ވިޝާން ޢަބްދުލް މަޖީދު

ޒުވާން ގޯލް ކީޕަރ ވިޝާން ގްރީން ސްޓްރީޓްސްއަށް

އަހްސަން އަޙްމަދު | 29 ޖަނަވަރީ 2018





ހިތާދޫއަށް އުފަން ޒުވާން ގޯލްކީޕަރ ވިޝާން އަބުދުލް މަޖީދް (ވިތަޅޭ) ގްރީން ސްޓްރީޓްސް އަށް ދެއަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ އަހަރުުން ފެށިގެން ގްރީން ގެ ފަރިތަކުރުން ތަކުގައި ވިޝާން އަންނަނީ ބައިވެރިވަމުންނެވެ. އެކަމުވެސް މިދިޔަ އަހަރު ވަނީ ޓީމް އިން ފުރުސަތު ނުލިބިއެވެ.

ވިޝާން ގެ ފަހުގެ ކާމިޔާބީ ތަކުގެ ތެރޭގައި ހިތާދޫ ޔޫތް ކަޕް 2016 އާއި 2017 ޗެންޕިއަން ކަން ހޯދި ބަރާބަރު ޓީމްގެ ގޯލް ބެލެހެއްޓުމާއި، 2016 ވަނަ އަހަރު ބޭއްވި އެފް އޭ އެމް ޔޫތް ޗެމްޕިއަންޝިޕް ގައި ނިއުރޭޑިއަންޓް ގެ ކެޕްޓަން ކަން ކުރުމާއި ތިންވަނަ ޑިވިޝަންގައި ހުރާ ޓީމް ސެމީއަށް ދިޔަ އިރު ގޯލް ބެލެހެއްޓްމާއި ، މިނިވަން 50 ގައި ހިތާދޫ ޓީމް ގޯލް ބެލެހެއްޓުން ފާހަގަ ކޮށްލެވެއެވެ.

މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގްރީނުން ވަނީ ތަޖުރިބާކާރު ކޯޗް ސުޒޭން ގެނަސްފައެވެ. އޭގެ އިތުރުން މިޑްފީލްޑަރ އަހުމަދު ނިޔާޒް(ނިޔާ) އާއި އަޑުބަރޭ އާއި ހަސަން އަބްދުﷲ (އުޗީ) އާއި މިދިޔަ އަހަރު ގދ ތިނަދޫ އަށް ކުޅުނު ރިސްވާން (ފުކޭ) ވެސް ވަނީ އެޓީމަށް ގެނަސް ފައެވެ. ބިދޭސީ ހަތަރު ކުޅުންތެރިން ޓީމް އަށް ގެންނާނެ ކަމަށް ގްރީން އިން ބުނެއެވެ.

މިއީ ވިޝާން ފަސްޓް ޑިވިޝަން ޓީމް އެއްގައި ހިމެނުނު ފުރަތަމަ ފަހަރުއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :