ރޯޔަލް އައިލެންޑް ރިސޯޓްގެ “އަރާމް ސްޕާ”

ރޯޔަލް އައިލެންޑު ރިޒޯޓު އެންޑު ސްޕާއަށް ދެ އެވޯޑު ލިބިއްޖެ

ހިތާދޫ އޮންލައިން | 28 ނޮވެންބަރ 2017

އިންޑިއާ ކަނޑުގެ އެންމެ މޮޅު އަޔުރްވެދިކް ސްޕާގެ އެވޯޑާއި ހެލްތް އެންޑް ވެލްނެސް އެވޯޑް ބ. ހޮރުބަދޫގައި ހިންގާ ރޯޔަލް އައިލެންޑް ރިސޯޓްގެ ސްޕާއަށް ލިބިއްޖެވެ.

“އަރާމު ސްޕާ”ގެ ނަން ދީފައިވާ މި ސްޕާއަށް ދެ އެވޯޑު ލިބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ތައިލެންޑްގައި ބޭއްވި ހޯޓް ގްރެންޑިއޯ ގްލޯބަލް ހޮޓެލް އެންޑް ސްޕާ އެވޯޑް ހަފުލާގައެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ ރޯޔަލް އައިލެންޑަކީ ހަނީމޫން ކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޓޫރިސްޓް މަންޒިލެކެވެ.

ރިސޯޓުތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ވޯޓަކުން ދޭ ހޯޓް ގްރެންޑިއޯ އެވޯޑުގައި މި ފަހަރު 170 އަށްވުރެ ގިނަ ގައުމުން ވާދަ ކުރިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :