މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއ

ވެސްޓިންގެ ރިސޯޓެއް ބ. މިރިއަންދޫގައި ހުޅުވަނީ

ހިތާދޫ އޮންލައިން | 13 އޮކްޓޯބަރ 2917

ވެސްޓިންގެ ރިސޯޓެއް ބ. އަތޮޅު މިރިއަންދޫގައި 2019 ވަނަ އަހަރު ހުޅުވަން ހަމަޖެހިއްޖެ އެވެ.

ރިސޯޓުގެ އިންޓީރިއާ ޑިޒައިންތައް ކުރަން ހަމަޖެހިފައިވަނީ ރާއްޖެއިން ލިބެން ހުރި ތަކެތިންނެވެ. ނަމަވެސް ރިސޯޓު ފަރުމާ ކުރާނީ ބޭރުން ލަކުޑި ގެނެސްގެން އިޓަލީ ވިލާތުގެ އާކިޓެކްޓް އެކެވެ.

ރިސޯޓުގައި 70 ވިލާ ހުންނާނެއެވެ. އަދި ވެސްޓްއިން ބްރޭންޑްގެ ފިޓްނަސް ސެންޓަރެއް ވެސް ގާއިމު ކުރެވޭނެއެވެ.

މުޅި މަޝްރޫއަށް 45 މިލިއަން ޑޮލަރު (693 މިލިއަން ރުފިޔާ) ހަރަދުވާނެއެވެ.

ވެސްޓްއިން ކުންފުންޏަކީ ލަންކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް އޭޝިއާ ކެޕިޓަލް އާއި ޖަޕާނުގެ މޭލް އޯޑަރ ކުންފުނި ބެލޫނާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ވެސްޓްއިން ބްރޭންޑް، މެރިއޮޓް ކުންފުންޏަށް ލިބުނީ ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އާ މާޖް ކޮށްލައިގެންނެވެ.

މެރިއޮޓުން މިހާރު ވެސް ތިން ރިސޯޓެއް ރާއްޖޭގައި ހިންގައެވެ. އެއީ ވޮއްމުއްޔާއި ފުލް މޫން އާއި ޑަބްލިޔު މޯލްޑިވްސް އެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :


DIDI

ރިސޯޓު ގިނަ ވެގެން ފަހުރުވެރި ނުވެ ބ ލިބޭނީ ގެއްލުން