ހިތާދޫ ޔޫތުވިންގ 17 ވަނަ ޤްރުއާން މުބާރާތުގައި ބައިވެރިއަކު ކިޔަވަނީ ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ ޔޫތުވިންގ ގެ 17 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި

ޢާމިރު ޢަބްދުއްލަތީފު | 27 ޖޫން 2017

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ހިތާދޫ ޔޫތުވންގ އިން ބާއްވަމުން އަންނަ އެޖަމިއްޔާގެ ކީރިތި ޤްރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ.

ހިތާދޫ ޔޫތުވިންގ އިން ބުނީ ކުރީ އަހަރުތަކުގައި މުބާރާތް ބާއްވަނީ ރަމަޟާން މަހުގައި ކަމަށް ވީނަމަވެސް މިއަހަރުގެ ރަމަޟަން މަހު ކައުންސިލުގެ މުބާރާތާއި ހިތާދޫ ސްކޫލުގެ އިންޓަރ ހައުސް މުބާރާތް އޮތުމުން އެޖަމިއްޔާގެ މުބާރާތް ފަސްކުރަން ޖެހުނީ ކަމަށެވެ.

129 ބައިވެރިންނާއި އެކު ފެށި މި މުބާރާތަކީ އެޖަމިއްޔާއިން ބާއްވާ 17 ވަނަ މުބާރާތެވެ. މި މުބާރާތުގައި އެކި އުމުރު ފުރާތަކުން ވަނީ ބައިވެރި ވެފައެވެ. އެގޮތުން 20 އަހަރުން މަތީގެ އުމުރު ފުރާގައިވެސް ވަނީ ބައިވެރި ވެފައެވެ.

ހިތާދޫ ޕްރީސްކޫލުގައި ކުރިއަށްދާ މި މުބާރާތުގެ ކިޔެވުން ނިމޭނީ މިއަދު މެންދަރު ފަހުއެވެ.ކިޔުންތެރިންގެ ޚިޔާލު...


ނަން :