އިއްޔެ ބ. ހިތާދޫގައި ހުކުރު މިސްކިތުގައި ދީނީ ނަސޭހަތް ދެނީ ފޮޓޯ- މުޙައްމަދު ޙަސަން

ބ. ހިތަދޫގައި ދީނީ ނަސޭހަތް ދީފި

ޢާމިރު ޢަބްދުއްލަތީފު | 18 ޖޫން 2017





ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ފަށައިފައިވާ ޕްރޮގްރާމުގެ ދަށުން އިއްޔެ ބ. ހިތާދޫގައި ދީނީ ނަސޭހަތް ދީފިއެވެ.

އިއްޔެގެ ދަރުސްގައި އަލި އަޅުއްވާ ލެއްވި ނަމާދާއި ރަމަޟާން މަހުގެ ދަރުމަޔާއި ޘަވާބުގެ އިތުރުން ލައިލަތުލް ޤަދުރި ވިލޭރޭގެ މާތްކަމާއި މެދުގައެވެ. މި ދަރުސް ދެއްވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަޑަައިގެންނެވި އިލްމުވެރިންނެވެ.

މިއަި ރަމަޟާން މަހާ ގުޅުވައިގެން ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :