ރެސިޕީ: އޮރެންޖު ޗިކަން

އަޙްސަން އަޙްމަދު | 06 ޖޫން 2017





މިއީ ބ. ހިތާދޫ ޝެފް އިސްމާޢީލް ނަސީރު (އިއްސެ ) ހިތާދޫ އޮންލައިން އަށް ހަދިޔާ ކުރައްވާފައިވާ ރެސިޕީއެކެވެ. މިއީ ތިޔަބޭފުޅުންނަށް ކަަމުދާނެ އެއްޗެއް ކަމަށް ހީކުރަމެވެ.

އޮރެންޖު ޗިކަން
ބޭނުންވާ ތަކެތި:
½ ޖޯޑު ބާބުކިޔު ސޯސް
½ ޖޯޑު އޮރެންޖު ޖޫސް
1 މ.ސަމުސާ ކިކޮމުން ސޯޔާ
2 ބިސް
½ ޖޯޑު ފުއް
½ ޖޯޑު ޒުވާރި ފުއް
300 ގުރާމް ކުކުޅު (ބޯންލެސް)
ތެޔޮ (ތެލުލުމަށް)
ލޮނު / އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރު ކުރާނެގޮތް:
ބާބިކިޔު ސޯސް އޮރެންޖު ޖޫސް އަދި ސޯޔާ ސޯސް ޕޭސް އަކަށް އެޅުމަށް ފަހު 8-5 މިނަޓް ވަދެން ކައްކާލައްވާ. އޭރުން ސޯސް ހުންނާނީ ރަގަޅައް އޮލަވެފައިއެވެެ.
ބިސް އަދި ދެވައްތަރުގެ ފުއް (ފުއް/ޒުވާރިފުއް) ރަނގަޅަށް އެއްކޮއް ލައްވާ އަދި ލޮނު އަސޭމިރުސް އަޅާ ރަހަ ހެޔޮވަރު ކޮންލައްވާ، އެއައްފަހު ކުކުޅު ކޮޅު އޭގެތެރެއަށް އަޅުއްވާލައްވާ އަދި ކުކުޅު ކޮޅު 3-5 މިނެޓް ވަންދެން ތެލުލައްވާ.
އެއައްފަހު ތެލުލެއްވި ކުކުޅު ކޮޅު ސޯސް އާ ރަނގަޅައް އެއްކޮއްލައްވާށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Aaisha

V. Faseyha resipi eh. Shukriya.