އެޗް.އޭ.އެފް އައިލެންޑް ކަޕް 2017 : ހުޒޭގެ ހެޓްރިކުން ހިތާދޫ ޓީމް ސެމީއަށް!

އަޙްސަން ޢަޙްމަދު | 26 ސެޕްޓެމްބަރ 2017

އަތޮޅުތަކުގެ ޓީމުތަކުގެ މެދުގައި މާލޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް އެޗް.އޭ.އެފް އައިލެންޑް ކަޕް 2017 ގެ ކުއާޓަރ ފައިނަލް ގައި ރ.އިގުރައިދޫ ގެ މަޗައް ހިތާދޫ ޓީމް ކުރިހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ހިތާދޫ ޓީމް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. މި މެޗްގައި ހުޒައިފަތު (ހުޒޭ) ވަނީ 3 ގޯލް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި ފަހު މިނެޓް ގައި ިހިތާދޫގެ ފަހު ގޯލު ކާމިޔާބު ކޮށް ދިނީ ހުޝާމް (ހުއްޓޭ) އެވެ. މި މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ހިތާދޫ ޓީމްގެ ޖޯޖީ ނަންބަރ 10 ހުޒައިފަތު ރަޝީދު(ހުޒޭ) އެވެ.

ސެމީ ފައިނަލުގައި 27 ވަނަ ދުވަހު ގެ ރޭ 8 ޖަހާއިރު ހިތާދޫ ޓީމް ނުކުންނާނީ ތ.ތިމަރަފުއްޓާ ދެކޮޅަށެވެ.

ހިތާދޫ ކުއާޓަރ އަށް ދިޔައީ ކުޅުނު 4 މެޗް ތެރެއިން 3 މެޗުން މޮޅުވެގެން ގުރޫޕް "ސީ" ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
ތިންވަނަ ހޮވާ މެޗް 28 ވަނަ ދުވަހު ކުޅޭއިރު ، ފައިނަލް މެޗް އޮންނާނީ 29 ވަނަ ދުވަހު ހަވީރު 16:30 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ބ. ހިތާދޫއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :