ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒު ބ. ހިތާދު ކެމްޕަސް ފޮޓޯ- ހިތާދޫ އޮންލައިން

"ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒު- ބ. ހިތާދޫ" ފާހިޝް އަމުލު ހިންގާ މަރުކަޒަކަށް!

ޢާމިރު ޢަބްދުއްލަތީފު | 26 ނޮވެންބަރ 2017

ކޯސްތައް ނުހިންގާތާ ދުވަސް ކޮޅެއް ވީނަމަވެސް ނަން ބޯޑުގައި އަދިވެސް ހުރީ "ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒު - ބ. ހިތާދޫ" މިހެންނެވެ. މިއީ 2013 ވަނަ އަހަރު ޤާރީ ކޯސް ހިންގާފައިވީ މަރުކަޒެކެވެ.

މިއަދު މި މިނަންބޯޑު ޖަހައިގެން މި ޢިމާރާތުގައި ހިންގަނީ ކޮންކަހަލަ ކޯސްތަކެއް ކަން އެނގިލައްވާތޯއެވެ؟ ކަރަނީ ކޮންކަންތައް ތަކެއްކަން ދެނެހުރީމުތޯއެވެ؟

މި އިމާރާތް މއިަދު މިވަނީ ފަހިޝް އަމަލުތައް ދައްކާ ފިލްމު އަޅުވާ ތިއޭޓަރަކަށް ވެފައެވެ. ދިވެހި ރާއްޖޭގެ އެންމެ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އަޚްލާގީ ދަށުދަރަޖައިގެ އަމަލުތައް ދައްކުވައިދޭ ދިވެހި ފިލްމް "ހައްދު" ވަނީ ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒުގެ ހިތާދޫ ކެންޕަހުގައި އަޅުވާފައެވެ.

އެތައް ބައެއްގެ ކަންބޮޑުވުން ހުރި ކަމަކަށް ވިނަމަވެސް މިއަދާއި ހަމައަށް މިތަނުގައި ހައްދުގެ އިތުރުން ދިވެހި ފިލްމު "ބޮސް" ވެސް ވަނީ އަޅުވާފައެވެ. "ކީރިތި ޤްރުއާނާއި ބެހޭ މަރުކަުރު- ބ. ހިތާދޫ" މިނަންބޯޑު ޖަހާފައި ވަނިކޮށެވެ.

ހިތާދޫ ޔޫތުވިންގެ ޖަމިއްޔާގެ ގްރުއަން މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް ބޭއްވި ޖަަލްސާގައި ވާހަކަ ދައްކަވަމުން ހިތާދޫ ކައުންސިލު އިދާރާގެ ކުރީގެ ޛިންމާދާރު ވެރިޔާ އަދި މަޝްހޫރު ޝައިޚް އަލް ޙާފިޟް އިބްރުާހިމް އަބޫބަކުވު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަހަކަ ދައްކަވާފައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝައިޚް ވިދާޅުވީ ކީރިތި ޤްރުއާން ކިޔަވައިދޭން އަޅާފައވާ އިމާރާތެއްގައި އަދި ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުގެ ނަންބޯޑު އަޅުވާފައިވާ ޢިމާރާތެއްގައި ފާޙިޝް އަމަލުތައް ހިންގަމުން ދިޔުމަކީ ވަރަށް ދެރަ ހިތަމަވެރި ކަމެއް ކަމަށެވެ.

މިމޭރުމުން ވާހަކަަ ދައްކަމުން ޝައިޚް ވިދާޅުވީ މިފަދަ ފިލްމު ކުޅުމާިއ ފިލްމު ބެލުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ހިތާދޫ ކައުންސިލުގެ ނާއިބުރައީސް މުޙައްމަދު ޙަސަން ވިދާޅުވީ ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒުގެ ހިތާދޫ ކެމްޕަހަކީ އެމަރުކަޒާއި އަމިއްލަ ފަރާތަކާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން ދިޔަ ކެމްޕަހެއް ކަމަށެވެ.

"ޤްރުައާނާއި ބެހޭ މަރުކަޒުން ބުނީ މިހާރު އެކެމްޕަސް ވާނީ އުވިފަ ކަމަަށް. އަޅުގަނޑު ދެންނެވިން އެހެން ވެއްޖެއްޔާ ނަންބޯޑު ނަގަންވީ ނޫންހޭ. އެތައް ދުވެހެް ވެއްޖެ މިވާހަކަ ދައްކާތާ. ޤްރުއާނާއި ބެހޭ މަރުކަޒުން މިކަން އަދިވެސް ނުކުރޭ" ނާއިބުރައީސް މުޙައްމަދު ހަސަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


jasmine

dhn kihaa dhera kameh mee...muslimunnah veethee vaki ufaleh ebehtha...namuga muslimun ge gothuga...