ހިތާދޫ ބަޔަކު ކާށި ހޮވަން އޮޅުގިރިއަށް ގޮސް ކާށި ހޮވައިގެން ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ ރައްޔިތުން : ދެވަނަ މިސާލެއް ނެތް ލާމަސީލު ނަމޫނާއެއް!

ޢާމިރު ޢަބްދުއްލަތީފު | 22 ޖުލައި 2017





ދާދި މިދާކަށް ދުވަހު ހިތާދޫ އޮންލައިން ފޭސްބުކް ޕޭޖުގައި އާޢްމު ކުރި ވީޑިއޯ ރިޕޯޓަކީ ގިނަބައެއްގެ މަގުބޫލުކަން ލިބިގެން ދިޔަ ޑޮކުއުމެންޓަރީ އެކެވެ. ހިތާދޫ އޮންލައިންގެ ސްޕޯޓްސް އެޑިޓަރ އަހްސަނު އަޙަމްދު ތައްޔާރު ކުރި މި ރިޕޯޓަށް ވަނީ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

މި ރިޕޯޓު ބިނާކޮށްފައި ވަނީ ހިތާދޫގެ މަގަތުން ޖެހިގެން އޮންނަ ފަޅުރަށެއް ކަމަުގައިވާ "ބ. އޮޅުގިރި" އަށް ހިތާދޫ ރައްޔިތުން ކާށި ހޮަވަން ގޮސް އުޅުނު މަންޒަރެވެ. ވީޑިއޯ ބަލާލާ ކޮންމެ މީހަކަށްމެ ތަފާތު ކަމެއް ފެންނާނެއެވެ. އެމަސައްަކަތައް ތައްޔާރު ވީހިސަބުން އަނބުރާ ރަށަށް އައުމާ ހިސާބަށްވެެސްމެއެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަ ވީ ތިޔަބޭފުޅުންނަށް ފާހަގަވީ ކަމަކަށް ނުވެދާނެއެވެ.

"އޮޅުގިރި" އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ރަށަކަށް ވުމުން އެރަށް ބޭނުން ކުރެވެނީ ސަރުކާރުން ކަނޑައަޅާ ބައެއްގެ ބެލުމުގެ ދަށުންނެވެ. ހިތާދޫ ރައްޔިތުންނަށް އެރަށަށް ދެވެނީ ހިތާދޫ ކައުންސިލުގައި ނޯޓުކޮށް ކައުންސިލުން ކަނޑައަޅާ ބޭފުޅެއް ގޮވައިގެންނެވެ. ކާށި ހޮވަން ދެވެނީ މަހަކަު ދެފަހަރެވެ.

އެދުވަހު ހެނދު 08:15 ގައި ރަށުން ފަރުައިގެން ދިޔައީ އެންމެން އަކު އަކީގައެވެ. އެރަށް އެއްބަޔަކަށް ދެވުނު އިރު ނޯޓު ކުރިތަނުން އެއް އޮޑި އަދި ނާދެއެވެ. އެމީހުންނަށް ގުޅާފައި ބެލި އިރު އެމީހުން ފުރައިގެން އަނަނަނީއެވެ. އެހެންކަމުން އެމީހުން އަންނަންދެން ވަލަށް ނުވަދެ މަޑުކުރިއެވެ. މިކަމާ އެކަކުވެސް ޝަކުވާއެއް ނުކުރެއެވެ. އެކުވެރިކަމާއި ހަމަަހަމަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.

އިންތިޒާރު ކުރި އޮޑި އަތުވެއްޖެވެ. ދެން އެންމެންވެސް ތައްޔާރު ވަާން ފެށިއެވެ. އުނަގަނޑުގައި ގޯނިތައް އައްސާލިއެވެ. ކާށީހޮވަން އުޅޭއިރުރު އަތުން ގޯނި ހިފައިގެން އުޅެން އުނދަގޫ ވާނެެތީއެވެ. އެންމެ ތައްޔާރުވެ ލައިނަކަށް އެއްހަމައެއްގައި އެތުރުނެވެ. ރަށާއި ޙަވަލުވެ އައި މީހާގެ އޯޑަރުގެ އިންޒާރުގައެވެ. އޭނާ އިޝާރާތާއި އެކު އެންމެ ދުއްވައިގަތެވެ. އަވަހަށް ގޮަސް ގިނަ ކާށި ހޮވޭތޯއެވެ. ކިޔަމަންތެރި ކަމާއި ޤަވާއިދާ ގާނޫނަށް ބޯލެނބުމުގެ ނަމޫނާއެވެ.

ވަލުތަރަށް ވަދެ ކާށި ހޮވަން ފަށައިފިއެވެ. ތިން ހަތަރު ކާށި އެއްކޮށްލާފައި ފަތްކޯޅިއެއް ކާށިތައްމަތީ ބާއްވާފައި ދަނީއެވެ. އެހެން މީހަކު އަތެއްނުލައެވެ. ގޯނި ފުރުމުންވެސް އެންމެ ކައިރި މަގަކަށް ނެރިފައި ބަހައްޓަނީއެވެ. މަކަރު ހަދައި އެއްވެސް މީހަކު އެގޮތަށް ބަހައްޓާ ގޯނިން ކާޢްޓެއް ނުނަގާނެއެވެ. އަމާނާތްތެރިކަމާއި އިޚްލާޞްތެރި ކަމަުގެ ދެވަނައެއް ނެތް ލާމަސީލު ނަމޫނާއެވެ.

ކާށި ހޮވާ ނިމުމުން އެންމެވެސް ކާށިތައް ނެރެން ފަށައިފިއެވެ. އެކަކަށް އޭނާގެ އެއް ކާށި ގޯނި ވަލުތެރޭގައި ބެހެއްޓުނު ތަނެއް ނޭނގުނެވެ. ކާށި ހޮވަން ދިޔަ އެންމެން ގުޅިގެން ކުރި މަސައްކަތުން ކާށިގޯނި ހޯދައިގެން ނެރިފިއެވެ. ތަފާތު މަންޒަރު ތަކެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ނަމޫނާއެވެ.

ކާށިތައް ނެރުމަށްފަހު ދެން ފެނިގެން ދިޔައީވެސް ހަމަ ހައިރާން ކުރަނިވި މަންޒަރެކެވެ. އެމީހެއް ހޮވި ކާށިތައް ފުންޏަކަށް ބަހެއްޓުމުން ކައުންސިލުން ހަވާލުވެ ހުރި މީހާގެ މަސައްކަތް ފެށުނުތަނެވެ. ބޮޑެތި ކާޢްޓާއި ވަޅޯކާށި އަދި ކޮރޮޅި ވަކިކުރަނީއެވެ. އޭނާއަށް ފެންނަ ކާށި ވަކިކުރާއިރު މިކަމާމެދުވެސް އެކަކުވެސް ޝަކުވާއެއް ނުކުރެއެވެ. މިގޮތަށްގޮސް އެންމެންގެ ކާށިފުނި ގުނައި ނިންމައިފިއެވެ. ވެރިންނަށް ބޯލަނބާ ކިޔަމަން ވުމުގެ ލާމަސީލު ނަމޫނާއެވެ.



ހިތާދޫ ރައްޔިތުންގެ މި މާތްު ސިފަތައް ދަރިފަސްކޮޅަށް ދެމިގެން ދިޔުމުގެ ތަޢްފީޤު ދެއްވާށިއެވެ. އާމީން.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


aly dydy

ހިތްގައި މުމަންޒަރެއް