މައިޝާ އަށްވަނަބައި

ލިޔުނީ : ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖްު .ބ. ހިތާދު | 15 އޭޕްރީލް 2013

މަންމަ ހުރިގޮތުން އަފްލަޙް އަކަށް ހިމޭނަކުން ނުހުރެވުނެވެ.
"މަންމާ . ކަމުނުދަނީތަ ....... ކީއްވެ އެއްޗެއް ނުބުނެތިހުރީ " މަންމަ ހުރި ގޮތުން އަފްލަޙް އެހިއެވެ.
" މަން...މަންމަ...މިހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައި .......... ކީއްވެ ދަރިފުޅު މިފަދަ ކަމެއް ތިކުރީ" ލިބިފައިހުރި ހައިރާންކަމާއެކު އާބިދާ ވާހަކަ ދެއްްކިއެވެ.
" މިނޫން ގޮތެއް ނެތީއްޔޭ މަންމާ " އަފްލަޙް ޖަވާބުދިނެވެ.
"އެކަމަކު ......... ދަރިފުޅާ....... މިއޮށްދަންވަރު ކީއްވެ........ ކީއްވެ ތިކުއްޖާ ގޮވައިގެން ތިއައީ " އަފްލަޙް ކުރިކަންތައް އާބިދާއަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވުނެވެ.
" މިކުއްޖާއެއް ނޫން ....މީމައިޝާ .......... އަހަރެންގެ މައިދޯ " މައިޝާގެ އަތުގައި ހިފާލަމުން އަފްލަޙް ބުންޏެވެ. ގަތް ލަދުން މައިޝާއަށް އަތް ދަމައި ގަނެވުނެވެ.
" މިގުޅުމަށް މައިޝާގެ މައިންބަފައިން ގަބޫލެއްނޫން ....އެހެންވީމަ މެހެން ހަދަން އަހަރެމެންނަށް މަޖުބޫރުވީ .......... މާފުކުރޭ މަންމާ " އަފްލަޙް ހާމަކުރީ އެގޮތަށް ކަންތައްކުރަންޖެހުނު ސަބަބެވެ.
" އެކަމު ދަރިފުޅާ......... ތީހާދަ ބޮޑުކަމެކޭ .....ތިހެން ސިއްރުން އެކުއްޖާ ގެނައީމަ އެމީހުން ގެއްލިގެން ހޯދަން އުޅޭނޭ ............. އެމީހުން ކިހާ ދެރަވާނެ...ކިހާ ހިތާމަ ކުރާނެ .......... މައިން ބަފައިންނާއޭ ތި ދުރުކުރެވުނީ ......... ހަމަމިހާރުދޭ އޭނަ ރަށަށް ލާން " އާބިދާގެ އަޑުގައިވަނީ އަމުރުވެރި ކަމެވެ.
" އަފޫގެ މަންމާ.....ހެޔޮނުވާނެ... އަހަރެންގެ މައިންބަފައިން ކައިރިއަށް ނުފޮނުވާ.......... އަހަރެން ބޭނުންވަނީ އަފޫ އާއި ކައިވެނިކޮށްގެން އަފޫ އުޅޭ ހާލެއްގައި އުޅޭން ....... އަހަރެން ފޮނުވާނުލާ ޕްލީޒް ........ ތިހެން ނުހަދާ " އަފްލަޙްގެ މަންމަގެ ދެފައިތިލަ ދަށަށް ތިރިވެ ރޮމުން މައިޝާ، އާދޭސްކުރަމުން ދިޔައީ އޭނާގެ މައިންބަފައިންގެ ކައިރިއަށް އަނބުރާ ފޮނުވައިނުލުމަށެވެ.
ރޮއިފަ މައިޝާ ކުރި އާދޭހުގެ ސަބަބުން އަފްލަޙްގެ މަންމަ ހިތުގައި ރަހުމާއި ޙަމްދަރުދީ އުފެދުނީ ކަމުގައިވެސް ވެދާނެއެވެ. މައިޝާގެ ކޮނޑުގައި ހިފާ ކޮޅަށް ނަގާ މައިޝާގެ ދެލޮލުން އަންނަމުންދިޔަ ކަރުނަތައް އާބިދާގެ އަތުން ފޮހެލަދިނެވެ. މިމަންޒަރު ފެނުމުން އަފްލަޙް ހިނިތުންވެލިއެވެ.
" އެންމެ ރަގަނޅު...މައިޝާ މިގޭގައި ބެހެއްޓިއަސް ... އެކަމަކު ހަމަ މިހާރު މިވަގުތު މައިޝާ ގެ މައިންބަފައިންނަށް ގުޅާފަ ބުނޭ މައިޝާ ހުރީ މިރަށުގައޭ " އާބިދާ އެދުނީ ވީހާވެސް އަވަހަކަށް އެކަން މައިޝާގެ މައިންބަފައިންނަށް އެންގުމަށެވެ. އަފްލަޙްގެ މަންމަގެ ރުހުން ލިބުމުން މައިޝާ ވަރަށް ބޮޑަށް އުފާވިއެވެ. އަފްލަޙްވެސް ހިތްމަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
" ހަލޯ ......މަންމާ އަހަންނޭ " މައިޝާ ގެ މަންމަ ރަޝީދާ ފޯނުނެގުމުން މައިޝާ ވާހަކަ ދެއްކިއެވެ.
" ކީކޭ ........ދަރިފުޅާ ..ކިހިނެއްވީ ... މިއޮށް ދަންވަރު ތިގުޅީ .....އެނެއްކާ ބިރުގަތީތަ " ރަޝީދާ ހީކުރީ މައިޝާ ބިރުން ނިދަން ނުކެރިގެން ގުޅިކަމަށެވެ. މައިޝާ މިއޮށް ދަންވަރު އެހެން ރަށެއްގައި އިންނާނެކަމަށް ރަޝީދާއަށް ގުބޫލު ކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ.
" މަންމާ ... އަހަ..އަހަ..އަހަރެން ..މި..މިހު..މިހުރީ ..ރަށަކު..ނޫނޭ " އަޅައިގަންނަ މުން މައިޝާ ބުންޏެވެ.
" ރަށަކުނޫނޭ ................. ދެން ކޮންތާކު" ރަޝީދާ ހާސްވިއެވެ.
" އަހަރެން .......މި...މިހުރީ އަފް..އަފްލަޙްމެން ރަށުގައި" މައިޝާއަށް ޖަވާބު ދެވުނީ ވަރަށް އުދަގުލުންނެވެ.
" ފަރުހާދު ..........ފަރުހާދު ......ނިކަން ތެދުވެބަލަ ........އަވަހަށް ތެދުވެބަލަ ....މައިޝާ މައިޝާ ހިގަންޖެ ...." ރޮވެފައި ހުރި ރަޝީދާ ގޮވީ އޭނާގެ ކައިރީގައި ނިދާފައި އޮތް ، ފިރިމީހާ ، ފަރުހާދަށެވެ . ރަޝީދާ ގޮވުމުން ދެފަހަރަކު މޯޅިއަކަށް ދެމިލާފައި ނިދި މޯޅީގައި ފަރުޙާދު ވާހަކަ ދެއްކިއެވެ.
"ކީކޭ ........ މިއަޮށް ދަންވަރު ކިހިނެއް ވީއޭ މައިޝާ ކީއްވީއްޔޭ މައިޝާއަށް .." ރަގަނޅަށް ނިދި ނުފިލާތީވެ ރަޝީދާ ކީއެްޗެއް ފަރުހާދަކަށް ނޭންގުނެވެ. އެހެންކަމުން ރަޝީދާއަށް ޖެހުނީ ދެވަނަ ފަހަރަށް އެކަން އޮޅުންފިލުވާދޭށެވެ. އޭރު މައިޝާވެސް ފޯނުގައި ހުރެގެން މަންމައަށް ގޮވަނީއެވެ.
" ހަލޯ .ހަލޯ.... މަންމާ "
" ކީއެްވެ ތިހެން ތިހެދީ ދަރިފުޅާ ......... ކިހާ ހުތުރު ގޮތެއް ތިޔައީ ........ ރަށުމީހުން ކިހާ މަލާމާތެއް ކުރާނެ .....ތިހެން ހެދުމުން ............. " މައިޝާގެ މިޢަމަލުގެ ސަބަބުން ފަރުހާދު ހުރީ ރުޅިއައިސްފައެވެ. ދެރަވެފައިވެސް މެއެވެ. ރަށުމީހުންގެ މަލާމާތާއި ކުރިމަތިލާން ޖެހޭނެކަން އެގޭތީއާއި ވެސް އެކުގައެވެ.
" ބައްޕަމެން ނުގަބޫލުވީމަ މިގޮތަށް ޢަމަލުކުރަން އަހަންނަށް މަޖުބޫރުވީ ............... އަހަންނަށް މާފުކުރޭ ............ އެކަމު އަހަންނަށް އަފުލަޙް އާއި ނުލައި ނޫޅެވޭނެ ......... އެކަން ގަބޫލުކޮށްބަލަ " މައިޝާގެ އަޑުގައިވަނީ އާދޭހެވެ.
އެންމެފަހުން މައިޝާގެ މައިންބަފައިންނަށް ވެސްޖެހުނީ އެކަން ގަބޫލުކުރާށެވެ. މައިޝާއާއި އަފްލަޙްގެ ގުޅުމަށް ގަބޫލުވާށެވެ. ކޮންމެ ގޮތެއްވިއަސް ވީކަމެއް ނުވާކަމަކަށް ނުހެދޭނެތީއެވެ. ކިތަންމެ ގަދައެއް ހެދިއަސް ދެން އެދެމީހުންގެ ގުޅުމަކަށް ހުރަސް އެޅެންވެސް ނެތީމައެވެ.
މައިޝާ ނެތުމުން ކިތަންމެ ހިތްދަތިކަމެއް އެދެމަފިރިންނަށް ބަރުދާސްތު ކުރަންޖެހުނު ކަމުގައިވިއަސް، އެނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ އިތުރަށް ރަށުރައްޔިތުންގެ މަލާމާތް ރައްދުވެދާނެ ކަމަށް ޓަކައެވެ. މިހާރު ކަންތައްވެފައިވާގޮތުންވެސް ދެން އެމީހުންނަށް ބޭރުތެރެއަށް ނުކުމެއުޅެން އުދަގޫތަކާ ކުރިމަތި ލާންޖެހޭނެއެވެ.
އަފްލަހްމެންގެ ރަށަށް މައިޝާ ދިޔަތާ އެއްމަސްދުވަހުގެ ތެރޭގައި އަފްލަޙްއާއި މައިޝާގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ދެއާއިލާގެ ވެސް ރުހުމުގެ މަތިންނެވެ. އެހެންކަމުން މައިޝާ އާއި އަފްލަހް ހުރީ ވަރަށް އުފަލުންނެވެ. މައިޝާގެ މައިންބަފައިން އެކައިވެންޏަށް މަނަދޫ އަށް ދިޔައެވެ. އެއީ މައިޝާއަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް ވިއެވެ. އަލަތު ކައިވެނި ކުރެވޭއިރު މައިންބަފައިން ކައިރީގައި ހުރުމަކީ ކޮންމެ އަންހެންކުއްޖެއްގެވެސް ވަރަށް ބޮޑަށް އެދޭނެ ކަމެކެވެ.
ދެގަޑިއިރަށް ދެމިގެން ދިޔަ އުފާވެރި ކައިވެނި ޕާޓީވެސް ނިމުމަކަށް އައިސްފިއެވެ. އޭރު ދެމީހުންވެސް ހުރީ އެހާގިނައިރު ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ.
" އަހަރެމެން މިދަނީ ..... ކޮޅަށް ތިބެތިބެ ވަރަށް ވަރުބަލިވެފައި މިހުރީ.......... " އަފްލަހް ވާހަކަ ދެއްްކީ އެތާ ތިބި އޭނާގެ މަންމާއާއި މައިޝާގެ މައިން ބަފައިންނާއެވެ.
" ހޫނ ދެކުދިން އަވަހަށް ދޭ ........މަންމަމެން މިކަންތައް ހަމަޔަކަށް އަޅުވާލާފައި ދާނީ " އަފްލަޙްގެ މަންމައާއި މައިޝާގެ މަންމަ އެއްފަހަރާ ބުންޏެވެ.
މައިޝާ އާއި އަފްލަޙް ކޮޓަރިއަށް ދިޔައެވެ. އަފްލަޙްގެ ރަޙްމަތްތެރިން ކޮޓަރިވެސް ވަނީ ކައިވެނީގެ މުނާޞަބަތުގައި ޒީނަތްތެރި ކޮށްފައެވެ. ކޮޓަރިއަށްވަދެ ، ފަންކާ ޖައްސާލުމާއެކު ، ފަންކާގެ ފިޔަގަނޑު ތަކުގެ މަތީގައި ހުރި ފިނިފެންމަލުގެ ފިޔަތަކެއް ކޮޓަރިތެރެއަށް ވިހުރިގެންދިޔައެވެ. ފިނިފެންމަލުގެ ފިޔަތަށް މަޑުމަޑުން ތިރިއަށް ފައިވަމުން ދިޔައިރު ، އަފްލަޙް ހުރީ މައިޝާ އުރާލައިގެންނެވެ. މަލުގެ ފިޔަތަށް ދެމީހުންގެ ގައިގާ ބީހެމުން ތިރިއަށް ފައިބަމުންދިޔަ ވަގުތުކޮޅުވީ ދެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތު ކޮޅަށެވެ. މިހިތްގައިމު ވަގުތުކޮޅުގައި އަފްލަޙްގެ ހޫނު ނޭވާތައް މައިޝާގެ މޫނުގައި ބީހެމުން ދިޔައެވެ.
ފިނިފެންމަލުން ޖަރީވެފައިވާ އެނދުގައި މަޑުމަޑުން މައިޝާ ބޭއްވުމަށްފަހު ، އަފްލަޙް މައިޝާ އާއި ދިމާއަށް ގުދުވަމުން ދިއައީ އެތަށް ދުވަހަކަށް ފަހު މައިޝާގެ ފަރާތުން ތަސައްލީއެއް ހޯދުމަށްޓަކައެވެ. ކައިވެނީގެ ފުރަތަމަރޭ ދެމީހުންވެސް ހޭދަކުރީ ވަރަށް އުފާވެރި ވަގުތު ކޮޅެކެވެ. ދެމީހުންވެސް އެކެއް އަނެއްކެއްގެ ބީހުންތަކުން ހިތަށް ތަސައްލީއެއް ހޯދަމުންނެވެ.
"ލޯބީ ..... މިރޭ އަހަރެން ހާދަ އުފާ ވެއްޖޭ ......... " އަފްލަޙް ވާހަކަ ދެއްކީ ކައިރީގައި އޮތް އޭނާގެ ލޯބިވެރިޔާ މައިޝާ އާއެވެ.
" އެހެންތަ ....... ކިހާ ބޮޑަކަށް " މައިޝާ ބޭނުންވީ އަފްލަޙް އުފާވާ މިންވަރު ވަޒަން ކުރުމަށެވެ.
" މީހާ ބޮޑަށް ... " އަފްލަޙް ދެއަތުން މައިޝާ ވަށާލިއެވެ. މައިޝާވެސް އަފްލަޙްގެ ތަނަވަސް މޭގައި މޫނު ފޮރުވާލިއެވެ.
" ކޮންތާކަށް ..." އަފްލަޙް ތެދުވުމުން މައިޝާ އެހިއެވެ.
" އެބައަންނަން ފާޚާނާއަށް ވަދެފައި ..." އަފްލާހް ވަނީ ފާޚާނާއަށެވެ.
އަފްލަހް ފާޚާނާއަށް ވަނުމުން މައިޝާ އުޅުނީ ރޫޖެހިފައި އޮތް ބެޑްޝީޓް ރީތި ކޮށްލުމަށްފަހު ކޮޓަރިތެރޭގެ އެތަންމިތަނުގައި ހުރި މާފިޔަތަށް ނަގާށެވެ. މައިޝާ މިމަސައްކަތުގައި އުޅެނިކޮށް އޭނާގެ ފޯނު ރިންގު ވާން ފަށައިފިއެވެ. ދެތިންފަހަރު ރިންގުވުމުން މައިޝާ ދިޔައީ ފޮނުނަގާށެވެ. ފޯނުގެ ސުކްރީނަށް ބަލަހައްޓައިގެން މައިޝާއަށް ހުރެވުނީ ގުޅަނީ ނުދަންނަ ނަންބަރަކުން ކަމުގައި ވާތީއެވެ.
އެހެންކަމުން އެފަހަރު ފޯނު ކެނޑުނީއެވެ. އިރުކޮޅަކުން އަނެއްކާވެސް ފޮނު ރިންގް ވާންފެށިއެވެ. އެހެންކަމުން ޝައުޝަން އާއި ރައީންގެ ކަމެއް ކަމަށް ނިންމާފައި މައިޝާ ފޯނުނެގިއެވެ. ނަމަވެސް ވީ އެހެންނަކުން ނޫނެވެ . އެކޮޅުން ވާހަކަ ދެއްކީ މައިޝާ ހީކުރި ގޮތަށް ޝައުޝަންމެންނެއް ނޫނެވެ. މައިޝާ ހިތުގައި ޖެހުނެވެ މިޖެހުނީ އެނެއްކާ އެނެއް ކަންތަކާއެވެ.
- ނުނިމޭ-


ކިޔުންތެރިންގެ ޚިޔާލު...


ނަން :