ހިތާދޫ ޔޫތުވިންގ އިން ތިޒާމު ކޮށްގެން ރޭ ހިތާދޫ ސްކޫލުގައި ޑރ. ސައްތާރު ދީނީ ދަރުސް ދެއްވަނީ ފޮޓޯ- މުޙައްމަދު ޙަސަން

ރޭ ހިތާދޫގައި ޑރ. ޢަބްދުއް ސައްތާޜުގެ ދީނީ ދަރުސެއް ދީފި!

ޢާމިރު ޢަބްދުއްލަތީފު | 29 ޖުލައި 2017





ހިތާދޫ ޔޫތުވިންގ ޖަމިއްޔާގެ މަޤްޞަދުތަކުގެ ތެެރޭގައި ހިމެނޭ "ދީނީ ހޭލުންތެރި ކަން އިތުރު ކުރުން" ގެ ދަށުން ހިންގާ ދީނީ ޕްރޮގްރާމުގެ ތެރެއިން ރޭ ހިތާދޫގައި ދީނީ ދަރުސެއް ދިފިއެވެ.

ރޭ 08:45 ގައި ހިތާދޫ ސްކޫލު ހޯލުގައި ބޭއްވި ދަރުސްގައި ދީނީ ނަސޭހަތް ދެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ އިޢްމުވެރިޔާ އަދި ހިތާދޫގެ އުފަން ދަަރިއެއް ކަމަށްވާ ޑރ. އަބްދުއްސައްތާޜު އަބްދުއްރަޙްމާނެވެ.

މިދަރުސްގައި އަލިއަޅުއްވާ ލެއްވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ގުޅޭ ގޮތުންނެވެ. މިއަދު މައިންބަފައިންނަށް ދޭންވީ އިޙްތިރާމާއި ޤަދަރުދޭ މީހުން މަދުވަމުން އަންނަ ކަމަށާއި ކިތައްމަ ފައިސާއެއް ޚަރަދު ކުރިއަސް އެމީހުންގެ ވާޖިބުތައް އަދާ ނުކުރެވޭނެ ކަމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތާއިގެން މެނުވީ ސުވަރުގެ ލިބެން ނެތްކަމަށް ޑރ. ސައްތާރުގެ ދަރުސްގައި ފާހަގަ ކުރެއްވިއެވެ.

ހިތާދޫގެ ގިނަ ރައްޔިތުން ބައިވެރިވި މިދަރުސްގައި އެކި މީހުން ކުރެއްވި ސުވާފލުތައް ޑރ. ޢަބްދުއް ސައްތާރު ވަނީ ޖަވާބު ދެއްވާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :