ހިދާ ޔުނިޓީކަޕް 6 ވަނަ މުބާރާާތުގެ ޗެމްޕިއަން ޓީމް

ހިދާ ޔުނިޓީކަޕް ޗެމްޕިއަންކަން އެފް ސީ މަރީ ހޯދައިފި!!

އަހްސަން އަޙްމަދު | 31 ޑިސެންބަރ 2017





ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅުވައިގެން ހިތާދޫ އައިލެންޑް ޑިވެލޮޕްމަންޓު އެސޯސިއޭޝަން (ހިދާ) އިން ބޭއްވި "ހިދާ ޔުނިޓީކަޕް 2017" ގެ ޗެމްޕިއަންކަން ކުރީ ތިންއަހަރުގެ ޗެމްޕިއަން ދަބެސްޓް ބަލި ކުރުމަށް ފަހު އެފް ސީ މަރީ ހޯދައިފިއެވެ.

އެފް ސީ މަރީ ޗެމްޕިއަން ތަށި ނެގީ ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗްގައި ދަބެސްޓް އާއި ބަދަލްކޮށް 4-2 މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗް ގެ މޮޅު ކުޅުންތެރިޔަކަ ހޮވުނު އެފް ސީ މަރީ ޓީމްގެ މުރުތަޟާ އަދުނާނެވެ.

ޖުމުލަ އެގާރަ ޓީމް ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަށް ހޮވިފައި ވަނީ އެފް ސީ މަރީގެ ޝުޖާއު އާއި އެޓީމްގެ މުރުޠަޟާ އާއި ބަގޭސް ބޯއީސް ގެ އިރުނާސް އާއި އޮޓާސް އެފް ސީ ގެ ހާޝިމް އަދި ދަބެސްޓް ގެ ސާޖިދް ރަޝީދެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް ސީ މަރީ ޓީމްގެ މުހުއްމަދު ޝުޖާއުއެވެ. އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދަބެސްޓް ޓީމްގެ އައިހަމްއެވެ. ފެއަރ ޕުލޭ ޓީމް އަކަށް ފޯޓީ ޕުލްސް ބީ ހޮވުނުއިރު ފެއަރ ޕުލޭ ޕްލޭއަރަށް ހޮވިފައިވަނީ އެފް ސީ މަރީ ޓީމްގެ ހުސެއިން ހަލީމް އެވެ. ރަނަރަޕް ޓީމަކީ ދަބެސްޓް އެވެ.

ޗެމްޕިއަންޓީމް އަށް 1500 ރުފިޔާ ދިންއިރު ރަނަރަޕް ޓީމް އަށް 750 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މިއީ މާލޭގައި އުޅޭ ބ. ހިތާދު އަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށްގެން ހިތާދޫ އައިލެންޑު ޑިވެލޮޕްމަންޓު އެސޯސިއޭޝަން (ހިދާ) އިން މާލޭގައި ބާއްވާ އެއްދުވަހުގެ މުބާރާތެލެވެ. މިއީ ހިދާއިން މި މުބާރާތް މެދުކެޑުމެއްނެތި ބޭއްވި ހަވަނަ ފަހަރުއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :