮށްލެވޭވަރު އަނަހެނަކު މިރަށުން ބޭނުން މަވެއްޖޭ

.

ހައިވިޔަސް ކުދި ނުކިޔާ ކެވޭވަރު މައިދައިތައާއެކު ގުޅިގެން އުޅޭވަރު

ފަތިހާ ތެދުވެ ގޭމަގު ކުނިކެހޭވަރު އަންހެނަކު މިރަށުން ބޭނުން މަވެއްޖ

ވަރަށްވެސް ފުރިހަމަ ! ދިވެހިބަސް ކިހާނަވެފާ ޗާލުދޯ؟