ޢީދުބޭ

ޢީދުބޭ : ހިތާދޫގެ އެންމެ ޒަމާންވީ ޡަޤާފަތް!

ޢާމިރު ޢަބްދުއްލަތީފު | 20 ގޯގަސްޓު 2017





ރާޢްޖޭގެ އެހެނިހެން ރަށްރަށެކޭ އެއްފަދައިން ބ. ހިތާދޫ އަކީވެސް އެކިވެރުގެ ތަފާތު ޘަޤާފަތެއް އޮންނަ ރަށެކެވެ. ޘަޤާފީ ތަފާތު އާދަކާދައިގެ ތެރެއިން އެންމެ ދުވަސް ވީ އެއްޘަޤާފަތަކީ ކޮންމެ އަހަރެއްގެ ޢަޟްޙާ ޢީދު (ބޮޑު ޢީދު) ގައި އޮންނަ ޢީދުބެއެވެ.

ޢީދުުބޭ އެރުވުަން އޮަންނާނީ ޢީދުދުވަހުގެ ފަތިސް ނަމާދަށް ފަހު ޢީރު އެރުމުގެ ކުރިންނެވެ. ރަށުގެ ބޮޑު މަގުތަކުގައި އީދުބޭ ފަހަތުން ލަވަ ކިޔަމުން ނަށަމުން ހިނގާނީއެވެ. މި ހިސާބުން ޢީދު ކުޅިވަރުތައް ފެށުނީއެވެ.

އީދުބޭ ފުރުވާލުން އޮންނާނީ އީދު ފަހުދުވަހުގެ މަޣްރިބް ނަމާދަށް ފަހުގައެވެ. މި ދުވަހު ކިޔާ ލަވައިގައި ބުނަމުންދާނީ ޢީދުގައި އެރި ބޭ ފުރުވާލަން ދާ ވާހަކަ ތަކެވެ. މިއީ ޢީދު ކުޅިވަރުތައް ނިންމުމުގެ ގޮތުން ކުޅެއުޅޭ ކުޅިވަރެކެވެ.

ސިއްރިއްޔާތުގައި ޢީދުބޭ ތައްޔާރު ކުރުމުގައި ޒަމާނުއްސުރެ އުޅެމުންދަނީ ޢުމުރުން ދުވަސްވީ މީހުންނެވެ. ރުކުފަނުންނާއި ދަނޑ ިބޭނުން ކޮށްގެން ތައްޔާރު ކުރާ ޢީދުބޭ އެކި އަހަރު ތަކުގައި ސިފަޔާއި ސައިޒުގެ ގޮތުން ތަފާތު ވިނަމަވެސް މައިގަނޑު ބައްޓަން ގެއްލިގެން ނުދެއެވެ. ބައެއްފަހު ޢީދުބޭގެ މުޅި އާއިލާވެސް އަރައިގެން އާދެއެވެ.

ޢީދުބެއަކީ ޢީދު ފެށުމުގެ ގޮތުން އަރައި އަދި ޢީދު ނިމުމުން ފައިބައިގެންދާ ބިޔަ ބޮޑު މާއްޔެކެވެ. މި ކުޅިވަރު ނުވަތަ ޘަޤާފަތް ފެށުނު ތާރީޚެއް އެނގޭ އެކަކުވެސް މިހާރު ހިތާދޫގައި ނޫޅެއެވެ. ހިތާދޫގެ ދުވަސްވީ މީހުން ބުނާގޮތުގައި "ޢީދުބޭ" ނުއަރުވާ ހަނދާނެއް އެމީހުންނުވެއެވެ. އަދި އޭރުވެސް މިހާުރުވެސް އެ އެކުޅިވަރުގައި ބޭނުން ކުރާ ލަވަ ބަދަލު ކުމެއް ނެތި ބޭނުން ކުރަމުންދާ ކަމަށް އެމީހުން ބުނެއެވެ.

"ނަމުރު އަންނާނެތީ ހޭރެނީ ރަށުގަވާ އެންމެ ކަތުން ޙަމްދު ޘަނާ ގޮވާލަނީ" މިއީ އެންމެ ކުރީއްސުރެ މިހާރުވެސް އީދުބޭ އަޅާދުވަހު ކިޔަމުން އަންނަ ލަވައެވެ. ހަމަ އެހެންމެ އީދުބޭ ފުރުވާލަން ދާދުވަހުގެ ލަވައަކީވެސް ބަދަލެއް ނުގެނަސް މިހާރުވެސް ބޭނުން ކުރަމުންދާ ލަވައެވެ.

މި ޘަޤާފަތަށް ގަރުނެއް ވެދާނެ ކަމަށް ބެލެވޭ ކަަމަށް ދުވަސްވީ މީހުން ގަބޫލު ކުރެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


އިސްލާހު

އަހަރެންގެ ޅައުމުރުގެ ދުވަސްތަށް މިހޭދަ ކުރެވުނީ ހިތާދޫގައި ބާއޭ ހިތަށް އަރައެވެ. މީގައި މިވާ ގޮތަށް މިކަމެއް ނުފެނެއެވެ