ގެލެކްސީ ނޯޓު 8 ކޮންމެ ދުވަހަކު ލިބޭ ޕްރޮމޮޝަނެއް އުރީދޫން ފަށައިފި

ހިތާދޫ އޮންލައިން | 28 ނޮވެންބަރ 2017





ކޮންމެ ދުވަހަކުވެސް ފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް 8 އެއް ލިބޭ ވަރަށް ހާއްސަ ޕްރޮމޯޝަން އެއް އުރީދޫ އިން ފަށައިފިއެވެ.

އުރީދޫން އިން ބުނި ގޮިތުގައި އެ ކުންފުނިން ކުރިއަށްގެންދަމުންދާ “އެންޖޯއި ދަ އިންޓަނެޓް” ކެމްޕެއިނުގެ ދަށުން، އެ ކުންފުނީގެ ކަސްޓަމަރުންނަށްދޭ ހަދިޔާއެއް ކަމަށެވެ.

“ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ، 28 ނޮވްމްބަރ 2017 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަންގައި، ދުވަހުގެ ނަސީބުވެރިޔާ ހޮވިގެންދާނީ އެދުވަހަކު މަދުވެގެން 99 ރުފިޔާގެ ޑޭޓާ ޙިޔާރުކުރައްވާ ކަސްޓަމަރުންގެ ތެރެއިންނެވެ. މީގެ ތެރޭގައި، އުރީދޫގެ ތަފާތު މޮބައިލް ޑޭޓާ ޕެކޭޖުތަކާއި، މޮބައިލް ބްރޯޑްބޭންޑް އަދި ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުވެސް ހިމެނެއެވެ.

ރާއްޖޭގެ އެންމެ މަގްބޫލު މޮބައިލް ޑޭޓާ ނެޓްވާރކްގެ ގޮތުގައި، އެންމެ ރަނގަޅު ފެންވަރުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއެވެ. މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އަދި ހަމައެކަނި 4G ނެޓްވަރކްގެ ގޮތުގައި، އުރީދޫގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް އިންޓަނެޓްގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިއްބައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :