މިނިވަންކަމެއް ނެތް މިނިވަން ގައުމެއްގެ މިނިވަން ކަމަށް 52 އަހަރު!؟

ޢާމިރު ޢަބްދުއްލަތީފު | 26 ޖުލައި 2017





އޭރުވެސް މިހާރުވެސް ދިވެހިން ލިޔެ އުޅުނު ގާނޫނު އާސާސީގައި ރައްޔިތުންނަށް ލިބިފައިވާ އެތައް ޙައްޤަކުން ވަނީ ދިވެހި ރައްޔިތުން މަޙްރޫމުވެފައެވެ. އަސީސީ ޙައްޤުތައް ވަނީ ނިގުޅައިގެންފައެވެ. އެހެން ނަމަވެސް މިއަދު ކުލަ ބޮކިތަކުން މުޅި ގައުމު ޖަރީކޮށް އުފާ ފާޅު ކުރަމުން މިދަނީ ދިވެހިރާއްޖެ މިނިވަންވި ދުވަހޭ ކިޔައިގެންނެވެ.

ދިވެހިރާޢްޖެ އަށް މިނިވަން ކަން ލިބުނުތާ ބައި ގަރުނާއި ދެއަހަަރު ފުރުނު ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުންދާއިރު ދިވެހި ރައްޔިތުން މިތިބީ މިނިވަން ވި ދުވަހެއް ދެކިގެން އެކަމުގެ އުފަލުގައި އުފާ ފާޅު ކުރާ ހާލުގައިތޯ މިއީ މިނިވަންކަން ދަންނަ މިނިވނަްކަމަށް ބޭނުން ވެފައިވާ ކޮންމެ އިންސާނެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

މިނިވަން ގައުމެއްގެ ގޮުތުގައި ބައި ގަރުނު ވޭދުވެ ދިޔައިރު ދިވެހިރައްޔިތުން އޭރުވެސް މިހާރުވެސް ތިބީ އަޅުވެތި ކަަމުގައި އެތަކެއް ހައްޤަކުން މަޙުރޫމުވެފައެވެ. ކޮންމެވެސް ރަންނަމާރިއަކަށް އަނބިދަރިން ހަދިޔާ ކުރަން ނުޖެހުނު ޒަމާނެއް ނާދެއެވެ. ތިމާގެ ޖާނާއި މާލު ސަލާމަތް ކުރުމަށާއި ޖަލުގެ ތޭރިތަކުން ސަލާމަތް ވުމަށް މިފަދަ އެތަށް ކަމެއް ކުރަން ދިވެހި ރައްޔިތުންނަށް ނުޖެހޭ ޒަމާނެއް ނާދެއެވެ.

ގާނޫނު އަސީސީން ލިބިދީފައިވާ ޙައްގެއްގެ ބޭނުން ކޮށް ބުނެވޭ ބަހެއްގެ ނަތީޖާ އަކީ ހުރެގޭގެ އެކަނިވަރި ހަޔާތެވެ. މިނިވަން ގައުމެއްގެ ރައްޔިތުންގެ އަސީސީ ހައްގު ތަކުގެ ވާހަކަ ދެއްކުމުން އަގައިގައި ބުޅި އަޅުގައި ނަނުގައި ޖަހައިގެން ވަދާ ދުއްވި ދުވަސް ދުއްމީހުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. ދޮންދަނގަޑު ޖައްސާއި ފުޅިތޮށި ކާންދީ ރޭގަނޑު މޫދުގަިއ ކަރުގޮހޮރު އަޅުވާފައި ބޭއްވުމާައި ލާއިންސާނީ އަނިޔާތަކެއް އަނިޔާ ކުރީވެސް ފަރުދީގޮތުްނ ލިބިދީފައިވާ ޙައްގެއްގެ ވާހަކަ ދައްކައިގެންނެވެ. އިއްފަތްތެރި އަންހެން ކަނބަލުންނަށް ރަންނަމާރީއަށް ޚިދުމަތް ކޮށްދޭން ދަންޖެހުނީ ހުރަގޭގެ ބިރަށެވެ. ދިވަހިތާރީޚް ލިޔާ މީހުންނަށްވެސް މިވާހަކަތައް ލިޔުމަށް ހުރަސް އެޅީވެސް މި ދިވެހި ގައަމަށް ލިބުނު މިނިވަންކަމެވެ.

ކުރިން މިދަންނަވާލެވުނީ ތަންކޮޅެއް ކުރީގެ ވާހަކަތަކެވެ. މިއަދުގެ ހާލަތަށްވެސް ބަލާލަމާ ހިނގާށެވެ. ގައުމެއްގެ މިނިވަންކަން ރަމް ކޮށްދެނީ އެގަމުގެއްގެ ގައުމީ ދިދައެވެ. މިއަދު ބައިގަރުނު ވީ މިނިވަން ދިވެހިރާއްޖެ ރަމްޒު ކޮށްދޭ ގައުމީ ދިދަވެސް މިނިވަން ކަަންމަތީ ފަޒާގެ ތެރޭ ވިހުރެލެވުމުގެ މިނިވަން ކަމެއްވެސް އެދިދަ އަށްލިބިގެނެއް ނުވެއެވެ. ވަކިތަނެއްގައި ނޫނީ ވަކިބައެއް ބުނާގޮތަށް ނޫނީ އެދިދަ ވިހުރެލިޔަސް އަދަބު ލިބެއެވެ. އެ ދިދައަށްވެސް ދާން ޖެހެނީ ހުރައެަށެވެ.

ގާނޫނު އަސާސީގައި ސާފުކޮށް "ބާރުތައް ފެށިގެން ދާނީ އަދި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގަައޭ" ލިޔެފައި އޮތް އިރުވެސް މިއަދު މިވަނީ ވަކި ބާވަތެއްގެ ބެންޗެއްގައި ތިއްބަވާ ބައެއްގެ ދުލުކުރިން ނެރެލާ ބަހެއްގެ މައްޗަށް ނިމޭގޮތަށެވެ. ރައްޔިތުން ބުނާ ބަހުގެ ބަރު ކެޑިފައެވެ. ލާވޯޓުގެ ބޭނުން ކެނޑިފައެވެ. ގާނޫނު އަސީސީއާއި ގާނޫނު ތަކުގެ ބޭނުން ކެނޑި ވަކިބައެއްގެ މުށުތެރޭގައި މިނިވަންކަން އަޅުވެތި ވެފައެވެ. ރައްޔިތުންގެ މިނިވަންކަން އޮަތީ ކަފުން ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :