މައިޝާ ހަތްވަނަ ބައި

ލިޔުނީ : ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖްު .ބ. ހިތާދު | 12 އޭޕްރީލް 2013

ގަޑިން ރޭގަނޑު ގެ ދިހަގަޑި ބައިވެގެން ދަނީއެވެ. ޝައުޝަން އެނދުގައި ދެއަތައް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. ނިދިއައިސްގެން ނެއް ނޫނެވެ. ހިތް ތެޅެމުންދާތީއެވެ. ރައީން އަށް ގުޅާނީ ތޯ ނޫނީ ނުގުޅާ ނީތޯ ހިތުގައި އުފެދޭ ސުވާލަށް ހައްލެއް ނައިސްގެންނެވެ. އެންމެ ފަހުން ކޮށްމެގޮތެއްވިއަސް ވަރިހަމަކަށް ޝައުޝަން މައިޝާ ސޭވްކޮށްދީފައި އޮތް ނަންބަރަށް ގުޅާލިއެވެ.

މާކައިނައިރު ތަކެއް ނުވެއެވ އެކޮޅުން ފޯނުނަގާފައި ހަލޯއޭ ގޮވާލި އަޑު އިވުނެވެ. ޝައުޝަން ހުރީ ބަސްހުއްޓިފައެވެ. ވާހަކަ ދައްކަން ލަދުގެްފައިވެސް ތޯއްޗެކެޗެވެ. އެކޮޅުން ވާހަކަ ދައްކަނީ ރައިޏްކަންވެސް ޝައުޝަންއަށް ގައިމެވް . އެހެންނަމަވެސް ހަތަރެސްފައި ފިނިވަނީއެވެ. އެކޮޅުން މިހާރު ދެތިންފަހަރަކު ހަލޯއޭ ވެސް ގޮވާލައިފިއެވެ. ކާކުތޯ ވެސް އަހައިފިއެވެ.. ނަމަވެސް ޝައުޝަން ާއަކަށް ޖަވާބެއް ނުދެވުނެވެ. އެހެންކަމުން އެންމެފަހުން އެކޮޅުން ފޯ÷ނު ކަނޑާލީއެވެ.

ރައީން ފޯނު ކަނޑާލުމުން ޝައުޝަން ވަރަށް ދެރަވިއެވެ. ނަމަވެސް އެއީ ޝައުޝަންގެ ކުށުންނެވެ. ޝައިޝަން ވާހަކަ ނުދެއްކީމަ ރައީން އަސްވެސް އަބަދު ފޯނުގައި ހުރެވޭނީ ކިހިނަކުން ހެއްޔެވެ. ފިޑިކަމުން އަމިއްލަ ނަފުސުގެ މައްޗަށް ޝައުޝަން އަށް ހިތާ ހިތުން މަލާމާތް ކުރެވެުނެވެ. މިލިބުނުޔ ފުރުޞަތުގެ ބޭނުން ނުކުރެވުމުންނެވެ. އެންމފަހުން ޝައުޝަްނ ގޮތެްއް ނިންމިއެެ. ފޯނު ނެގުމަށްފަހު އިގިލިތަކުގެ ހަރަތކާތް އަވަސްޖހކޮށް ފޯނުގެ ފޮއްތަކުގައި ހިންގާލިއެވެ. އެކަމަކު މިފަހަރު ރައީންއަށް ފޯނުކުރާކަށެއް ނޫނެވެ. މިއީ ޝައުޝަން ކަމަށް ބުނެ ރައިޏް އަށް މެސެޖެއް ފޮނުވާލިއެވެ.
މެސެޖް ރިސީވް ވުމާއެކު ރައިޏް އަވަހަށް ޝައުޝަންއަށް ގުޅިއެވެ.
" ހަލޯ . ޝައު ކީއްވެ ވހަކަ ނުދެއކީ . ލަދުންދޯ " ރައީން އެހިއެވެ.
" މުޅިއަކުން އެހެންވެގެން ނެއްވެސް ނޫން . ރައީން ބާއޭ ޝައްކުވެފާ ހުރީ . އެހެންވެ " ޝައުޝަން ދޮގުހެދިއެވެ.
" އެހެންދޯ . މިހާރު ޔަގީން ވެއްޖެތަ.......... މައިޝާ ބުނި ޝައުޝަން އަހަރެންދެކެ ލޯބިވާ ވާހަކަ ......... ތެދެއްތަ؟ " ރައީން ބޭނުންވަނީ ޝައުޝަންގެ އަނގައިން ރައީންދެކެ ލޯބިވާ ވާހަކަ ބުނާ އަޑު އަހާލާށެވެ.
" އަހަރެން ވަރަށް ލޯބިވެ ރައީން ދެކެ ........... ރައީން ލޯބިވޭތަ ؟ " ޖަވާބު ދިނުމަށްފަހު ޝައުޝަންވެސް ކުރީ ސުވާލެކެވެ.

" ލޯބި ނުވާނަމަ ނުގުޅީހެއްނު.."
"ލޯބި ވާއިރު ކީއްވެ އަހަންނަށް ލޯބި ހުށަ ނާޅައި ތިހުރީ .."
" ޝައު ވެސް ހުރީނު ބުނަން ނުކެރިފަ " ރައީން ކުޑަކޮށް ހީލަމުން ބުނިއެވެ.
" ފިރިހެން ކުދިންދޯ އިސްވެ ލޯބި ހުށައަޅާނީ ...އެހެންވެ" ޝައުޝަން ބުނީ އޭނާ ރައީންއަށް ލޯބި ހުށައަޅަން ނުކެރިފައިހުރި އަސްލު ސަބަބެވެ.
" މިހާރު ނޯވެ ދޯ ........ އަންހެނަކަސް ލޯބިވަންޏާ ލޯބި ވާވާހަކަ ބުނެވޭނެ.......... ތިއަށްވުރެ ރީތިވީހެއްނު ތިމަންމަ ލަދުންނޭ ބުނި ނަމަވެސް " ރައީން މަލާމާތް ކޮށްލިއެވެ
" އެންމެ ރަގަނޅޭ އަހަރެން ލަދުންނޭ ........ އޯކޭއެއްކު " ޝައުޝަންވެސް އެއްބަސްވިއެވެ. ރައީން ގެ އަނގަމަތިން ނޭރޭނެ ހެން ހީވުމުންނެވެ.

" ޝައު.......... އަހަރެން ބޭނުން ޝައު އާ މީޓްކުރަން ދަންތަ ތިގޭދޮށަށް " ރައީން އެހިއެވެ.
މިއޮށް ދަންވަރަ ....... މީހަކަށް ފެނިދާނެ ....." ޝައުޝަން ޖެހިލުން ވިއެވެ.
"އަދި އެހާ ދަމަެއް ނުވެއެއްނު .............. އަދިކުރިޔާ އެގާރަ ޖެހީ .......... މިދަނީ އެނގޭ .... ގޮސްފަ ގުޅާނަން ......... ގުޅިމަ ނުކުންނައްޗޭ "
" ނޫން . ނޫން .... މިރެއަކު ނޫން މިއުޅެނީ ވަރަށް ނިދިއައިސްގެން ... އެހެންރެއަކުން މީޓްކުރާނީދޯ " ޝައުޝަންއަށް ތެޅިގަނެވުނެވެ. ރައީން މީޓްކުރަން އަންނަ ވާހަކަ ބުނުމުންނެވެ.
" ޝައު .. ދެލޯބި ވެރިންނަށް މިޒަމާނަކަ ފިލައިގެންނެއް ނޫޅެވޭނެ ...... ކޮންމެވެސް ގޮތަކުން އޮބންނާނީ ފަޅާ އަރައިފާ............ " ރައީން ބުންޏަސް އެއީތެދެކެވބެ. ޝައުޝަންވެސް އެކަން ގަބޫލުކުރެއެވެ. ކިތައްމެ ސިއްރުން އުޅޭ ކުދިންނަށްވެސް މަސްދުބވަހުވެސް އެކަން ސިއްރު ކޮށްފައި ބޭއްވިފައެވެއް ނެތެވެ. މުޅިރަށަށް އެވާހަކަ ފެތުރިގެން ދާލެއް އެހާވެސް ހަލުތްވޗެވެ.

" ޕްލީޒް އަހަރެން ދަންތަ މިރޭ .... ޝައުއާ މީޓް ކުރަން އަހަރެންގެ ހިތް އެދި ގޮވަނީ ... ޕްލީޒް ޝައު ދެން އާނއެކޭ ބުނެބަލަ " ރައީން އާދޭސް ކުރިއެވެ. ނަމަވެސް ގަތްފާހުރި ލަދެއްގެ ސަބަބުން ޝައުޝަން އަކަށް އެއްބަހެއް ނުވެވުނެވެ. އެހެން ކަމުން ކުރިންވެސް ބުނިގޮތަށް އެހެން ރެއަކުން އައުމަށް ޝައުޝަން އެދުނެވެ.
" އއޯކޭ އެހެންވީއިރު ..... ދެންބާއްވަނީ ފަހުންގުޅާނަން "
"ރުޅިއައީތަ " ރައީން ހިތްހަމަނ ނުޖެހުނުހެން ހީވުމުން ޝައުޝަން ދެރަވިއެވެ.
" ނުނޭ ކީއްވެ ރައީން ޝައުދެކެ ރުޅިއަންނަންވީ ....... " ރައީން ފޯނު ބޭއްވިއެވެ. ރައީންއާއި ވާހަކަ ދައްކާލެވުމުން ހޝައުޝަންވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
"މަންމާ....... އަފްލަޙްބުނީ އެބައަންނަމޯ މިއަންނަ މަހު މެރީ ކުރަން " މައިޝާ ވާހަކަދެއްކީ ބަދިގެތެރޭގައި ކަންކަންހުރި ރަޝީދާއާއެވެ.

" ދަރިފުޅު ކައިރީގައި ކިތައްފަހަރު ބުނެވިއްޖެ ތިކަން ހުއްޓަން އުޅޭށޭ ........... ކީއްވެތަ ބުނާގޮިތް ނުހަދަން ތިއުޅެނީ ..." ރަޝީދާ ގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
" ދެންމަންމާ ..... ކީއްތަ ވާނީ މަންމަމެން ގަބޫލު ވީއްޔާ ......... " މައިޝާ ބަދިގެއިން ނުކުމެގެން ދަމުން ބުންޏެވެ.
ދުވަސްތައް މާޒީއާއި އެކުވެގެން ކޮސް މައިޝާ އެންމެ ބޭނުންވާ ދުވަސް ވެސް އައިސް ޖެހިއްޖެއެވެ. ތިޙިކުރީ ރަގަނޅަށްށެވެ . އަފްލަޙް އަށް ޗުއްޓީ ލިބުމުން އޭނަ ހުރީ ރަށަށް އައިހެވެ.
" ހަލޯ މައި .......... ޗުއްޓީ ލިބިގެން ރަށަށް އައިސް މިހުރީ ........... ކޮންއިރަކުން ތިރަށަށް ދާންވީ " އަފްލަޙް ވާހަކަ ދެއްކީ މައިޝާއާއެވެ.
" މިރަށަށްއަޔަސް ކީއްކުރާނީ . މަންމަމެން އަހަރެން އާދޭސްކޮށްކޮށްވެސްް ގަބޫލެއް ނުވި ....." މައިޝާ އަށް ރޮނވުނެވެ
" ދެރަނުވޭ މައި............ މައި އިންނަން ހުރިއްޔާ އަހަރެން މައި އާއި އިނދެފަ ނޫނީ މިފަހަރު ޗުއްޓީ ނިންމާފައި ރިޒޯޓަކަށް ނުދާނަން " އަފްލަޙްގެ އަޒުމު ވަރުގަދައެވެ.
" އަހަރެން މިހުރީ ކޮންމެފަދަ ގުރުބާނީއެއްް ވެގެންވެސް އަފޫ އާއި ކައިވެނިކުރަންތައްޔާރަށް ......" މައިޝާވެސް ހުރީ ހަމަ އެއަޒުމުގައެވެ. އެހެންކަމުން އަފްލަޙް ވަރަށް އުފާވިއެވެ.

ދަންވަރުގެ ވަގުތެވެ. އާބިދާއަށް ހޭޢލެވުނީ ކުދިބަޔަކު ވާހަކަ ދައްކަމުން އަންނަ އަޑަށްށެވެ.
އެއަޑު ފަހަރަކަށްވުރެ ފަހަރެއް އަންނަނީ ބާރުވަމުންނެވެ. އެހެންކަމުން އެބަޔަކު އެއަންނަނީ އެގެޔާއި ދިމާއަށްކަން އަބިދާއަށް އެނގުނެވެ. ހިކުރިގޮތަށް އެބަޔަކުއައިސް ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ.
" އާބިދައްތާ ..... އާބިދައްތާ ....... އާބިދައްތަގެ ސޮރު އެބަހުރި ވައްލައެއް ހިފައިގެން އައިސް އަވަހަށް ތެދުވެބަލަ " އެއީ އެއީ އަފްލަޙްގެ އެކުވެރި ޒައިންކަށް އާބިދާއަށް އެނގުނެވެ.
" ނޫން .... ނޫން ވައްލައެއް ނޫން ..... ދޮންދީންޏެއް " ދެން އިވުނީ ފާރިޝްގެ އަޑެވެ.
އެހެންކަމުން އާބިދާގެ ހިތަށް އެރިއެވެ. ޔަގީނެވެ މިއަދުވެސް ކޮންމެވެސް ސަކަރާތެއް ޖަހަން އުޅެނީކަން ގައިމެވެ.
" ކަލޭމެން ކޮންމެ ރެއަކު ކޮން ސަކަރާތެއް ޖަހާކަށް ........... މިގޭ ދޮށުން ދުރައްދާން އުޅޭ " އާބިދާ ހަޅޭލަވައިގަތެވެ.
" މަންްމާ ތެދެކޭ ......... ނިކަން އަވަހަށް ތެދުވެބަލަ " އާބިދާ ހަޅޭލަވައި ގަތުމުން ދެން އިވުނީ އާބިދާގެ ދަރިފުޅު އަފްލަޙްގެ އަޑެވެ.

އެހެންކަމުން އާބިދާ ތެދުވެގެން ދޮރު ހުޅުވުމަށްފަހު ބޭރަށް ނުކުތެވެ. ގެއިން ބޭރަށް އެޅިފައިހުރި މަޑު އަލިކަމުގެ ތެރެއިން ފެނުނު މަންޒަރުން ހައިރާންވެ ތަންމިނަށް އަނގަ ހުޅުވިފައި ، އަފްލަޙްގެ މަންމަ، އާބިދާ އަށް ހުއްޓުންއަރާފައި ހުރެވުނީއެވެ. ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މަންމަ ހުރިގޮތުން އަފްލަޙް އަކަށް ހިމޭނަކުން ނުހުރެވުނެވެ.
"މަންމާ . ކަމުނުދަނީތަ ....... ކީއްވެ އެއްޗެއް ނުބުނެތިހުރީ " މަންމަ ހުރި ގޮތުން އަފްލަޙް އެހިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :