ރޮހިންގޔާ މުސްލިމުންނަށް ދިމާވި ހާދިޘާ ދިވެހިންނަށް ދިމާވާން ބޭނުންތޯ!؟

ޢާމިރު ޢަބްދުއްލަތީފު | 24 ސެޕްޓެމްބަރ 2017





ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ހެޔޮދުއާ ސަލާމް ނަންގަންނަމެވެ. އަދި ފާގަތި ކުރުމަގެއް ދެއްކެވުމަށް އެދި ދުޢާކުރާ ހާލު މި ސިޓީ ލިޔެލަމެވެ.

ލޮބުވެތި މުސްލިމުންނެވެ. މިއަދު ތިބާއަށް ފެންނަމުންދާ ހިތާމަވެރި ހިތްދަތި މަންޒަރުތަކާއި މެދު ތިބާގެ އަމިއްލަ ސިކުނޑިން ވިސްނާ ފިކުރު ކުރައްވާށެވެ. ބަޔަކު މީހުން ދައްކާހާ ވާހަކައެއް ޤަބޫލު ކުރުމުގެ ބަދަލުގައި ތިބާގެ ލޮލަށް ފެންނަ މަންޒަރުތަށް ކީރިތި ޤްރުއާނާއި ސުންނަތުގެ ތިލަފަަތުން މިނެ ކިރާލާށެވެ.

ލޮބުވެތި ދިވެހި މުސްލިމުންނެވެ. މިއަދު ތިބާގެ ލޮލުން ކަރުނަ ފާއްދާލީ ދުނިޔޭގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރު ތަކުންނެވެ. ދުރުނަމަވެސް ތިބާގެ މުސްލިމުން އަޚުންނާއި އުޚްތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ މަންޒަރު ތަކުންނެވެ. ދިރިހުއްޓާ ގުނަވަންތަށް ބުރިކުރާ މަންޒަރު ތަކުންނެވެ. އަލިފާނަށްލާ އަންދާލާ މަންޒަރު ތަކުންނެވެ.

ދިވެހި ލޮބުވެތި އަޚްނުންނާއި އުޚްތުންނެވެ. މިޔަންމާގެ ކުށެއްނެތް ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ އެ އެނިޔާވެރި ޢަމަލުތައް ހިންގަނީ ކޮންބައެއްކަން ދެނަހުރީމު ނޫންތޯއެވެ؟ އެއީ މިޔަންމާގެ ސަރުކާރުގެ ސިފައިންކަން ތިބާ ރަނގަޅަށް ދަނެއެވެ. އެފަދަ ލާއިންސަނީ އަމަލުތައް ހިންގަނީ ވެރިމީހާގެ އަމުރަށް ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށްތިބި ސަލާމަތީ ބާރުތަކެވެ. އިންސާނިއްޔަތަށް ގާނުނަކަށް ބެލުމެއްނެތި ވެރިމީހާ ބުނާ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި މީހުންނެވެ.

ލޮބުވެތި މުސްލިމު ދިވެހި އަޚުންނާޢި އުޚްތުންނެވެ. މި ހިތާމަވެރި އަނިޔާވެރިކަމަށް ތިބާ ދަޢްވަތު ދެއްވަމުތޯއެވެ؟ މި އަނިޔާވެރިކަން ދުށުމަކީ ތިބާގެ ހިތްހަަމަ ޖެހުމަކަށް ވެލައްވާތޯއެވެ؟ ތިބާއަށް މި އަނިޔާވެރިކަން ފެންނަ ހިނދު ދުރާލާ އެއިން ރައްކާތެރިވާން ތިބާ ވިސްނަމުތޯއެވެ؟

ދިވެހި ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނެވެ. މާޒީގެ ކައިރު ޞަފްހާތަކަށް ބައްލަވާ ލައްވާށެވެ. އެއިން ޢިބްރަތެއް ލިބިގަންނާށެވެ. ދިވެހި ސަލާމަތީ ބަރު ތަކާއި މިޔައްމާގެ ސަލާމަތީ ބާރުތަކާއި އެއްވެސް ތަފާތެއް ވޭތޯ ބައްލަވަާށެވެ. އެމީހުންގެވެސް މި މީހުންގެވެސް އަމަލުތައް ހުންނަނީ ހަމަ އެއްގޮތަކަށް ނޫންތޯއެވެ؟ ވެރިމިހާ ކުރަނީ ގާނޫނީ އަމުރެއްތޯ ބެލުމެއްނެތި އެއީ އިންސާނިއްޔަތާ ޚިލާފު ލާއީންސާނީ އަމަލެއްތޯ ބެލުމެއް ނެތި ވަގުތުން އެކަމެއް ވެރިމީޙާގެ ހިތްރުއްސަން ތަންފީޒު ކުރަނީ ނޫންތޯއެވެ؟ ފަނޑިޔާރުގެ އަޮތީ ކިހިނަކުންތޯ ވިސްނަ ލައްވާށެވެ. ވެރިކަމުގެ ތާޖު އަޅުއްވައިގެން ހުންނެވި ބޭފުޅުންނާއި މިޔަންމާގެ ވެރި މީހާއާއި ހުރި ތަފާތު ދެނެލައްވާށެވެ.

ދިވެހި ލޮބުވެތި މުސްލިމު އަޚްުނާއި އުޚުތުންނެވެ. މިއަށްވުރެ ތިލަކޮށް މިސިޓީ ލިޔަން އަޅުގަނޑު އުޒުރުވެރިވަމެވެ. އަޅުގަނޑުގެ ދުއާ އަކީ އަޅަމެން އެންމެންނަށް ފާގަތި ދުވަސްތެކެއް ތައަަބަދައް ދެއްވުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


މެޑަމް އައިޝާ

އަދިކޮޅަށް ޅިބުނީމަ އީޔޫން އެހެން ހަދާނެ

thithi

ތިލިޔަން ހުރެވޭތަ ސިފައިން ކަރުބުރިކުރާނަމަ ރަގަޅު ތިހެންހެދީމަ ސިފައިންނާ ފުލުހުންގެ ވޯޓު ޔާމީނައް ލިބޭނެ އލްހަމދުލިއްލާހ