ހިތާދޫ ސްކޫލު "ދިވެހި ފޯވަހި 2017" ގެ ތެރެއިން

ހިިތާދޫ ސްކޫލު "ދިވެހި ފޯވަހި 2017" ހިތްގައިމު މަންޒަރެއް!

ޢާމިރު ޢަބްދުއްލަތީފު | 05 އޯގަސްޓު 2017





ދިވެހިރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރުނު ދުވަހާއި ގުޅުވައިގެން ހިތާދު ހިތާދޫ ސްކޫލުގެ ދިވެހި ކްލަބުން "ދިވެހި ފޯވަހި 2017" ނަމުގައި ވަނީ ތަފާތު އެކި ޡަޤާފީ އަދި އަދަބީ ހަރަކާތްތަށް ހިމެނޭ ކުޑަވަރެއްގެ އީދެއް ފާހަގަ ކޮށްފައެވެ. ދަރިވަރުންގެ އެކި އުުމުރު ފުރާތަކުގެ އެކި ފަންތީގެ ހަރަކާތްތަކާއި ބެލެނިވެިރިންނާއި މުދައްރިސުންގެ ހުނަރުތައް ފެނިގެން ދިޔަ މިއިވެންޓުފެނުމުން ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭ ހެންނެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ އެ އިވެންޓުގައި ފެނުނު އައިޓަމްތަކުގެ ފުރިހަމަކަމުގެ ވާހަކައެއް އަދި ތަނުގެ ރީތި ވަހަކަައެއްވެސް ނޫނެވެ. މިހުރިހާ ކަމެއްގެ ތެރެއިން އަޅުގަނޑަށް ސިފަވި އެހެން މަންޒަރެއްގެ ވަހަކައެވެ.

ސްކޫލް އޭ ބުނުމުން އަޅުގަނޑަށް ދޭހަވަނީ ވަކި ތަނަކަށް ވަކި ގަޑިއަކަށް ގެންދަން ޖެހޭ ބަރު އެއްޗެއް ހިފައިގެންދަ ގިނަބައްގެ ގޮތުގައެވެ. ތަފާތު އެކި އުމުރުފުރައިގެ މީހުން ބައިވެރިވާ އެންމެން އަކުގައި އެއްވަރަށް މަސައްކަތް ކޮށްގެން ނޫނީ އަމާޒަށް ވާޞިލު ނުވެވޭ މަސައްކަތެއް ކުރަމުންދާ ބައެއްގެ ގޮތުގައެވެ. އެހެން ކަމުން ސްކޫލަކުން ނެރެވޭ ނަތީޖާ ބިނާ ވެގެން ދާނީ ގުޅިފައިވާ އެތަށް ބައެއް އެއްވަރަކަށް އެންމެން އެކުގައި ކުރެވޭ މަސައްކަތާއި އެއްވަރަކަށެވެ.

"ވަރަށް މަޖާ.. ހިހީ ހަލަކުވެއްޖެ! އެކުދިން ހާދަ ފަރިހަމަ ޑުަރާމައެކޭ ގެނެސްދިނީ" މިއީވެސް އަޑަކެއެވެ.
"ޓީޗަރު ބުނީ މިހާުރ އެނގިއްޖެ ބަލެނިވެރިން މީ ކުޅަދާނަ ހުނަރުވެރި ބައެއްކަން" ބެލެނިވަރިއަކު ބުންޏެވެ.
"ހާދަ މަޖަލޭ ޓީޗަރުންގެ އައިޓަމްސް .. ޕްރިންސިޕަލްވެސް ޑަރާމާއަށް އަރާހުރި. އެންމެންވެސް ތިބީ ހީހީ ބަނޑަށް ގޮއްލާ ވަރުވެފައި" މިފަދަ އެތައް އަޑުތަކެއް އެދުވަހު އިވިގެން ދިޔައެވެ.

މި އިވެންޓަށް ތައްޔާރުވަން ފެށި ހިސާބުންވެސް ފެނުނީ މުވައްޒަފުންނާއި ބެލެނިވެރިން ގުޅިގެން އެކަތި ގަނޑެއްހެން މަސައައްކަތް ކުރަމުން ދިޔަތަނެވެ. ތަން ޒީނަތްތެރި ކުރުމާއި އިވެންޓުތަކަށް ތައްޔާރުވުމާއި ހުށައަޅައި ދިނުމާ ހިސާބުން އަދި މުޅީ އިވެންޓުގައިވެސް މިފަދައިންނެވެ.

"މިހާތަނަށް ބޭއްވުން އެންމެ ކާމިޔާބު ދިވެހި ފޯވަހި ކަމަށް ދެކެން. މިއީ ބެލެނިވެރިންނާ މުވައްޒަފުންގެ މިންނެތް މަސައްކަތް. ޒުވާނުންގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބުނު. މި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން އަދި ކުރިމަގުގައިވެސް މިފަދައިން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަން" ޕްރިންސިޕަލް ވިދާޅުވިއެވެ.

މިއީ ހެޔޮފާލެއް ކަމަގުައި ދެކެމެވެ. ހިތާދޫ ސްކޫލުގެ ތާރީޚްގައި އެންމެން ގުޅިގެން މިގޮތަށް ޖޯޝުގައި މަސައްކަތް ކުރި ޒަމާނެއް ނާދެއޭ ބުނުމަކީ ގޯހެއް ކަމަުގައި ނުވާނެވެ.

އަޅުގަނޑުމެންގެ ދަރިންގެ ކުރިމަގަށް މަސައްކަތް ކުރަން ތިބި އެންމެން އެއްއަމާޒާކަށް އެކުއެކީގައި މަސައްކަތް ކޮށްގެން ނޫނީ ބޭނުންވާ ނަތީޖާއެއް ނުހޯދޭނެއެވެ. މިއަދު މިދެއްކެވި މަނަޒަރު އަބަދުވެސް ދެއްކުމަށް ހުރިހާ ރައްޔިތުންވެސް އަޒުމު ކަނޑައަޅަމާ ހިނގާށެވެ. ޒާތީ އަދި ސިޔާސީ ފިކުރު އެއްފަރާތް ކޮށް އަޅުގަނޑުގެ މަޤްޞަދު ޙާޞީލު ކުރުމާއި މެދު ވިސްނަމާތޯއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :