ހިތާދޫ ޕްރީސްކޫލުން 2914 ވަނަ އަހަރު ބޭޢްވި ދިވެހި ހަފްތާ ނިމުން ފާހަކަ ކުރުމުގެ ޖަލްސާގެ ތެރެއިން ފައިލްފޮޓޯ- ހިތާދޫ އޮންލައިން

މިހަފްތާ ބުރާސްފަތީގައި ފައިލު ނުގެންނާނެ!

ހިތާދޫ އޮންލައިން | 29 އޯގަސްޓު 2017





"މިހަފްތާ ބުރާސްފަތީގައި ފައިލެް ނުގެންނާނެ!" މީގެ މަނައަކީ ކޮބައިހެއްޔެވެ؟ މިބުނަނީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟

މިއީ މިއަދު ހެނދުނު ދަރިބަލާ ދިޔަތަނުން އިވުނު އަޑެކެވެ. ސްކޫލުން ބެލެނިވެރިންނަށް އެންގުމުގެ ގޮތުން ބެލެނިވެރިންނާއި މުޙާތަބް ކޮށް ބުނި ޖުމުލައެކެވެ. "މިހަފްތާ ބުރާސްފަތީގައި ފައިލު ނުގެންނާނެ!". މިހެން ބުނުމުން އެކަކަވެސް އެއްޗެކޭ ނުބުނެއެވެ. އެބުނި އެއްޗަކާއި މެދު ސަވާލެއްވެސް ނުކުރެއެވެ.

އަހަރެންނަށް ނޭގުނު ނަމަވެސް އެހެން މީހުންނަށް އެނގުނީތާއެވެ. ރަށުން ބޭރުގައި އުޅޭތީ ދަރިން ސްކޫލަށް ލާންދިޔުމާއި ބަލައި ދިޔުމަކީ އަންހެނުންގެ ކަމެކެވެ. ޗުއްޓިއަށް އަންނަ މަދު ދުވަހަކު މެނުވީ މީގެ ފުރުޞަތެއް ނުލިބެއެވެ. އެހެންވެ އަހަރެންނަށް ބުނި އެއްޗެއް ފަހުމު ނުވިޔަސް އެބުނިބަސް އަކުރުން އަކުރަށް ކިޔައިދޭން އެނގޭތީ އެއްޗެކޭ ނުބުނެ ގެއަށް އައސް އަންހެނުން ގާތު ބުނީއެވެ.

" މިހަފްތާ ބުރާސްފަތީގައި ފައިލު ނުގެންނާނެ" މިޖުމުލައިން އަޙަރެންނަށް ދޭހަވީ މާނަައަކީ ސްކޫލުން ފައިލެއް ގެނެސް ދަރިވަރުންނާއި ހަވާލު ކުރާނެ ކަމަށް ކުރިން ބެލެނިވަރިންނަށް އަންގާފައިވާތީ، ކޮންމެވެސް ސަބަބެއް މެދުވެރިވެގަން އެފައިލް މިހަފްތާގައި ބެލެނިވެރިންނާ ހަވާލު ކުރެވެން ނެތިގެން އެކަން ބަލެނިވަރިންނަށް އަންގަން ބުނި ބުނުމެއް ކަމަށެވެ. އެފައިލް ގެންނަން ހވާލު ކުރި ފަރާތުން މިހަފްތާގައިވެސް ނުގެންނާނެ ވާހަކަ ބުނީއެވެ.

އެހެން ނަމަވެސް މިއަދު މިބުނި އެއްޗެއްގެ މާނަ ވަރަށް ތަފާތެވެ. އާދެ! ސަކޫލުން ބުނަން ބޭނުން ވި އެއްޗަކީ ބުރާސްފަތި ދުވަހު ފައިލް ގެންނާނެ ކަމެއް ނެތް ވާހަކަ އެކެވެ. ދިވެހި ބަހުގެ ހަމަތަކާއި އެއްގޮތް ނޫނަސް މިއީވެސް ތަޢްލީމުދޭ މުއައްސަސާ އެއްގައި ދިވެހި ބަހުން ބުނި ޖުމުލައެކެވެ.

ދިވެހި ބަހުގެ ރިވެތި ގޮތް މިއަދު މިވަނީ ހަޑިި ހުތުރު ގޮތަށް ބަދަލުވެފައެވެ. ބަހުގެ ރީތިވަންތަކަން މިދަނީ ގެއްލުވާ ލަމަުންނެވެ. ތަޢްލީމީ މުއައްސަސާ ތަކުގައިވެސް ދިވެހި ބަސް ބޭނުން ކުރަމުގައި ބަހުގެ ހަމަތަކާޢި މުޅިން ޚިލާފަށް ބޭނުން ކުރުން މިއަންނަނީ ގިނަ ވަމުންނެވެ.

ދިވެހި ބަހުގެ ރީތި ގޮތާއި އަދަބުތައް ކިޔަވައިދޭން ތިއްބަވާ މީހުންގެ ބަހުރަވަ މި މިސްރާބަށް ހުރެއްޖެ ނަމަ އަންނަން އޮތް ޖީލަށް ދިވެހި ބަހުގެ އަޞްލު ފޯރު ކޮށްދެވޭނީ ކިހިނަކުންތޯއެވެ؟


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ނަޒީހު

މީގެ ރަނގަޅު ގޮތް: "މިހަފުތާ ބުރާސްފަތި ދުވަހު މަދަރުސާއަށް ފައިލު ނުގެންނަވާށެވެ!" ހިކުރަން ދިވެހި ބަހުގެ މުދައްރިސުންނަށާއި އަދި ޢާއްމު ފަރާތްތަކަށް ސާފުވާނެހެން!