މައިޝާ ހަވަނަބައި

ލިޔުނީ : ޢަބްދުލް ޙަމީދު ޢަބްދުއްﷲ /ސޫރަޖު ބ. ހިތާދޫ | 08 އޭޕްރީލް 2013





ރޭގަނޑުގެ ވަގުތެވެ.މައިޝާ އޭނަގެ މައިން ބަފައިންނާއެކު ރޭގަނޑުގެ ނާސްތާއަށްއިންސާފުކުރުމަށް ކާކޮޓަރީގައި އިނެވެ. އެކިބާވަތް ބާއްވަތުގެ ކާއެއްޗެހިންމޭޒުމަތި ފުރާލާފައިވެއެވެ. ދެބާވަތެއްގެ ރިހައާއި ބަތެވެ. ތެލުލިމަހާއިސަޓަންޏެވެ. މިއީ މިގޭގެ އާދައެވެ. އަބަދުވެސް ވަރަށް ފުރިހަމައަށް ކެއުންތައްޔާރުކޮށްފައި ހުންނާނެއެވެ. ފަރުހާދަކީ ވަރަށް މީރުކޮށް ކެއުމަށްލޯބިކުރާ މީހަކަށް ވާތީ އެވެ.

” މަންމާ … ބައްޕާ……… މިހާރުއަހަރެން ކިޔަވާވެސް ނިމުނީއެއްނު ……….. ދެން އަހަރެން ގަސްތުކުރަނީމީހަކާ އިންނަން “ މަންމައާއި ބައްޕައާއި ދެމީހުންގެ މޫނަށް ބަލާލަމުންމައިޝާ ވާހަކަ ދެއްކިއެވެ.
“ކީކޭ ………… މީހަކާ އިންނަންށޭ . އެއީ ކާކު؟ ” ޝައްކެއްގައި ހުރެ ފަރުހާދު ސުވާލުކޮށްލިއެވެ.
” އެ…އެއީ އަފްލަޙް …”މައިޝާއަޅައިގަންނަމުން ޖަވާބު ދިނެވެ. އަފްލަޙްގެ އަޑުއިވުމުން ރަޝީދާއާއި ފަރުހާދަށްވެސް އެކަކު އެނެކެއްގެ މޫނަށް ބަލާލިއެވެ.

” މަންމަ މެން ހީކޮށްގެންމިހުންނަނީ މިހާރު ދަރިފުޅު އެކަން ހުއްޓާލިކަމަށް ……….. ތީ މަންމަމެންގަބުލުކަމެއް ނޫން ” ރަޝީދާ ވަގުތުން ދެކޮޅުހެދިއެވެ. ފަރުހާދުވެސްރަޝީދާގެ ވާހަކައަށް އެއްބަސްވިއެވެ.
” އެކަމަކު މަންމާ ..އަހަންނަކަށް އަފްލަޙްއާއި ވަކިން ނޫޅެވޭނެ……. އަހަރެން އަފްލަޙް އާއިގުޅެން ދެކޮޅު ނުހަދާ …….. އެނޫން ކޮށްމެ ކަމެއް ބުންޏަސް އަހަރެންއެކަމެއް ކޮށްދޭނަން …….. ޕްލީޒް ” މައިޝާ ހުރީ ދެރަވެފައެވެ.
” ތިކަމަކާ ބައްޕަމެންނަމަށް އެއްބަހެއް ނުވެވޭނެ ……… ބައްޕަމެން ބުނާގޮތެއް ހަދަންޏާ ތިޚިޔާލު ދޫކޮށްލާ ” ފަރުހާދު ރުޅިއައެވެ.
” ބައްޕަމެންނާ ދެކޮޅަށްވެސްއަހަރެން އަފްލަޙް އާއި އިންނާނަން …… ” މައިޝާ މިހެން ބުނުމަށްފަހު ،ކާންހުރި ބަތްތަށި ބަހައްޓާފައި ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. މައިންބަފައިން ނުގަބޫލުވުމުން މައިޝާއަށް ހުރީ ވަރަށް ބޮޑަށް އަސަރުުކޮށްފައެވެ. އެދިޔަ ގޮތަށްގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށްވެއްޓިގަނެގެން އޮވެ ރޯން ފެށިއެވެ.
” އެމަންޖެ އެދިޔައީ ނުވެސްކައި ………… ފަރުހާދު ދެން ވެއްޖެއެއްނު އެކަމާ ގަބޫލުވާން …… ” ނުވެސް ކައިމައިޝާ ދިއުމުން ރަޝީދާވެސް ދެރަވިއެވެ.

” މިރަށުގަވެސް މައިޝާއަށް ވާނެކިތަންމެ ކުދިން އެބަތިބި ………. ދެން ކީއްވެ އެއިން ކުއްޖަކާ މައިޝާ ހިތާނުވަންވީ ………… ކިތަންމެ ވަރަަކަށް ކިޔަސް ރަށުން ބޭރުކުއްޖަކާ އިންނާކަށްމަށަކަށް ގަބޫލެއް ނުވެވޭނެ ” ފަރުހާދުގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ.

އެހެންކަމުން ރަޝީދާވެސް ނިންމީ އެވާހަކަ ނުދެއްކުމަށެވެ. ފަރުހާދު ނުގަބޫލު ކަމަކަށްރަޝިދާއަށް ފޯރުވޭނެ ބާރެއްވެސް ނެތެވެ. އެނެއްކޮޅުން ރަށުން ބޭރު ކުއްޖަކާމައިޝާ ކައިވެނިކުރުމަކީ ރަޝީދާވެސް ރުހޭ ކަމެއް ނޫނެވެ. ނުރުހުނުކަމަުގައި ވިއަސް ރަޝީީދާ ބޭނުންވަނީ މައިޝާ އުފާވާ ގޮތެއް ހަދައިދޭށެވެ.އެހެންކަމުން އެވާހަކަ ދެއްކުނީއެވެ.
ކޮޓަރީގައި ރޮއިލަ ރޮއިލާ އޮތްމައިޝާގެ ހާލަކީ ކޮބައިކަމަށް ތޯއެވެ. އޭނާ އެގޮތަށް ރުއިމުގައިއެތައްވަގުތެެއް ހޭދަކުރުމަށްފަހު ، ކުޑަކޮށް ހަމަޔަކަށް އެޅުމުން ފޯނުނަގާ އަފްލަޙްއަށް ގުޅާލިއެވެ. ހީވަނީ މައިޝާގެ ކޯލްގެ އިންތިޒާރުގައިއަފްލަޙް ހުރިހެންނެވެ.
” ހަލޯ . ލޯބީ ….. ކިހިނެއްވީއޭ ” އަފްލަޙް ވާހަކަ ދެއްކިއެވެ.
” އަފޫ.. އަފޫ ” ދެފަހަރަކުއަފްލަޙްއަށް ގޮވާލުމަށްފަހު މައިޝާ ހުއްޓާލިއެވެ. ދެރަވެފައި ހުރިވަރުންއިތުރަށް ވާހަކަ ނުދެއްކިގެންނެވެ. އެކަން އަފްލަޙްއަށް ވެސް އެނގުނެވެ.

” ލޯބީ…….. ކިހިނެއްވީ .. ހާދަ ދެރަވެފައި . ވީގޮތެއް ބުނެބަލަ ” އަފްލަޙް ހުރީ ވީގޮތެއް އޮޅުން ފިލުވުމަށް ކެތް މަދުވެފައެވެ.
” އަފޫ …. އަހަ.. އަހަރެން ..ގެ .. މައިންބަފައިން . މި.. މިގުޅުމަށް … ގަބޫލެއް ނޫން ” ވަރަށްހިތްވަރުކޮށްފައި މައިޝާ ވެގެން އުޅޭގޮތް ކިޔާދިނެވެ.

“އެހެންތަ .. ދެން ކިހިނެއް މައިހަދާނީ ” މައިންބަފައިން ނުގަބޫލުވުމުން މައިޝާ އޭނާ ދޫކޮށްލާފާނެތީއަފްލަޙް ކަންބޮޑުވެފައި ހުރެ އެހިއެވެ.
“ އަހަންނަކަށް އަފޫ އާއި ދުރެއްނުވެވޭނެ . އެއަށްވުރެ މާބޮޑަށް އަހަރެން އަފޫ ދެކެ ލޯބިވޭ …….މައިންބަފައިން ނުގަބޫލަސް އަހަރެން އަފޫ އާ ކައިވެނިކުރާނަން ” މައިޝާގެޚިޔާލު އެނގުމުން އަފްލަޙް ހިތްހަމަ ޖެހުނެވެ.
” ވަރަށް އުފާވެއްޖެ …… ވަރަށް އަވަހަށް އަހަންނަށް ޗުއްޓީ ލިބޭނެ …… މިފަހަރު ޗުއްޓީގައި މައި އާއި ކައިވެނި ކުރާނަން “
” އަސްލުވެސް .. ހަމަ ތެދެއްތަ …….. ކޮން އިރަކުން ޗުއްޓީ ލިބޭނީ ” މައިޝާ އުފަލުން ފޮޅުނެވެ.
” ހާދަ ކެތް މަދުވެފައި … މިއަންނަ މަހު ޗުއްޓީ ލިބޭނެ …….. ” އަފްލަޙް ވެސް ހުންނަނީ މައިޝާއާއިބައްދަލު ނުކުރެވިގެން ކެތްމަދުވެފައެވެ.

ދެމީހުން ފޯނުންވާހަކަ ދައްކަން ހުއްޓާ ދޮރުގައި ދެތިން ފަހަރަކު ދޮރުގައި ޓަކިޖެހި އަޑުއިވުމުން ފަހުންގުޅާނެކަމަށް ބުނެފައި ފޯނު ބޭއްވުމަށްފަހު ދޮރު ހުޅުވުމަށްހިނގައިގަތެވެ. މައިޝާ ދޮރު ހުޅުވިއިރި ކުރިމަތީގައި ހުރީ އޭނަގެއެކުވެރިޔާ ޝައުޝަންއެވެ.
” މައިޝާ އާދަ އިރެއވީ ދޮރު ހުޅުވަން ” ޝައުޝަން އެހިއެވެ.
” އަހަރެން ހީކުރީ މަންމަކަމަށް …. އެހެންވެ ލަސްވީ . އަފޫގެ ފޯނެއްގަ ވީއްޔަ މިއޮތީ ” މައިޝާ ގެ މޫނުންއުފާވެރިކަން ފެންނަން ހުއްޓެވެ.

” ހާދަ އުފާވެފަ. އެނެއްކަ ކިހިނެއްވީ ” މައިޝާ އުފަލުން ހުރުމުން ޝައުޝަން އެހިއެވެ.
” ޝައު އަށް އެނގޭތަ …. މިއަންނަ މަހުން އަހަރެން މެރީ ކުރަން މިއުޅެނީ ” މައިޝާގެ މޫނުމަތި ފެންނަނީ ވަރަށް އުޖާލާކޮށެވެ.
” އަސްލުުވެސް ކޮންގުރާ …….. މިހާރު އަހަންނަށްދޯ ކަަމެއް ނުކުރެވިގެެން މިއުޅެނީ ” ޝައުޝަން ދެރަވެލާފައި ބުންޏެވެ.
” އެހެންނު ވާނީ ..މާފިޑިވެގެންނޭ ތިއުޅެނީ ……….ތިހެން ބުނީމަ މިހަދާންވީ ….. ރައީން ވެސްހުރީ ޝައުޝަންއަށް މަޅިފަތި ޖަހަން ރެޑީވެގެން ……… އަހަރެން ކައިރީ ގަބުނީމަ ކިހާ ކާމިޔާބު އެކަންވެސް މި ކޮއްދިނީ ….. ދެންވެސް އަވަހަށްސައިދޭން ހިނގާ ” މައިޝާ ދިނީ ޝައުޝަން ގެ ހިތް އުފަލުން ފުރިގެން ބަންޑުންވެގެންދާ ފަދަ ޚަބަރެކެވެ. އެހެންކަމުން މައިޝާއަށް ސައިދިނުމަށް ރަށުގެމައްޝޫރުު ކެފޭއަކާ ދިމާއަށް ދެމީހުންވެސް މިސްރާބު ޖެހިއެވެ.

” ދެން މިހާރު ތިހުރީ ސެޓްވެފައި .. އަވަހަށް ބައްދަލުކުރަންވީ ނު ދޯ “ ކެފޭއަށް ވަންނަމުން މައިޝާ ވާހަކަ ދެއްކިއެވެ.
” ބައިވަރު މީހުންވެސް އެބަތިބިކަންނޭންގެ ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ ……… އޭނަ ގަޑި ކީމައެއްނުއަހަންނަށް ބައްދަލުކުރެވޭނީ ” ކެފޭގެ އެކިދިމަދިމާއަށް ނަޒަރުހިންގާލަމުން ޝައުޝަން މަޑުމަޑުން ބުންޏެވެ.
”ހިނގާ އެދިމާއަށް . ”މީހުންތަކާ ތަންކޮޅެއް ދުރުގައި ހުސްކޮށް ހުރި މޭޒަކަށް އިޝާރާތް ކުރުމުންދެމީހުންވެސް ގޮސް އެމޭޒު ކައިރީގައި އިށީދެ ހަމަޖެހިލިއވެ.

“އަހަރެންދެންތަ ރައީންގެ ނަންބަރު . އޭރުން ޝައުއަށް ގުޅިދާނެއެއްނު ” މައިޝާ ޚިޔާލެއް ދިނެވެ
” ރައީން އޯކޭވީމަ ކީއްވެ މައިޝާއޭނައަށް އަހަރެންގެ ނަންބަރު ނުދިނީ ……….” ޝައުޝަން ޝަކުވާކުރާ ރާގަކަށްމިހެން ބުނުމުން މައިޝާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.
” ޝައު ނުބުނޭ ވީއްޔަ ނަންބަރު ދޭށެކޭ އެހެންވެ …. ދެން ރައީންވެސް ނުބުނޭ “
” އެހެންވީމަ ރައީންވެސް މާ ޝީރިއަސްކޮށް ނުނަގަނީ ކަންނޭގެ ދޯ ” ޝައުޝަން އަކީ އަބަދުވެސް ކަންކަމުގައި ޝައްކު އުފެދޭ މީހެކެވެ.

” ޝައު….. ތިހެންނުވިސްނަބަލަ…….. އެއްފަހަރުވެސް އަހަރެން ނަންބަރުދިނީމަ ގުޅާބަލަ ..މިއޮތީ ނަންބަރު… ޝައުޝަންގެ ފޯނު އަތުލުމަށްފަހު މައިޝާ އެފޯނުގައިރައީންގެ ނަންބަރު ސޭވް ކޮށްލިއެވެ.
” ގެއަށް ގޮސްފަ ގުޅޭނީ “ އެންމެފަހުން ޝައުޝަންވެސް ގުޅަން އެއްބަސްވިއެވެ.
” ހޫނ . މަށެއް ނުބުނަމެއްނު މިތާ ހުރެގެން ގުޅާކަށެއް …” މައިޝާ މަލާމާތް ކޮސްލިއެވެ.
ރޭގަނޑު ގެ ދިހަގަޑިބައިވެގެން ދަނީއެވެ. ޝައުޝަން އެނދުގައި ދެއަތައް ފުރޮޅިލަ ފުރޮޅިލާއޮތެވެ. ނިދިއައިސްގެން ނެއް ނޫނެވެ. ހިތް ތެޅެމުންދާތީއެވެ. ރައީން އަށްގުޅާނީ ތޯ ނޫނީ ނުގުޅާ ނީތޯ ހިތުގައި އުފެދޭ ސުވާލަށް ހައްލެއްނައިސްގެންނެވެ. އެންމެ ފަހުން ކޮށްމެގޮތެއްވިއަސް ވަރިހަމަކަށް ޝައުޝަންމައިޝާ ސޭވްކޮށްދީފައި އޮތް ނަންބަރަށް ގުޅާލިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :