ހތިާދޫ ސްކޫލާއި ގޮއިދޫ ސްކޫލު ގުޅިގެން 2017 ވަނަ އަހަރު ކުރިއަށްދާ ސްޓަޑީ ކޭމްޕުގެ ތެރެއިން ފޮޓޯ- ހިތާދޫ ސްކޫލް

ނަތީޖާ ރަނގަަޅު ކޮށްފީމެވެ. ދެން ވަޑައިގަންނަވާށެވެ!

ހިތާދޫ އޮންލައިން | 24 ޖަނަވަރީ 2018





ހަނދާން ވާގޮތުން އެއީ 2007 ވަނަ އަހަރެވެ. އަހަރެން ސިއްޙީ މަރުކަޒަށް ދިޔަތަނުން މާލޭގައި ދިރިއުޅޭ ރަށުގެ ޤްރުއާން ޓީޗަރަކާއި ދިމާވިއެވެ. ދެމީހުން އެކި ވާހަކަ ދައްކަން ކުޑަ އިރުކޮޅަކު ހުރެފައި އަހަރެން އޭނާގެ ގާތުގައި ބުނީމެވެ. ރަށު ސްކޫލަށް ވަޒީފާއަށް އަންނަންވީ ނޫންހެއްޔެވެ. ކަލާމެން ދެމަފިރިންނަށްވެސް ވަޒީފާ ލިބޭނެއެވެ. އަހަރެމެން މިޖެހެނީ ވުގުތީ މީހުން ގެންގުޅޭށެވެ.

ޖަވާބުގައި އޭނާ ބުނީ އަހަރެމެން ދަރިންނަށް ރަނގަޅު ތަޢްލީމު ދޭން ބޭނުމޭ ކަލޭމެން ސްކޫލު ރަނގަޅު ކުރާށެވެ. އޭރުން އައިސްފާނަމެވެ. އޭގެ ރައްދުގައި އަހަރެން ބުނީމެވެ. ކަލޭމެން ތިން ބުނެފައި ދިޔައީމާ ރަނގަލު ކުރާނީ ކިހިނެއް ހެއްޔެވެ. އަހަރެންމެންނަށް މިޖެހެނީ ޖީސީގައިވެސް ޔޫސެޓު ހިފައިގެން އަންނަ ކުދިން ވަގުތީ ގޮތުން ކިޔަވައިދޭން ގެންގުޅޭށެވެ. ރަށަށްޓަކައި ކޮންމެވެސް ގުރުބާނެއް ނުވެ ރަނގަޅު ކުރާނީ ކިހިނަކުން ހައެއްޔެވެ.

ކޮންމެއަކަސް މިކިޔައިދިނީ މާޒީގެ ވާހަކަ އެކެވެ. މިއަދު ހިތާދޫ ސްކޫލަކީ ބ. އަތޮޅުގެ އެއްވަނަ ، އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލޭ ނުބުނެވޭނެ ހެއްޔެވެ؟ 2017 ވަނަ އަހަރުގެ ނަތީޖާ ޝީޓުގައި މުޅި އަތޮޅުން އެންމެ މަތީ ނަތީޖާ ހޯދީ ހިތާދޫ ސްކޫލެވެ. %87 ހޯދި އިރު 5 މާޢްދާއިން ވަނީ %100 ހޯދާފައެވެ. މިއީ ދައް ނަތީޖާއެއްތޯއެވެ؟

ރަށުން ފުރައިގެން ރަނގަޅު ތަޢްލިމު ދޭން މާލެގޮސް ގަނޑަތެޅެން ވީދުވަސް މިވަނީ ނިމުމަކަން ގެންނަން ޖެހިފައެވެ. ބޮޑު ކުލި ދައްކާ، ދަންފަޅި ބަހައިގެން ނިދާފައި ދެމަފިރިން ގިއް ރެއާދުވާލު މަސައްކަތް ކޮށް ލޯބޯ ކޮށައިންގެ ހޯދާ ލާރި ކޮޅު މާލޭގެ މީހުންނަށް ދީފައި ހުސްއަތާ ޗުައްޓީ ހޭދަކުރަން ރަށަށް އަންނަ މީހުންވެސް މިއަދު އެމީހުންގެ ދަރިންނަށް ރަށުގައި ތިބެގެން ރަނގަޅު ތަޢްލީމެއް ކުޑަ ޚަރަދަަކުން ދެވޭނެ ދުވަސް މިއޮތީ އަައިސްފައެވެ. ތަޢްލީމު ދޭން ރަށަށް ބަދަލު ނުވާންވީ ސަބަބެއް އެބައޮތްތޯއެވެ؟

މިއަދު ދެން ދައްކަވާނެ ބަހަނާއެއް ނޯންނާނެވެ. ދެމަފިރިންނަށް ލިބެން އޮތް ވަޒީފާ ދޫކޮށްފައި ދަރިންނަށް ކިޔަވައިދެން މާލެ ދިޔަ މުދައްރިސުންވެސް އެނބުރި ރަށަށް ދުރުވަންވީ ދުވަސް އަތުވެއްޖެވެ. ރަށު ސްކޫލު ރަނގަޅު ކުރާށޭ އޭރުން ރަށަށް ޚިދުމަތް ކުރަން އަންނާނަމޭ ބުނި މީހުންވެސް މިއަދު ޚިދުމަތަށް ނުކުމެދެއްވާށެވެ. މިއަދު މިވަނީ ތިބޭފުޅުން ވިދާޅުވާހެން ސްކޫލުގެ ނަތީޖާ ރަނގަޅު ކޮށްފައެވެ. ދެން ވަޑައިގަންނަވާށެވެ. އަދިވެސް ނަތީޖާ ރަނގަޅު ކޮށްދެއްވާށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Hageegatu

ކަލޯ އައްމަޑޭ ދައްކާފައިވާ ވާހަކައިގެ ޙަޤީޤަތް ބަލައި ރިޕޯޓެއް ހަދާބަލަ! ޒިންމާދާރު ނޫސްވެރިކަމެއް ކޮށްބަލަ! ދޮގު ޚަބަރު ލިޔުން ހުއްޓާލަބަލަ!

އައްމަޑޭ

2017 ން އަށްވުރެ ޑަބަލްކޮށް 2010 ގައިވެސް ހިތާދޫ ސްކޫލުން 5 މާއްދާއިން ފާސްވެފައި އެބަހުރި އަދި ބައެއް އަހަރު ބައެއް މާއްދާއިން ދިހައެއް ގައި ކިޔަވާކުދީންގެ %50 އޭ ވެސް ހޯދަފައި އެބަހުރި އަދި ބައެ ބައެއް އަހަރު ބައެއް މާއްދާއިން ކުލާހުގެ ހުރިހައި ކުދީން އިމްތިހާނުގައި ބައިވެރިކޮށް އޭ،ބީ
ހޯދައި %100 ލިބިފައިވޭ! ތިޔަ އުޅޭނީ އާ ކުކުކުޅަކަށް ގާ ބިހެއް އެޅިގެންތަ؟ ނޫނީ ރުހުމުގެ ލޮލަށް އައިބު ނުފެންނަ ބީދައިން އުޅެނީތަ؟ އޮޅުވާލައިގެން ދެތިން ކުދީންބައިވެރިކޮށް %100 ހޯދީ އެކަމުގައި އެންމެ އިސްރޯލެއް އަދާކުރި މުދައްރިސުންނާއި ހީވާގި ޕުރިންސިޕަލަށާއި ލޮބުވެތި ދަރިވަރުންނާއި އެކުދީންގެ ބެލެނިވެރީންނަށް މަރުހަބާ! ހިތާމާއަކީ ބުރޯ ބުނުއްވިހެން ގިނަދުވަސްވީ އަދި %100 ހޯދައި ދެއްވި ކޮމާސްޓީޗަރު ފޮނުވާލިކަން! މިފަދަ ކަންތައް ކުރާއިރު، ސްކޫލުގެ އިސްމުދައްރިސުން، ސިނިއަރ މެނޭޖް މަންޓާއި މަޝްވަރާ ކުރައްވާ! ކިޔަވައި ދިނުމުގެ ޓްރޭނިންގ ނުހައްދަވާ ހުންގާނުގައި ހުންނަވާއިރު އަމިއްލައަށް އޮޑި ފަޅުވެރިންނާއި މަޝްވަރާނުކޮށް ދިލާލާނުލާ ފަރަށް އަރައިދާނެ!

ބުރޯ

ކުލާހަކުން 3/1 ބައި ކުދީން އިމްތިހާނުގައި ބައިވެރިކޮށް ވަގުލުކުރީމާ އެއީ ނަތީޖާ ރަނގަޅުވުން ކަމަށްވާނަމް މިއޮތީ ރަނގަޅުވެފާ ! ހިތާދޫ ސްކޫލު ގައި ޕުރިންސިޕަލް ނުވަތަ ހެޑުމާސްޓަރ ވަޒީފާ އުފެދުނީންސްުރެއްވެސް އެމީހުންގެ ދަރީން ހިތާދޫ ސްކޫލަކުށް ނުކިޔަވާ އޮޅުވާ ނުލައްވާ ޖީ.ސީ އޯލެވަލް އަށް ކިޔަވަނީ 3 އަހަރުން ދޮޅު އަހަރުން މީހަކު ވަޒަން ނުކުރެވވޭނެ! ގަމާރަށްވެސް ބޮޑުވަރު ! ކޮމާސުން %100 ހޯދިމާހާ ކަމުނުދާތީ ފޮނުވާލީ އެމީހާއަކީ އެމީހާ އައިއްސުރެ ބޭރުމާއްދާ ތަކުން އަބަދުވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާމީހާއޭ ގިނަދުވަސް ވީ މުދައްރިސްކު ބުނއްވި! ވީމާ، ތިނޫސްވެސް ހޯދާ ބަލާ ނޫހަކަށް ހަދުމަށް ގޮވާލަން! ވަރަށް ސަލާމް

މުސްކުޅިދަރިވަރެއް

ގްރޭޑް 10 ގެ ހުރިހާ ދަރިވަރުންވެސް ތިޔަ ވިދާޅުވި %100 ފާސްހޯދި ފަސްމާއްދާގައި އޯލެވެލްގައި ބައިވެރިތޯ؟ މޮޅު ކުދިން ބައިވެރިކޮށް ހުރިހާ މާއްދާއަކުންވެސް %100 ހޯދިދާނެ.

Mary

ނަތީޖާ ރަނގަޅުވަނީ ހިންގަން ތިބޭ މީހުންގެ ގާބިލު ކަމުން އެމިހުންގެ ރޭވުންތެރިކަން ރަނގަޅު ވީމާ. އަދި ޒާތީ ނުވެ މަސައްކަތް ކޮށްދިނީމާ. މީގެ ކުރިން ތިބި މީހުން މަސައްކަތް ކުރީ ތިމާގެ ދަރިއަށް ވުރެ ނިކަމަތި މީހާގެ ދަރި ރަނގަޅު ނުވޭތޯ.. މަރުހަބާ ޢަބްދުަލް ޙަފީޒު .

visnaa

ރަނގަޅު ބެޗެއް ވީމަ ރަނގަޅު ނަތީޖާއެއް ލިބުނީ، ވަކި ހާއްސަ މީހަކު ސްކޫލުގަ ހުރެގެނެއް ނޫން

husen

މި ކަމުގަ ހުރިހާ ކްރެޑީޓެއް ހަމަ ހަފީޒަށް. މާލޭގަ މޮޅު ވަޒީފާއެއްގަ ހުރެފަ ރަށައް އައިސް މި ޗެލެންޖާ ކުރިމަތިލީތީ. ބްރާވޯ ހަފީޒް. މޯ ނީޑް ޓު ފަލޯ ޔޯ އެގްޒާމްޕަލް

ދރިވަރު

މަރުހަބާ ހިތާދޫ ސުކޫލް
އެކިކުދިންނަށް ކެކިވަރުނަތީޖާ ހޯއްދަވާދެއްވީމަ ދޯ