"ބ. އަތޮޅު ފެރީ" ހިތާދޫ ތުޅާދޫ ގޮއިދޫއަށް!

ޢާމިރު ޢަބްދުއްލަތީފު | 21 ޑިސެންބަރ 2018





މާލެއާއި ބ. އަތޮޅު ހިތާދޫ ތުޅާދޫ އަދި ގޮއިދޫ އާއި ދެމެދު ސްޕީޑް ލޯންޗު ފެރީގެ ޚިދުމަތް ތިންވަނަ ފަރާތަކުން ފަށައިފިއެވެ.

"ބ. އަތޮޅު ފެރީ" ނަމުގައި ފެރީގެ ޚިދުމަތް ފެށި މި ފެރީ ދަރުރު ކުރާނީ ކޮންމެ ހަފުތާއެއްގެ އާދީއްދަ އަންގާރަ މިދެދުވަހެވެ. މާލެއިން ފުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:45 ގައެވެ. ބ. އަތޮޅުން ފުރާނީ މެންދުރު ފަހު 03:00 ގައެވެ.

ކޮޅަކަށް 350 ރުފިޔާއަށް ޓިކެޓު ވިއްކާ މި ފެރީން ދަތުރު ކުރައްވަން ބޭނުން ވާ ބޭފުޅުން ޓިކެޓު ބައްލަވައި ގަތުމަށް ހިތާދޫއިން ގުޅުައްވާނީ 7862191 ނަންބަރާއިއެވެ. ތުޅާދޫން 7416559 އަދި ގޮއިދޫން 7756195 ނަންބަރާއެވެ.

"ބ. އަަތޮޅު ފެރީ" ގެ ޚިދުމަތް ފެށުމުން މިއީ މާލެއާއި މި ތިން ރަށާއި ދެމެދު ލޯންޗު ދަރުރު ފެށި އިންވަނަ ފަރާތެވެ. މީގެ އިރުރުން "ޓެސް" އާއި "އެޓޯލް ކިއުޓު" ފެރީވެސް މި ތިން ރަށަށް ދަތުރު ކުރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :