ބ. ހިތާދޫގައި އަލަށް ހުޅުވި "ނަމޫނާ ހާޑުވެއަރ" ފޮޓޯ- ހިތާދޫ އޮންލައިން

ޒަމާނީ ވަޞީލަތްތަކާއި އެކު ހިތާދޫގައި ހާޑުވެއަރ ފިހާރައެއް ހުޅުވައިފި!

ހިތާދޫ އޮންލައިން | 07 ޖަނަވަރީ 2018

ބ. ހިތާދޫގައި އަލަށް ހާޑުވެއަރ ފިހާރައެއް ހުޅުވައިފިއެވެ. "ނަމޫނާ ހާޑުވެއަރ" ގެ ނަމުގައި ހުޅުވި މި ހާޑުވެއަރު ހުންނަނީ ބ. ހިތާދޫ ލައިޓުހައުސް ގޭގައިެވެ.

ޒަމާނީ ވަޞީލަތްތަކާއި އެކު ހުޅުވި މިހާޑުވެއާގައި މީގެ ކުރިން ހިތާދޫގައި ވިއްކަން ނުހުންނަ ތަފާތު އެކި ވައްތަރުގެ ހާޑުވެއާރ ލިބެން ހުންނާނެކަމަށް އެފިހާރައިން ބުނެއެވެ. މިގޮތުން މިހާރު އެންމެ ގިނައިން ބޭނުން ކުރާ ވައްތަރުގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބައިސްކަލު ލިބެން ހުންނާނެއެވެ.

ކައިރި މުސްތަގުބަލުގައި ރަށުން ބޭރަށް ނުގޮސް ރައްޔިތުންނަް ބޭނުންވާ ހާޑުވެއާރގެ ހުރިހާ ބާވަތެއްގެ މުދާ "ނަމޫނާ ހާޑުވެއަރ" އިން ލިބެން ހުންނާނެ ކަމަށް ބ. ހިތާދޫގައި ފުރަތަމަ ހުޅުވި ހާޑުވެއަރ އިން ބުނެއެވެ.

މި ފިހާރައަކީ ހިތާދޫގައި ފުރަތަމަ ފަހަރަށް ކޮމްޕިއުޓަރ ސިސްޓަމާޢި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކޮށްފައިވާ ފިހާރައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :