ސްނެޕްޗެޓް: "ވަގަށް" ސްކްރީންޝޮޓް ނަގާނެގޮތް!!

ހިތާދޫ އޮންލައިން | 17 ޑިސެންބަރ 2017





ރާއްޖޭގައި މިހާރު އެންމެ ނަން ހިގާ ސޯޝަލް ނެޓްވާކިން ތެރޭގައި ހިމެނޭ ސްނެޕްޗެޓް އަކީ ދިވެހި ޒުވާނުން ގެ މެދުގައާއި ފުރާވަރު ކުދިންގެ މެދުގައި އެންމެ މަގުބޫލް އެއް އެޕްލިކޭޝަންއެވެ.

ސްނެޕްޗެޓް މައްޝޫރު ވެފައިވަނީ ސިރުން ދައްކަށްޖެހޭ ވާހަކަތަކާއި ވީޑިއޯ އާއި ފޮޓޯ ފޮނުވޭ އެޕްލިކޭޝަނެއްގެ ގޮތުގައެވެ. ދިވެހިންގެ ތެރޭގައިވެސް ސްނެޕްޗެޓް މައްޝޫރު ވެފައިވަނީ މި ގޮތަށޭ ދެއްނެވުން ދޮގަކަށްވާނެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ހިތާދޫ އޮންލައިނާ ވާހަކަ ދެންކި އަހެންކުއްޖެ ބުނީ ސްނެޕްޗެޓުން ބުރުގާ ނާޅާ ފޮޓޯ އާއި ދަކަން ނުޖެހޭ އެކަމު "ދައްކާލަން" ފޮޓޯ ފޮނުވާކަމަށެވެ. އެކަހަލަ ފޮޓޯ ފޮނުވަނީ "ބީއެފް" ސްކްރީން ޝޮޓު ނެގިޔަސް ނޮޓިފިކޭޝަން ޒަރިޔާއިން އިގޭނެތީއެވެ.

ގިނަ ދިވެހި އަހެންކުދިނަށް ސްނެޕްޗެޓް އިން ނޭގޭގޮތަށް ސްނެޕް ސްކްރީންޝޮޓް ނެގޭކަން ނޭންގެއެވެ. ނަމަވެސް ހަގީގަތަކީ ސްނެޕް އަކުން "ވަގައް" ސްކްރީންޝޮޓެއް ނެގުމަކީ ސްނެޕް ކުރާމީހާއަށް ނޭންގި ކުރެވެން އޮންނަކަމެކެވެ.

ނޭނގޭގޮތަށް ސްކްރީން ޝްޓެއް ނެގުމަށް ފުރަތަމަ ފޯނުގެ ހުރިހާ ނެކްޝަންތަކެއް އޮފް ކޮށްލާ، ފްލައިޓް މޯޑުގައި ބޭންދުމަށް ފަހު ސްކްރީންޝޮޓެއްނެގުމެވެ. އަނެށް ގޮތަކީ ފޯނަށް ސްކްރީން ރެކޯޑް އެޕްލިކޭޝަނެށް އެޅުމެވެ. އޭރަށް ފޯނުން ކުރާ ހުރިހާ ކަމެން ރެކޯޑް ކުރެވެމުން ދާނެއެވެ. ސްނެޕް އިން ފޮނުވާ ވީޑިއޯ ތަށް ވެސް އޭރަށް "ވަގަން" ސޭވް ކުރެވޭނެއެވެ. އެންމެ ފަސޭހަ ގޮތަކީ އެހެން ފޯނެއް ބޭނުން ކޮށްގެން ސްނެޕް "އޯޕަން" ކުރުމަށް ފަހު ފޮޓޯއެއް ނަގާލުމެއެވެ.

ސްނެޕްޗެޓް މެދުވެރިކޮށް ފޮނުވާފައި ހުރި ލައްކައަކަށްވުރެ ގިނަ ވީޑިއޯ އާއި ފޮޓޯ **ޗޯ* ގައި ވަނީ 2014 ވަނަ އަހަރު ލީކްކޮށްލާފައެވެ. ލީކު ކުރި ފޮޓޯ ތަކުގެ ތެރޭގައި 13 އަހަރާއި 17 އަހަރުގެ ކުޑަކުދިން ހިމެނޭކަމަށް އޭރު އެހަބަރު ގެނަސްދިން ވެބުސައިޓް ތަކުގައި ބުނެފައި ވެއެވެ.

ސްނެޕްޗެޓުން ތަކުރާރު ކޮށް ބުނެފައިވަނީ ސެނެޕްޗެޓް ހެކް ކޮށްފައި ނުވާކަމަ އަދި އެކަމުގެ ޒިންމާ ނަގަންޖެހޭނީ ފޮޓް ފޮނުވި ފަރާތުން ކަމަވެސް އޭރު ހަބަރު ތަކުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :