ބ. ފަރެސް

ބ. އަތޮޅު "ފަރެސް" ގައި ރިޒޯޓެއް ތަރައްޤީ ކުރަނީ!

ހިތާދޫ އޮންލައިން | 25 އޯގަސްޓު 2017

ސީޕްރިއާ ގްރޫޕާއި ތައިލެންޑްގެ މައިނާ ހޮޓެލްސް ގުޅިގެން ބ. ފަރެހުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓު”ގެ ނަމުގައި އެ ރަށް ތަރައްގީކުރަނީ ރާއްޖޭގައި މިހާރު ވެސް ގިނަ ރިސޯޓުތަކެއް ހިންގާ މައިނާ ހޮޓެލްސްއާއި ސީޕްރިއާ އެކު ޖޮއިންޓްވެންޗާ އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ވަނި ޚަބަރު ލިބިފައެވެ.

އަވާނީ ހޮޓެލްސްގެ ގްރޫޕް ޑިރެކްޓަރު އަލެޖެންދްރޯ ބާނަބޭ ވިދާޅުވެފައި ވަނީ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ތަރައްގީކުރާ ރިސޯޓުގައި އެކި ފެންވަރުގެ 200 ކޮޓަރި ހުންނާނެ ކަމަށެވެ. އަދި އެ ކޮޓަރިތަކުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ރިސޯޓުގައި “އަވާނީ ސްޕާ” އާއި “އަވާނީ ކިޑްސް ކްލަބް”ގެ އިތުރުން ބޮޑު ސުވިމިން ޕޫލަކާއި ޕޫލް ބާއެއް ވެސް ހުންނާނެ ކަމަށް އެ ވެބްސައިޓާ ހަވާލާދީ މިހާރު ނޫހުގައި ވެ އެވެ.

ދަރަވަންދޫ އެއާޕޯޓުން ފުރައިގެން 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަރެހަކީ 12.4 ހެކްޓަރުގެ ރަށެކެވެ. ފަރެސް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

ބ. އަތޮޅުގައި މިހާރުވެސް އަންނަނީ މަތީ ފެންވަރުގެ ދިހަ ވަރަކަށް ރިސޯޓު ހިންގަމުން އަދި މި އަތޮޅުގައި މަތީ ފަސްތަރީގެ އިތުރު ރިސޯޓްތައް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


DIDI

ކޮން އުފަލެއް ބ ރިސޯޓު އޮތަސް ނެތަސް