މިއަދުގެ މެންދުރު ނަމާދަށްފަހު ދޮންފަނުގައި މިސްކިތުގައި ދީނީ ނަސޭހަތްދެނީ. ފޮޓޯ/ބ. އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލުން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގަރާމެއް ފަށައިފި

ޢާމިރު ޢަބްދުއްލަތީފު | 15 ޖޫން 2017

ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ފަށައިފިއެވެ.

ރަމަޟާން މަހާ ގުޅުވައިގެން ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިއަހަރުވެސް އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދޭނެ ކަަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރަށްރަށުގެ މިސްކިތްތަކުގައި މެންދުރު ނަމާދާއި އަޞްރުނަމާދަށް ފަހު މި ޕްރޮގްރާމު ކުރިއަށްދާ މި ޕްރޮގްރާމުގައި ދީނީ ނަސޭހަތް ދެއްވަނީ އިސްލާމިކް އެފެއާޒްގެ ޝެއިޚް ހަސަން ތައުފީގް އަދި ޝެއިޚް އަޙްމަދު ފަހްމީ ދީދީއެވެ.

ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :